މިއަދު ހިމަޔާތްކުރަން ނިންމި 12 ސަރަހައްދުގެ ތެރޭގައި ހިމެނޭ ވ. ފޮއްތެޔޮ ފަޅު

ތިމާވެށި

ވ. އަދި ބ. އަތޮޅުން 12 ސަރަހައްދެއް ހިމާޔަތްކޮށްފި

ރައީސް އޮފީހުން ބުނިގޮތުގައި މިއީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭ ތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ، ހާއްސަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަހައްދުތަކެއް

ވ. އަތޮޅާއި ބ. އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައެޅުމަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފަޔާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނިގޮތުގައި އެ ސަރަހައްދުތައް ހިމާޔަތް ކުރަން ރައީސް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެންވަޔަރަންމަންޓް މިިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރުމަށް ފަހު އެވެ.

ތަފްސީލް - ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ ގޮތުގައި ހަމަޖެއްސުމަށް ނިންމި 12 ސަރަހައްދަކީ:

  • 1-

    ވ. ކަވަރުފަޅު ސަރަހައްދު

  • 2-

    ވ. ފޮއްތެޔޮ ސަރަހައްދު

  • 3-

    ވ. ހިނގާކުޅީ ފިނޮޅު ސަރަހައްދު

  • 4-

    ވ. ތުޑުހުރާ ސަރަހައްދު

  • 5-

    ވ. ރުއްހުރި ހުރާ

  • 6-

    ވ. ރަކީދޫ ކޯނާ

  • 7-

    ވ. ފުށިފަރު ފަރުގެ ސަރަހައްދު

  • 8-

    ވ. ހުރާ ފަޅު

  • 9-

    ބ. ހުރާފަރު ސަރަހައްދު

  • 10-

     ބ. ދަރަވަންދޫ ތިލަ ސަރަހައްދު

  • 11-

     ބ. ނެލިވަރު ސަރަހައްދު 

  • 12-

    ބ. އިންނަފުށި ސަރަހައްދު

ރައީސް އޮފީހުން ބުނީ މިއީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭ ތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ހާއްސަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަހައްދުތަކެއް ކަމަށެވެ.

މި ސަރަހައްދުތައް ހިމާޔަތް ކުރުމާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާ މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. 

އެނގުން މުހިންމު -  ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ %10 ސަރަހައްދާއި ކުޅި، ފާ، ޗަސްބިމުގެ %20 ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023 ގައި ހިމަނާފައިވާ ކަމެކެވެ. އަދި އެ މަސައްކަތުގެ ތެރޭގައި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން، ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފިނޮޅާއި އެއް ފަރާއި އެއް ކަނޑޫފާ ޗަސްބިން ހިމާޔަތްކުރުން ވެސް ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް