އިންތިހާބީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރަން ބަންދުކޮށްފައި. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ހުވާކުރުމުގެ ރަސްމިއްޔާތަށް 22 މިލިއަން ރުފިޔާ ހަރަދުވޭ؛ ތައްޔާރީތައް ފަށައިފި

ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17ގެ ހަވީރު ޖުމްހޫރީ މައިދާނުގައި؛ ތައްޔާރީތައް ހަވާލުކޮށްފައި ވަނީ ސިފައިންގެ ވެލްފެއަ ކުންފުންޏާ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް ސިފައިންގެ ވެލްފެއަ ކުންފުނި (ސިވެކް)އާ ހަވާލުކޮށްގެން ފަށައިފި އެވެ. މި މަސައްކަތް ސިވެކްއާ ހަވާލުކޮށްފައި ވަނީ 22.9 މިލިއަން ރުފިޔާ އަށެވެ.

ވީ ކިހިނެއް؟ - ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17ގެ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. އެ ރަސްމިޔާތަށް ތައްޔާރުކުރުމަށް މިއަދު ވަނީ ޖުމްހޫރީ މައިދާން ވަށައި ފެންސު ޖަހައި ބަންދުކޮށް، މަސައްކަތް ފަށާފަ އެވެ.

އިންތިހާބީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރަން ބަންދުކޮށްފައި. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ތަފްސީލް - ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު 'ދައުރު'އަށް ބުނި ގޮތުގައި، އެ މަސައްކަތް ޓެންޑާ ބޯޑުން ސިވެކްއާ ހަވާލުކޮށްފައިވަނީ 22.9 މިލިއަން ރުފިޔާ އަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކުރި އެ މަސައްކަތުގެ ތެރެއިން:

  • މުޅި ރަސްމިޔާތުގެ ހުރިހާ ތައްޔާރީތަކާއި ރަސްމިޔާތު ބާއްވާ ދުވަހުގެ ހަފްލާގެ ހުރިހާ މަސައްކަތްތަކެއް ވެސް ކުރާނީ ސިވެކް ކުންފުނިން 

  • އެ މަސައްކަތް ސިވެކްއާ ހަވާލުކޮށްފައިވަނީ ރަސްމިޔާތުގެ ކޭޓަރިން އިން ފެށިގެން ހަފްލާގެ ހުރިހާ ކަމެއް އެ ކުންފުނިން އިންތިޒާމު ކުރާ ގޮތަށް ކަމަށް މަޖިލީހުން ބުނޭ

އިންތިހާބީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރަން ބަންދުކޮށްފައި. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފާހަގަކޮށްލެވޭ ކަމެއް - ރާއްޖޭގެ އަށް ވަނަ ރައީސްގެ ގޮތުގައި މުއިއްޒު ހުވާކުރައްވާ އިރު، އެ މަނިކުފާނު ވެވަޑައިގަންނަވާނީ ރިޔާސީ އިންތިހާބެއްގެ ދެ ބުރުން ވެސް ކުރި ހޯއްދަވައި އިންތިހާބު ކާމިޔާބުކުރައްވައިގެން ހުވާ ކުރައްވާ ރާއްޖޭގެ ފުރަތަމަ ރައީސް އަށެވެ. 

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ ވެރިންނާއި ބައިނަލްގަވުމީ މީޑީއާތަކާއި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން ހިމެނިވަޑައިގަންނަވާ ގޮތަށް ގާތްގަނޑަކަށް 3،500 މީހުންނަށް ވަނީ ދައުވަތު ދީފަ އެވެ.

ނޯޓް: މި ހަބަރު ފުރަތަމަ ޝާއިއުކުރި އިރު 202.9 މިލިއަން ރުފިޔާ ކަމަށް ޖެހިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ 22.9 މިލިއަން ރުފިޔާ އެވެ. އެ ގޮތަށް މި ހަބަރު މިހާރު މި ވަނީ އިސްލާހުކުރެވިފަ އެވެ.

ކޮމެންޓް (2)

ދިރާސާ

30 އޮކްޓޯބަރު 2023
މަޖިލިސް ގެ ހުރިގޮތަށް ޖުމްހޫރީ މައިދާނަށް ގެންދިއީމަ ތިހުރިހާ ޙަރަދެއް ކުރާކަށް ނުޖެހޭ
0 0

ދިވެހިޒުވާނުން

30 އޮކްޓޯބަރު 2023
އާދިރުމަކަށް ގައުމު އަލިވިލެނީ
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް