އުކުޅަހުގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

އެމްޑީޕީ ސަރުކާރާ ގުޅުވާ ފެތުރި 'ދޮގު ވާހަކަތަކު'ގެ އިންކުއަރީއެއް ހަދަން މަަޖިލީހަށް ހުށަހަޅަން ޕާޓީގެ ޕީޖީގައި އެދެނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވިލަރެސްކުރަން ހަތް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ވެސް ފާސްކުރި
24 ނޮވެމްބަރު 2023
1

ނިމިދިޔަ އެމްޑީޕީގެ ސަރުކާރާ ގުޅުވައި އޭރުގެ އިދިކޮޅު ފަރާތްތަކުން ފެތުރި 'ދޮގު ވާހަކަތައް' ބަލަން ރައްޔިތުންގެ މަޖިލީހުން ޕަބްލިކް އިންކުއަރީއެއް ހަދަން ހުށަހަޅަން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި އެދެން އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟- މިދިޔަ ހުކުރުދުވަހު އެމްޑީޕީ ސަރުކާރުގެ ފަސް ދައުރު ހަމަވެ، ވެރިކަން ބަދަލުވުމަށް ފަހު އެ ޕާޓީގެ ކުރިމަގާ ގުޅޭ މުހިއްމު ނިންމުންތަކެއް ނިންމަން ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ އިއްޔެ އއ. އުކުޅަހަށް ވަޑައިގެން ބައްދަލުވުމެއް ބާއްވައިފަ އެވެ.

ތަފްސީލް- އެމްޑީޕީ ސަރުކާރާ ގުޅުވައިގެން ފެތުރި 'ދޮގުތައް' ބެލުމަށް ހުށަހެޅި ގަރާރު ފާސްކުރީ ބައްދަލުވުމުގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެއާ އެކު އެ ގަރާރުގައި ހިމަނާފައިވާ އިތުރު ކަންކަމަކީ:

  • އެމްޑީޕީގެ ކޮމިޓީތައް އެކުލަވާލުމުގެ ބާރު ޗެއާޕާސަންއަށް ދިނުން

  • ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވިލަރެސްކުރަން ހަތް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުން

  • ނިމުނު ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް މި ދައުރު ނިމެންދެން ގައުމީ މަޖިލީހުގައި ތިބެވޭ ގޮތަށް ހެދުން

އެނގުން މުހިއްމު- މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ އިންތިހާބު ބާއްވަން އެއް ދުވަސް ކުރިން އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެމަނިކުފާނަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ އޭރުގެ އިދިކޮޅުން ފެތުރި ދޮގު ވާހަކަތައް ރައްޔިތުން ގަބޫލުކުރުން ކަމަށް ވިދާޅުވެފަ އެވެ. އޭރު ޕީޕީއެމް- ޕީއެންސީން ފެތުރި 'ދޮގުތަކު'ގެ ގޮތުގަައި ރައީސް ސޯލިހު އެރޭ ފާހަގަކުރެއްވީ ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމުވެ ތިބޭކަމާއި ބައެއް ރަށްރަށުގައި ބޭރުގެ އަސްކަރީ މަރުކަޒު ހިންގުން ފަދަ ވާހަކަތަކެވެ.

ގުޅުން ހުރި ކަމެއް- އެ ގަރާރު ފާސްކުރުމުގެ އިތުރުން ގައުމީ މަޖިލީހުން ވަނީ:

  • އެ ޕާޓީގެ ވަގުތީ ރައީސަކަށް ސޯލިހު ހަމަޖެއްސި

  • ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަމަޖެއްސި

ކޮމެންޓް (1)

ފޭކުބައިގަނޑު

25 ނޮވެމްބަރު 2023
ތިޔަ އިންކުރީ ބަލާބަލަ ކުޑަކުދިންނާ ބެހިގެން ޖަލުގަ ތިބި މީހުންނާ މީހުން މަރާފަ ތިބި މީހުންނާ އަދީބު ކަހަލަ ބޮޑެތި ވަގުން ފަހު ވަގުތު ދޫކޮށްލީ ކީއްވެގެންތޯ...
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް