
13 އޮގަސްޓް 2023 - ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީ ކުރާ 'އަމާން އުދަރެސް' ފްލެޓުތައް (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހާއްސަކޮށް 300 ފްލެޓް ދޫކުރަން ނިންމައިފި
މިހާރު ކުރިމަތިލުމަށް އިއުލާންކޮށްފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 300 ފްލެޓް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު 'ދައުރު'އަށް ވިދާޅުވީ ރައީސް މިއަދު ނިންމަވާފައި ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާތާ 15 އަހަރުވެފައިވާ މުވައްޒަފުންނަށް ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން 300 ފްލެޓް ހާއްސަކުރަން ކަމަށެވެ. އެގޮތުން މި 300 ފްލެޓަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް އިއްޔެ ހުޅުވާލީ 6،000 ފްލެޓްގެ ތެރެއިން ޓޫރިޒަމް ދާއިރާއަށް ހާއްސަކުރާ ފްލެޓްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިރޭ އަޅުގަނޑުމެން އެކަމާ ގުޅޭ އުސޫލު ގެޒެޓްކުރާނަން،" އަކުރަމް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ފްލެޓް ހާއްސަ ކުރުމަކީ ރިސޯޓް މަސައްކަތްތެރިންގެ ޔޫނިއަން، ޓީމްއިން ގޮވާލަމުން އަންނަ ކަމެކެވެ.
-
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް 6 ދުވަސް ބާކީ އޮތް އިރު ޓީމްއިން ވަނީ މި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރާކަން މީގެ ކުރިން ހާމަކޮށްފައި
-
ފުރަތަމަ ބުރުގައި ރިސޯޓްތަކުގައި ބެހެއްޓި ވޯޓް ފޮށިތަކުން ރައީސް ސޯލިހަށް މެޖޯރިޓީ ލިބިފައެއް ނުވޭ