ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް މަތިން ފެންނަ ފޮޓޯއެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސްޓެލްކޯ

މާލެ ސަރަހައްދުން ކަރަންޓު ކެނޑުން މަދުކުރުމަށް މަޝްރޫއެއް ފަށަނީ

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަސްތެރޭގައި ފަށާނެ ކަމަށް ސްޓެލްކޯއިން ބުނި
29 ނޮވެމްބަރު 2023

މާލެ ސަރަހައްދުގެ 'ޕަވާ ސެކިއުރިޓީ' ކަށަވަރުކޮށް ކަރަންޓް ކެނޑުން މަދުކުރުމަށްޓަކައި 'ސިކްސްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓު'ގެ ނަމުގައި މަޝްރޫއުއެއް ހިންގަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ މިހެން ވިދާޅުވެފައިވަނީ މާލެ އަދި ހުޅުމާލޭގެ ޕަވާ ޖެނެރޭޝަންގެ މަސައްކަތްތަކުގައި އުޅުއްވާ މުވައްޒަފުންނާ އެކު މިއަދު ބޭއްވި ބައްދަލުވުންތަކެއްގަ އެވެ.

ސްޓެލްކޯ އިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައިި ވާ ގޮތުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަސް ތެރޭގައި ފަށާނެ ކަމަށް ވެސް ހުސެން ފަހުމީ ވިދާޅުވެފައިވެ އެވެ.

މި މަޝްރޫއު އިއުލާނު ކުރެއްވުމުގެ އިތުރުން ވެސް، މި ބައްދަލުވުމުގައި އޭނާ ވަނީ ސްޓެލްކޯ ހިންގުމުގައި މުވައްޒަފުންގެ ދައުރު ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައިފަ އެވެ.

ފާހަގަކޮށްލެވޭ - މާލެ ސަރަހައްދުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭތީ ދިމާވާ ދަތިތަކުގެ ޝަކުވާ ވަރަށް ގިނަ ބަޔަކު ކުރެ އެވެ. 

މާލެ ސަރަހައްދުން އެންމެ ގިނައިން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުންނެވެ. މިއީ އުސް އިމާރާތްތަކަކަށް ވެފައި، އެތަނުގައި ވަރަށް ގިނަ ބަޔަކު ދިރިއުޅޭތީ، ކަރަންޓުގެ މައްސަލަ ދިމާވާ ކޮންމެ ފަހަރަކު ސްޓެލްކޯއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ އެވެ.

admin@stelco.com.mv
3320982

އިތުރު އާޓިކަލް

އިތުރު އާޓިކަލް