ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕުން ތުއްތު ކުދިންގެ ސިއްހީ ތަރުބިއްޔަތާ ބެހޭ ޕްރޮގްރާމެއް

މި ޕްރޮގްރަމުގައި ވިހެއުމާއި ވިހެއުމުގެ ކުރިން ކަސްރަތު ކުރުން އަދި ރިހުން މެނޭޖުކުރުމާ ބެހޭ ސެޝަންތައް ނަގައިދޭނެ
12 ސެޕްޓެމްބަރު 2023

ޓްރީ ޓޮޕް ހޮސްޕިޓަލުން ތުއްތު ކުދިންގެ ސިއްހީ ތަރުބިއްޔަތާ ބޭހޭ ޕްރޮގްރާމެއް ނުވަތަ ނާޗާ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައި، އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ހުޅުވާލައިފި އެވެ.

ތަފްސީލް - މިއީ ގާތުން ކިރުދިނުމާއި، ވިހެއުން، އަލަށް އުފަންވާ ކުދިންނާއި މައިންނަށް ހަމުގެ ފަރުވާއާއި، ވިހެއުމުގެ ކުރިން ކަސްރަތުކުރުމާއި، ރިހުން މެނޭޖްކުރުމާ ބެހޭ މަޢުލޫމާތު ފުރިހަމަ ސެޝަންތަކެށް ފޯރުކޮއްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

  • ޕްރޮގްރާމުގައި މި ސެޝަންތައް ނަންގަވާ ދެއްވާނީ އެ ހޮސްޕިޓަލްގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ނިއޯނެޓޮލޮޖީ، ޑާމަޓޮލޮޖީ، ފިޒިއޮތެރަޕީ، އަދި ނާސިންގެ މެޑިކަލް އެކްސްޕާޓުން

  • ކޮންމެ މަހަކު ވެސް 30 ފަރާތަކަށް ފުރުސަތު ދޭނެ

  • 30 އަށް ވުރެ ގިނަ މީހުން ރެޖިސްޓާ ކޮށްފި ނަމަ އިތުރަށް ރެޖިސްޓާ ކުރާ ފަރާތްތަކުން ބޭނުން ނަމަ ޖެހިގެން އަންނަ މަހަށް ޖާގަ ހަމަޖައްސައިދޭނެ

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގުޅައިގެން ނުވަތަ އޮންލައިން ކޮށް ރެޖިސްޓާ ކުރެވޭނެ އެވެ.

ރެޖިސްޓާ ކުރަން ގުޅާނެ ނަންބަރު: 3351610

އިތުރު އާޓިކަލް

އިތުރު އާޓިކަލް