ހަައިވޭގައި ދުއްވާފައި ދާ އާރުޓީއެލް ބަހެއް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އާރުޓީއެލް އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓް ފީޗާއެއް

މި ވޮލެޓަށް ކުރީބައިގައި ފައިސާ ޖަމާކޮށްފައި ބެހެއްޓުމުން ޓިކެޓު ނުގަނެ، އެ ވޮލެޓުން ފައިސާ ކެނޑޭ ގޮތަށް އާރުޓީއެލް ފެރީ ނުވަތަ ބަސް ދަތުރު ކުރެވޭނެ
29 ނޮވެމްބަރު 2023

އެމްޓީސީސީ އިން ފެރީ އާއި ބަސް ދަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންކުރާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓެއް ތައާރަފްކޮށް، ހިދުމަތް ހޯދުން އިތުރަށް ފަސޭހަކޮށްދީފި އެވެ.

ވީ ކިހިނެއް؟ - 'އާރުޓީއެލް ވޮލެޓު'ގެ ނަމުގައި އެޕްލިކޭޝަނަށް އިތުރުކުރި މި ފީޗާއަކީ ކުރީބައިގައި ފައިސާ ޖަމާކޮށްފައި ބެހެއްޓޭ ޑިޖިޓަލް ވޮލެޓެކެވެ.

ތަފްސީލު - ވޮލެޓުގެ ޓޮޕް-އަޕް ނުވަތަ ފައިސާ ޖަމާކުރާ ފީޗާ ބޭނުންކުރެވޭނީ އާރުޓީއެލް އެޕްލިކޭޝަންގައި އީމެއިލް އާއި ފޯން ނަންބަރު ވެރިފައިކޮށްފައިވާ ފަރާތްތަކަށެވެ.

ވެރިފިކޭޝަން ޕްރޮސެސް ފުރިހަމަ ކުރުމުން އެޕްލިކޭޝަންގެ ޕްރޮފައިލްގައި އީމެއިލް އާއި ފޯން ނަންބަރާ ދިމާލުގައި ފެހި ކުލައިގެ ހެޔޮ ފާހަގައެއް ފެންނަން ހުންނާނެ އެވެ.

އާރުޓީއެލް ވޮލެޓު ބޭނުންކުރާނެ ގޮތް:

  • އާރުޓީއެލް އެޕްލިކޭޝަނުން އާރުޓީއެލް ވޮލެޓު ބަޔަށް ވަނުމަށް ފަހު ޓޮޕް-އަޕްއަށް ފިއްތާލާ

  • ކަސްޓަމަރު ބޭނުންވާ ބޭންކެއްގެ ކާޑުން އާރުޓީއެލް ވޮލެޓަށް ފައިސާ ޖަމާކޮށްލާ

  • 'ސެކޭން އެންޑް ރައިޑް'އަށް ފިއްތާލުމުން ދަތުރުތަކުގައި ޓިކެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ކިއުއާރު ކޯޑެއް ޖެނެރޭޓް ކޮށްދޭނެ

  • އާރުޓީއެލް ވޮލެޓުގައި އެކަށީގެންވާ ވަރަށް ފައިސާ ހުރިހާ ހިނދަކު އެ ކިއުއާރު ކޯޑު ސައްހަ ވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް