ނައިފަރި ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް. ފޮޓޯ/ މަޖިލިސް

ނިޒާމީ ވޯޓެއް ނަގަން ޕީޕީއެމްގެ ޝިޔާމް ތާއީދުކޮށްފި

ޝިޔާމް ވިދާޅުވީ ވޯޓު ލާން އެހާ ގިނަ ބަޔަކު ނުދިޔައީ ވެރިކަމުގެ ނިޒާމުގައި އުޅޭ މައްސަލައެއްގެ ސަބަބުންތޯ ސާފުކުރަން ޖެހޭ ކަމަށް
19 ސެޕްޓެމްބަރު 2023
4

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހުގައި އިދިކޮޅު ޕީޕީއެމް ތަމްސީލުކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  ޝިޔާމް މިގޮތަށް ވިދާޅުވީ، ޑިމޮކްރެޓްސް އަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހަޅުއްވާފައިވާ ނިޒާމީ ގަރާރަށް ބަހުސްކުރައްވަމުން ނެވެ.

ބުނީ ކީކޭ؟ - ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލެވޭ އާބާދީގެ 56،900 އެއްހާ މީހުން ވޯޓު ލާން ނުދިއުމުން އެކަމާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ. އެއީ، ރާއްޖޭގައި 16 އަހަރުވީ ރިޔާސީ ނިޒާމުގެ މައްސަލައެއްގެ ސަބަބުން ރައްޔިތުން އަމަލުކުރި ގޮތެއްތޯ އެ މީހުންގެ ކައިރިން ސާފުކުރުމަކީ އޭނާ ތާއީދުކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން 16 އަހަރުވީ މި ނިޒާމުގައި ކޮބާތޯ ގޯސްކަމަކީ އަނެއްކާ ވެސް ރައްޔިތުން ކުރެން އަހާލުމަކީ އަޅުގަނޑު ހަމަ ތާއީދުކުރާ ކަމެއް. ރައްޔިތުން ކައިރިން އަހާލައިގެން އަނެއްކާ ރައްޔިތުން ބޭނުންވާ ގޮތަކަށް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން ނުރުހޭ ކަމެއް ނޫން، ރުހޭ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

އެނގުން މުހިއްމު- ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 3 ވަނަ އަށް ދިޔަ ޑިމޮކްރެޓްސްގެ ފަރާތުން، ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި އަރާނޭ ކޮޅެއް ނިންމުމަށް ހުށަހަޅާ ޝަރުތަކީ ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމެވެ. ޕީޕީއެމްއަށް ވެސް އެ ޝަރުތު ކުރި ނަމަވެސް، އެ ޕާޓީން އެކަމަށް އެއްބަސްވެފައެއް ނުވެ އެވެ. ނަމަވެސް އެހެން މަޝްވަރާތައް އަދިވެސް ކުރިއަށް އެބަދެ އެވެ.

ފަސް މަންޒަރު - ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމަށް، އޮގަސްޓް 2007ގައި ނެގި ފެންނަ ނުފެންނަ ވޯޓަކުން ވަނީ ކަނޑައަޅައިފަ އެވެ. އޭރު ވެރިކަމުގައި ހުންނެވި މައުމޫން އަބްދުލް ގައްޔޫމް ރިޔާސީ ނިޒާމަށް ތާއީދު ކުރެއްވި އިރު، އެމްޑީޕީ އާއި ނަޝީދު ވެސް ތާއީދު ކުރައްވާފައި ވަނީ ބަރުލަމާނީ ނިޒާމަށެވެ.

އެ ވޯޓުގެ ނަތީޖާ އަކީ:

  • ރިޔާސީ ނިޒާމް - 95،619 ވޯޓު (%62.04)

  • ބަރުލަމާނީ ނިޒާމް - 58،504 ވޯޓު (%37.96)

ކޮމެންޓް (4)

އަހުމަދު އައްޒުވީ

19 ސެޕްޓެމްބަރު 2023
މި ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ގަދަބާރުން ނުފޫޒުން ފުރޮޅާލައިފި ނަމަ ރައްޔިތުންގެ ބާރު މުޅިން ކެނޑި ރައްޔިތުން ބިކަވީއެވެ. މިހާރު ރައްޔިތުންނަށް އޮންނަ ބާރު ދުއްވާލެވުނީއެވެ. ދެން ދުވަހަކުވެސް ރައްޔިތުންނަށް މި ސިޔާސީ ވަގުންނާ އަރާ ހަމަ ނުކުރެވޭނެއެވެ. ޕާޓީ ތަކުން އެޕޮއިންޓްކުރާ މީހަކު ބޮޑުވަޒީރުކަން ކުރާނީ. އޭނާ ނުވާނެ ކޮންމެހެ ން ރައްޔިތުން ވޯޓް ލައިގެން ހޮވާ މީހަކަށް ވެސް ގިނަ ފަހަރު. މިސާލަކަށް ނަޝީދު ކުރިމަތިލީ ދާއިރާއިން ނުހޮވި ހުއްޓާ އެމްޑީޕީން އެޕޮއިންޓްކުރާ މެމްބަރުން ތެރޭގަ ނަޝީދު ހޮވީ މަޖްލީހަށް. ދެން އެމްޑީޕީ އަށް ގިނަ ގޮނޑި ލިބިފައިވާ ނަމަ ނަޝީދު ބޮޑު ވަޒީރަކަށް ވާނީ.
1 1

އިބްރާހިމްބެ

19 ސެޕްޓެމްބަރު 2023
ކީއްވެ ޕާކިސްތާނު ވާހަކަ ކޮބާަ ކެނަޑާ ސުވިޒަލެންޑއ ނޯވޭ ޖަޕާނު
0 0

މުހައްމާ

19 ސެޕްޓެމްބަރު 2023
މި އުޅެނީ ނިޒާމުގެ މައްސަލައެއް ޖެހިގެނެއް ނޫން. ވޯޓުލާން ނުދިޔައީ ތިޔަކަހަލަ ސިޔާސީ މީހުން ދެކެ ރައްޔިތުން ވާ ފޫހިން. ފެޑްއަޕް ވެފަ ތިބީމަ. މިހާރު ނިޒާމު ބަދަލު ކުރަން ތި އުޅެނީ މަޖްލީހުގައި ތިބި މަދު ބަޔަކު މުޅި ގައުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ނަގަން. މެންބަރުން ގަނެވިއްކުން އޭރުން މެކުހަށް ޖަހާނެ. މެންބަރުންގެ ޖީބުތައް ފުރި ބާރުވެ ފަތިން ދާނެ.
5 1

ޖައު

19 ސެޕްޓެމްބަރު 2023
@މުހައްމާ ޕާކިސްތާނަށް ވަނުންދާގޮތް އެބަ ފެނޭނޫންތޯ. މެންބަރުންގަނެ ވިއްކާ ވެރިކަން ވައްޓާ ، ސަރުކަރު ބަނގުރޫޓްވެ ، ބޮޑުގައުމެއް ބެނުންގޮތަކަސް ހަދަމުން އެދަނީ. އިބްރަތް ހާސިލުކުރޭ. 3 ވަނަހޯދި މިހުން ތިއުޅެނީ އަދިވެސް ވެރިކަން ކުރާށޯ... ނޯ ނޯ ޏޯ ޏޯ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް