ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސެން ސުނޭން)

އެމްޑީޕީ

އެމްޑީޕީގެ ވަގުތީ ރައީސްއަކަށް ސޯލިހު ހަމަޖައްސައިފި

އެ މަގާމު ހުސްވެފައިވަނީ އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ޑިމޮކްރެޓްސްއާ ގުޅެން އެމްޑީޕީން ވަކިވުމުން
24 ނޮވެމްބަރު 2023

އެމްޑީޕީގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕާޓީގެ ވަގުތީ ރައީސް އަކަށް ސޯލިހު ހަމަޖައްސާފައި ވަނީ މިރޭ އއ. އުކުޅަހުގައި ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ނުވަ ވަނަ ޖަލްސާގަ އެވެ.

ފާހަގަކޮށްލެވޭ - އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ އެމަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވަން އެމްޑީޕީން ވަކިވުމާ ގުޅިގެންނެވެ. 

ރައީސް ސޯލިހު އެ މަގާމަށް ހަމަޖެއްސި އިރު އެ މަނިކުފާނު މިރޭ އުކުޅަހުގައި ބާއްވަމުން އަންނަ އެމްޑީޕީގެ ކޮންގަރެސްގައި ބައިވެރިވެފައެއް ނުވެ އެވެ. އަދި އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

މިދިޔަ 30 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގައި، އެމްޑީޕީ ކެންޑިޑޭޓް ސޯލިހަށް ވަނީ ނާކާމިޔާބުވެފަ އެވެ. އެ އިންތިހާބު އިދިކޮޅު ޕީއެންސީ- ޕީޕީއެމްގެ ކެންޑިޑޭޓް މުހަންމަދު މުއިއްޒު ކާމިޔާބު ކުރެއްވީ ވޯޓު ދިން މީހުންގެ %54.03 ވޯޓު ހޯއްދަވައިގެންނެވެ. ސޯލިހަށް ލިބިވަޑައިގަތީ ވޯޓުގެ %45.96 އެވެ. އެއީ ސޯލިހަށް86،161 ވޯޓު އަދި މުއިއްޒުއަށް 101،635 ވޯޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް