
1 ޑިސެމްބަރު 2022ގައި އެމްއެންޑީއެފްއިން ހިފެހެއްޓި ލަންކާގެ ތިން މަސްބޯޓް (ފޮޓޯ/އެމްއެންޑީއެފް)
ރާއްޖެ ކަނޑުން މަސްވެރިކަން ކުރަނިކޮށް 4 ބޯޓެއް އަތުލައިގެންފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 4 ބޯޓެއް ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.
ވީ ކިހިނެއް؟- އެމްއެންޑީއެފުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އެ ބޯޓުތައް މިއަދު ހިފެހެއްޓީ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ކަމަށެވެ.
ތަފްސީލް- އެމްއެންޑީއެފުން ބުނީ، އެ ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އދ. މަހިބަދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެހެން ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓުތަކެއް ކަމާއި، އެ ބޯޓުތައް ހިފެހެއްޓި ސަރަހައްދެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.
އެ އިދާރާއިން ބުނީ، އެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށެވެ.
އެނގުން މުހިންމު - ދޭތެރެ ދޭތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާ އާއި އިންޑިއާގެ މަސްބޯޓްތައް ހިފަހައްޓަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބޯޓްތަކާއި މީހުން އަނބުރާ އެ ގައުމުތަކަށް ފޮނުވާލަ އެވެ.
ކޮމެންޓް