އެކި ގޮތްގޮތަށް ސްކޭމް ކުރުން ވަނީ އާންމުވެފައި

މަކަރާއި ހީލަތް

ސާވޭ ކުރުމުގެ ނަމުގައި ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދާ މައްސަލައެއް

އައިޑީގައި ހިމެނޭ މައުލޫމާތު އެކި ސްކޭމްތައް ހިންގުމާއި ކުށްތަކަށް އަރައިގަތުމުގައި ބޭނުން ކޮށްފާނެ ކަމަށް ފުލުހުން ބުނޭ
14 ސެޕްޓެމްބަރު 2023
2

ދަރިވަރުންނަށް އަމާޒުކޮށްގެން ސާވޭއެއް ކުރުމުގެ ނަމުގައި އެ ދަރިވަރުންގެ އައިޑީ ކާޑުގެ ކޮޕީ ހޯދަމުން ގެންދާތީ އެކަމަށް ފާރަވެރިވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ވީ ކިހިނެއް؟ - އޮޅުވާލައިގެން މިފަދައިން ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ފުލުހުން ވަނީ މިއަދު އެކަމާ ބެހޭ ގޮތުން 'އެކްސް'ގައި ޕޯސްޓްކޮށްފަ އެވެ.

ބުނީ ކީކޭ؟ - ފުލުހުން ބުނި ގޮތުގައި މިފަދަ ރަސްމީ ޑޮކިއުމެންޓްތަކުގައި ހިމެނޭ ޒާތީ މައުލޫމާތު އެކި ގޮތްގޮތަށް ބޭނުން ކޮށްފާނެ އެވެ. އެގޮތުން:

  • އެކި އެކި ސްކޭމްތައް ހިންގުމަށް

  • އައިޑެންޓިޓީ ތެފްޓް

  • އެހެނިހެން ކުށްތަކަށް އަރައިގަތުން

އެހެންކަމުން މިފަދަ ތަކެތި ހިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެ އެވެ.

އެނގުން މުހިއްމު - އެކިއެކި ލިންކުތައް ބޭނުންކޮށްގެން މީހުންގެ ބެންކް އެކައުންޓުތަކުން ވަގު މުއާމަލާތް ކުރާ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. 

ކޮމެންޓް (2)

ޙޯހޯ

15 ސެޕްޓެމްބަރު 2023
މިއީ ޕީ.ޕީން ހިންގާ ބޮޑު ޖަރީމާއެއް.
0 0

މުންޖިޗޭ

14 ސެޕްޓެމްބަރު 2023
މިކަމަކީ ރޭވިގެން ހިންގާ ޖަރީމާއަކަށްވުން ގާތްކަން އެނގެނީ ފުލުހުން މިކަން ސަމާލުކަމަށް ގެނެސްފައިވުން، މީގެއިތުރުން މިކަމުގެ ފޮރުވިފައިވާ ޙަޤީޤަތެއްވާކަން ޤަބޫލުކުރަންޖެހެނީ ކުރަންނުޖެހޭ ކަމެއް ކުރާތީ، ޙަޤީޤަތުގައި 15، 16، 17 މިތިންދުވަހު ތިޔަކަންތައް އިތުރުވާނެކަމަށް ފެނޭ، ސަބަބަކީ ވޯޓުލާތަން ބަދަލުކޮށް މީސްމީހުންނަށް ވޯޓުނުލެވޭގޮތް ހެދުމުގެ ނުބައި ސްކޭމެއް ހިންގުމުގެ ވިސްނުން ނުބައި ނުލަފާ ސިޔާސީ ޣައްދާރުންގެ އޮތުން ގާތްކަމަކަށްވުން، ވިސްނަންޖެހޭކަމެއް، އެއްވެސް މީހަކު އެމީހެއްގެ ޒާތީ މަޢުލޫމާތު އެހެންމީހެއްގެ އަތްމައްޗަށް ދޫކޮށްނުލުން ބުއްދިވެރި، އެކަމަކުވެސް ބާރުވެރި ފަރާތްތަކުން މުވައްސަސާތަކުގެ ތެރެއިން ވައްކަންކޮށްގެން މަޢުލޫމާތު ހޯދައިގެން އެގޮތަށް ހަދާފާނެކަމުގެ ތުހުމަތުވެސް އެބައޮތް، ކޮންމެމީހަކުވެސް ޤަވާޢިދުން ވޯޓުލާތަން ޗެކްކުރަމުން ގެންދިއުން ބުއްދިވެރި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް