ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލުމަށް މާލޭގައި މިރޭ ބޭއްވި އެއްވުމުގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފަލަސްތީން

ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި މާލޭގައި ބޮޑު ހިނގާލުމެއް

އިޒްރޭލުގެ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަަށް ހަދައި އެ ގައުމު ބޮއިކޮޓް ކުރުމަށް ވެސް ގޮވާލި
20 އޮކްޓޯބަރު 2023
2

އިޒްރޭލުގެ ހަމަލާތަކުން ސުންނާފަތި ވަމުންދާ ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން، 'ދިވެހިން ފަލަސްތީނާ އެކު'ގެ ނަމުގައި މާލޭ މަޖީދީމަގުގައި މިރޭ ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.

ރަސްފަންނު ބީޗުން މިރޭ 8:30 ހާއިރު ފެށި މި ހިނގާލުން ނިންމާލާފައިވަނީ، ހެންވޭރު ދަނޑުންނެވެ.

ތަފްސީލް - އެއްވުމުގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަ އާއި ޕޯސްޓަރުތައް ހިފައިގެން ތިބެ އެމީހުންގެ ޝުއޫރު ފާޅުކޮށްފަ އެވެ.

ކުދި ބޮޑު އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި އެއްވުމުގައި ދިވެހިން ވަނީ ތަކުބީރާ އެކު، ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައި އަޑުއުފުލައިފަ އެވެ.

އިޒްރޭލުގެ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަަށް ހަދައި އެ ގައުމު ބޮއިކޮޓް ކުރުމަށް ވެސް ހިނގާލުމުގެ ބައިވެރިން ގޮވާލި އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި އިތުރު ބައެއް ޖަމިއްޔާތައް ގުޅިގެން ބޭއްވި އެ އެއްވުން ނިންމާލީ ފަލަސްތީނަށް ނަސްރު ދެއްވުމަށް އެދި ދުއާއެއް ކުރުމަށް ފަހު އެެވެ.

ފަލަސްތީނު މީހުންގެ ހައްގުތަކަށް ގޮވާލައި، މާލޭގައި މިދިޔަ ހުކުރު ދުވަހު ވެސް އެއްވުމެއް ބޭއްވި އެވެ.

ގުޅުންހުރި - ފަލަސްތީނަށް އެހީވުމަށް އައިއޭސީ މި މަހުގެ 8 ވަނަ ދުވަހު ހުޅުވާލި ފަންޑަށް، މިހާތަނަށް 13 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދިވެހިން ވަނީ ސަދަގާތުގެ ގޮތުގައި ހަދިޔާކޮށްފަ އެވެ. އަދި އެ ފައިސާ އިން އައިއޭސީން އަންނަނީ ފަލަސްތީނަށް އެކި އެހީތައް ފޯރުކޮށްދެމުންނެވެ.  

ކޮމެންޓް (2)

ެއިސްރާލް

21 އޮކްޓޯބަރު 2023
ﷲ ދަރިއެއްގެ ބިޝާރަތު އިބްރާހިމްގެފާނަށް ދެއްވި. ދަރިއެއް ދެއްވުމަށް ވައުދު ވޮޑިގަތީ. ދެން އެދަރިފުޅު އުފަންވި. ނަމަކީ އިސްހާޤް. ދެން އެދަރިފުޅު ޤުރްބާން ކުރަން ﷲ އެންގެވުމުން އެ ދަރިފުޅު ކިޔަމަންގަތް. (ތަފްސީރު ތަބަރީ) މި ސަބަބަށް މި ދަރިފުޅާ މި ދަރިފުޅުގެ ދަރިކޮޅު ﷲ ޚިޔާރްކުރެއްވި (ޤުރުއާން: އިސްރާޢީލް ޚިޔާރްކުރެއްވީމެވެ). ދެން މި ދަރިފުޅަށް ފަލަސްތީން ދެއްވައި ބޮޑު ގައުމެއް އުފަންވާނޭ ކަމުގެ ވައުދުވަޑައިގަތް. މިދަރިކޮޅަށް ފަލަސްތީން ވައުދުވީ.
0 0

ޖަމީލު

21 އޮކްޓޯބަރު 2023
@ެއިސްރާލް ތަބަރީ އޭ ކިޔާފަ ކޮން ދޮގެއް ފަތުރަނީ، ޤުރުބާންކުރަން އެންގެވީ އިސްމާޢީލުގެފާނު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް