ކައިވެނި ޕޯޓަލް އުއްތަމަ ފަނޑިޔާރު އަހުމަދު މުހުތަސިމް އަދުނާން އިފްތިތާހު ކޮށްދެއްވަނީ(ފޮޓޯ/ޑީޖޭއޭ)

ޑީޖޭއޭ

ރަށްރަށުގެ ކޯޓުތަކަށް ކައިވެނި ފޯމް ހުށަހެޅުން އޮންލައިންކޮށްފި

ޑީޖޭއޭ އިން ބުނީ ކައިވެންޏާއި ގުޅޭ ފޯމުތައް އޮންލައިންކޮށް ފެމިލީ ކޯޓަށް ހުށަހެޅުމުގެ އިންތިޒާމުތައް އަދި މުޅިން ނުނިމޭތީ އެ ހިދުމަތް އެ ކޯޓަކުން އަދި ނުލިބޭނެ ކަމަށް

ކައިވެންޏާ ގުޅުންހުރި ފޯމްތައް ރަށްރަށުގައި ހުންނަ މެޖިސްޓްރޭޓް ކޯޓުތަކަށް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިފި އެވެ. 

އެނގުން މުހިންމު - ކައިވެންޏާ ގުޅޭ ފޯމުތައް އޮންލައިންކޮށް ފެމިލީ ކޯޓަށް ހުށަހެޅުމުގެ އިންތިޒާމުތައް އަދި މުޅިން ނުނިމޭތީ އެ ހިދުމަތް އެ ކޯޓަކުން އަދި ނުލިބޭނެ އެވެ.

ތަފްސީލް - ޑިޕާޓުމަންޓް އޮފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ކައިވެނީގެ ފޯމުތައް ރަށްރަށުގައި ހުންނަ މެޖިސްޓްރޭޓް ކޯޓުތަކުން އޮންލައިންކޮށް ކައިވެނި ޕޯޓަލް އަށް މިހާރު ހުށަހެޅޭނެ ކަމަށެވެ. 

އީ ފާސް މެދުވެރިކޮށް މެޖިސްޓްރޭޓް ކޯޓުތަކަށް އެ ޕޯޓަލް މެދުވެރިކޮށް މިވަގުތު ހުށަހެޅޭނީ:

  • ކައިވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމް

  • އެއް އަންބަށް ވުރެ ގިނަ އަބިންނާއި ކައިވެނި ކޮށްދޭ ފޯމް

  • ކައިވެނި ރުޖޫއަ ކޮށްދިނުމަށް އެދޭ ފޯމް

  • ވަލީ ހަމަޖައްސައި ދިނުމަށް އެދޭ ފޯމް

މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ބޭނުންވާ ފޯމަށް ކްލިކް ކޮށްލުމުން ފޯމު ހުށަހަޅާނެ ގޮތާއި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިރުޝާދުތައް ފެންނާނެ އެވެ. އަދި، ބޭނުންވާ ލިޔެކިއުންތަކާއި އެ ލިޔެކިއުންތައް ހުށަހަޅަން ބޭނުންވާ ވޯޑު ފައިލް އަދި އެ ފައިލް ޕީޑީއެފް ފޯމެޓަށް ބަދަލުކުރެވޭނެ ގޮތް ވެސް ޕޯޓަލްގައި ވަނީ ހިމަނާފަ އެވެ.

ފޯމު ހުށަހެޅުމުން ކޯޓަށް ފޯމު ލިބުނު ކަމުގެ މެސެޖު މޯބައިލް ނަންބަރަށް ލިބޭނެ އެވެ. އަދި ފޯމުގެ ކަންކަން ގޮސްފައިވާ ހިސާބު ޕޯޓަލް އިން ބަލައި ވެސް ލެވޭނެ އެވެ.  

ކައިވެނި ޕޯޓަލްއަކީ ޑީޖޭއޭ އަދި ޔޫއެންޑީޕީ ގުޅިގެން ބްރިޓިޝް ހައިކޮމިޝަންގެ އެހީތެރިކަމާ އެކު ހަދާފައިވާ ޕޯޓަލް އެކެވެ. މި ޕޯޓަލް މިއަދު އިފްތިތާހު ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު  އަހުމަދު މުހުތަސިމް އަދުނާން އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް