އެމްޑީޕީގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މާފަންނުގައި ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން.

އެމްޑީޕީ

ރައީސް ސޯލިހުގެ ކެމްޕޭންގައި މާރިޔާ މާލޭގައި ދޮރުން ދޮރަށް

މިއަދު މާލޭގެ އެކި ދާއިރާތަކުގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް އެމްޑީޕީން ބުނޭ
15 ސެޕްޓެމްބަރު 2023
3

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭންގެ ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މާލޭގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް މިއަދު ކުރިއަށް އެބަ ގެންދަވަ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ކެމްޕޭނުން ބުނެފައިވާ ގޮތުގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް މިއަދު ހަވީރު 4 އިން ފެށިގެން 6އަކަށް މާލޭގެ އެކި ދާއިރާތަކުގައި ކުރިއަށް ދާނެ އެވެ.

ތަފްސީލް - މާލޭގެ ކެމްޕޭން ކޯޑިނޭޓަރުކަން ވެސް ކުރައްވާ މާރިޔާ މިވަގުތު ގެންދަވަނީ މާފަންނުގެ އެކި ގޭގެއަށް ޒިޔާރަތް ކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

އޭނާގެ އަރިހުގައި އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ ރައީސް އަހުމަދު އާމިރުގެ އިތުރުން ކެމްޕޭން ޓީމުގެ އިތުރު ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ މިދިޔަ ބުދަ ދުވަހު ދޮރުން ދޮރަށް ހިންގަވައި، މާފަންނު ހުޅަނގުގެ ބައެއް ގޭގެއަށް ވަޑައިގެން މީހުންނާ ބައްދަލު ކުރައްވައިފަ އެވެ.

ފުރަތަމަ ބުރުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރައީސް ސޯލިހު، ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް މިދިޔަ ދެ ދުވަހު ސަން އައިލެންޑުގައި ހުންނެވުމާއެކު އެމަނިކުފާނު މިފަހުން ކެމްޕޭން ހަރަކާތަކުން ފެނިފައެއް ނުވެ އެވެ.

ނަމަވެސް، ޖޭޕީއާ އެކު ކުރެވުނު މަޝްވަރާތައް ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު ވަނީ މިއަދު މެންދުރު ފަހު ސަން އައިލެންޑުން ފުރާވަޑައިގެންފަ އެވެ.

ކޮމެންޓް (3)

މަޢުރޫފް

16 ސެޕްޓެމްބަރު 2023
މުއިއްޒު އަޔަސް ވެސް އިންޑިއާ ސިފައިން ނުފޮނުވޭނޭ އެމްޑީޕީން ބުނާނެތާ، އެމްޑީޕީ ވެރިކަމުގައި ނެތަސް އެމްޑީޕީން އިންޑިއާ ސަރުކާރަށް އަންގަމުން ދާނީ ނުފައިބައްޗޭ ނުފައިބައްޗޭ ، ނުދައްޗޭ ، ތިމަންނޭމެން މި އިތިބީ ސަރުކާރު އިރުވެސް ތިބި ގޮތަށް ކަލޭމެން ކޮޅުގައޭ ، މަޢުނައަކީ ދިވެހި ގައުމާ ދެކޮޅަށޭ. ޔާމީން ސަރުކާރުން ހެލިކެޕްޓަރ އެގްރީމެންޓް އާކޮށްނުދީ ދާން އެންގުމުން ވެސް އެމްޑީޕީން އިންޑިއާ އަށް ޔަގީންކަން ދިނީ، އެމްޑީޕީން އެގްރީމެންޓް އާކޮށްދޭނެ ކަން. އެހެންވީމާ ނުފައިބާ ތިބޭށޭ.
1 1

އެހެންތޯ

15 ސެޕްޓެމްބަރު 2023
ހިނގުމަކީ ހަޝިގނޱައް ވަރަށް ރަނގަޅު ކަމެއް ކޮންމެ ދުވަހަކުވެސް ތިގޮތައް ހިނގަން އާދަކުރޭ!
1 0

ހިނގާ ހިނގާ

15 ސެޕްޓެމްބަރު 2023
ހަމަ ހިނގަންވީ ހުރިހާ ބޭފުޅުންވެސް ބުނަންވީ ވޯޓްދޭނެ ވާހަކަ އެކަމަކުވެސް ދޭނެ ކެންޱިޱޭޓްގެ ނަން ނުބުނާތި ބުނެފިއްޔާ ވޯޓް ސައްހަ ނުވާނެ ސިއްރުވޯޓެއް ނަގަން އޮތީ ގާނޫނުގަ ބަލަންވީ ނަތީޖާ މިވޭތުވެދިޔަ 5 އަހަރުގެ ދެންބަލަންވީ ފުރަތަމަ ބުރު އެއްލައްކަ މީހުން ނޫނެކޭ ބުނީ ކީއްވެގެންތޯ! ނަތީޖާ ވަރަށް ސާފު ދޮއްތޯ!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް