
ރިޔާސީ ބަހުސް ފެށުމުގެ ކުރިން ރައީސް ސޯލިހާއި އެންމެ ވާދަވެރި ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ސަލާމްކުރައްވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ރިޔާސީ ބަހުސް: ކެންޑިޑޭޓުންގެ ސިޔާސަތުތައް އެއްތަނަކުން
އުމަރު ވިދާޅުވީ އޭނާ ނިކުންނަނީ އިސްލާމީ ޝަރީއަތުގައި ހިފައިގެން ކަމަށާއި ރާއްޖެ އަމާންކޮށް ޑްރަގުގެ މައްސަލަ ހައްލުކޮށް ގޭންގުތައް ނައްތާލުމަށް އޭނާއަށް ފުރުސަތު ދޭން ޖެހޭ ކަމަށް. ކެންޑިޑޭޓުންގެ ފަހު ބަހާ އެކު ރިޔާސީ ބަހުސް ނިންމާލައިފި.
ރައީސްގެ ފަހު ބަހުގެ ގޮތުގައި ފާހަގަ ކުރެއްވީ އެމަނިކުފާނު ހޯއްދެވި ކާމިޔާބީތައް ފާހަގަ ކުރެއްވި. ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައި ދިނުމާއި ބިރުވެރިކަން ފިލުވާލައި އަމާންކަން ގާއިމްކޮށްދެވުނު ކަމަށް ވިދާޅުވި. އެއަށް ފަހު ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ނިކުންވައިގެން ހުންނެވީ 2028 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 170 ބިލިއަން ރުފިޔާއަށް ހެދުމަށް ކަމަށް. އަދި ރާއްޖޭގައި މި އޮތް އަމާންކަން ގާއިމް ކުރެއްވުމަށް ކަމަށް.
ގާސިމް އިބްރާހިމް ފަހު ބަހުގެ ގޮތުގައި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހިލޭ ބޭސްފަރުވާ ހުރިހާ ހަރަދަކާ އެކު ލިބޭނޭ ކަމަށް. އަދި އޭނާގެ މެނިފެސްޓޯއަކީ އެންމެ ރަނގަޅަށް ދިރާސާކޮށްގެން ހެދިފައިވާ ރަނގަޅު މެނިފެސްޓޯ ކަމަށް. އޭނާގެ ބައިވެރިވުމާ އެކު އެމްޑީޕީ އަދި ޕީޕީއެމްއަށް ވެރިކަން ދިން ނަމަވެސް އެ ވެރިކަންތައް ފެއިލްވެއްޖެ ކަމަށް. އެހެންވެ، އާ ބޭފުޅަކަށް ފުރުސަތު ދޭން ގާސިމް ގޮވާލައްވައި ވިދާޅުވީ އެންމެ ރަނގަޅު ކެންޑިޑޭޓަށް ދޭން.
ކުރީގެ ރައީސުން ޖަލަށް ލުމުގެ ސަގާފަތް ރާއްޖޭގައި ދެމިގެން ދާތީ އެކަމާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސްގެ ޖަވާބު.
— Dhauru (@Dhaurunews) September 2, 2023
ލައިވް: https://t.co/SeQvuC2vK7 pic.twitter.com/yPbzjPLWAN
ރިޔާސީ ކެންޑިޑޭޓުންގެ ފަހު ބަސް ވިދާޅުވުމުގެ ވަގުތުގައި ވިދާޅުވީ:
އިލްޔާސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް އަންނަން މަސައްކަތް ކުރަނީ ރައްޔިތުންގެ ދިިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރަން ކަމަށް. އާމްދަނީ އިތުރުކުރަން ކަމަށް. އަދި ސިއްހީ ދާއިރާ ތައުލީމީ ދާއިރާއިން ސިޔާސީ މީހުން ދުރުކޮށް އެ ދާއިރާ ޕްރޮފެޝަނަލް ދާއިރާއަކަށް ހަދަން ކަމަށް.
ފާރިސް ވިދާޅުވީ އޭނާގެ އަމާޒަކީ ދިގު މުއްދަތުގައި ޕްލޭނެއް ހަދައި ރިފަރަންޑަމަކުން އެ ޕްލޭން އެޑޮޕްޓްކުރުން ކަމަށް. އޭނާ ވިދާޅުވީ ސިސްޓަމްގައި ހުރި މައްސަލަތައް އިސްލާހުކޮށް މަޖިލީހާއި މިނިވަން މުއައްސަސާތައް އިސްލާހު ކުރާނޭ ކަމަށް.
ރައީސް ސޯލިހު މަސައްކަތް ފެއްްޓެވީ އާއިލީ ވެރިކަމާ ދެކޮޅަށް ނަމަވެސް މަނިކުފާނުގެ ސަރުކާރުގައި އާއިލާ މީހުން ގިނަ، އެއީ ކީއްވެތޯ ސުވާލުކުރުމުން ރައީސް ސޯލިހު ވިދާޅުވީ:
ރައީސް ސޯލިހު އެކަމާ ގުޅިގެން ވިދާޅުވީ އެމަނިކުފާނުގެ އާއިލީ މީހަކަށް ވަޒީފާ ދީފައި ނުވާނޭ ކަމަށް. އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ވަޒީފާ ދޭން އެންގީ ސުޕްރީމް ކޯޓުން ކަމަށް. އަދި މަޖިލީހުގައި ތިއްބެވި އާއިލީ ބޭފުޅުންނަކީ ރައްޔިތުން ހޮވި ބައެއް ކަމަށާއި އެކަމަކީ އެމަނިކުފާނު ދިން ވަޒީފާއެއް ނޫން ކަމަށް. އަދި އާއިލީ ވެރިކަމެއް އުފައްދަވާ ކަމަށް އެމަނިކުފާނަށް ބުނުމަކީ ވަރަށް ބޭއިންސާފު ބުނުމެއް ކަމަށް ވިދާޅުވި.
އުމަރުގެ ވެރިކަމުގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރާނޭ ގޮތަކީ ކޮބައިތޯ އުމަރާ ސުވާލުކުރުމުން ވިދާޅުވީ:
ޔޫރަޕުން މި ރާއްޖެ ގެނައި ކަންކަން އެބަޖެހޭ އިސްލާމީ ޝަރީއަތަށް ފައްތަން. އެކަންކަން ހައްލުކުރަން އިސްލާމި ޝަރީއަތުގައި ހިފާނަން. އެގޮތުން ކޮރަޕްޝަން ހުއްޓުވަން އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކޮރަޕްޝަން ހިންގާ ވަޒީރެއް ވިޔަސް ހިންގާނަން.
ދިވެހިންނަށް ކޮލިޓީ ބޭސް ގެނެސް ސިއްހަތު ކަށަވަރުކޮށްދޭން ކެންޑިޑޭޓުންގެ ސިޔާސަތަކީ ކޮބައިތޯ ސުވާލުކުރުމުން:
- އާސަންދައަށް ސަލާން ޖެހުން މަޖުބޫރުކޮށްފި. އެކަން އަޅުގަނޑު ބަދަލުކުރާނަން. އާސަންދައަކީ ވަރުގަދަ ނިޒާމަކަށް ހަދައި އެކަކަށް ވެސް އެކަމުގައި
- ފާރިސް މައުމޫން ވިދާޅުވީ އާސަންދަ އުވާލައްވައި ދެ ފުށް ފެންނަ ގައުމީ ސިއްހީ ނިޒާމެއް ތައާރަފްކުރައްވާނެ ކަމަށް. ކާޓެލްތަކުގެ ބާރު ކަނޑުވާލައި އެންމެ މޮޅު ބޭސް ލިބޭނޭ ގޮތް ހައްދަވައި ދެއްވާނޭ ކަމަށް ފާރިސް ވިދާޅުވި.
- ގާސިމް ވިދާޅުވީ ކޮންމެ މީހަކަށް ވެސް އެއްވެސް ހަރަދަކާ ނުލާ ބޭސްފަރުވާ ލިބޭނޭ ގޮތް ހައްދަވައި ދެއްވާނޭ ކަމަށް ވިދާޅުވި.
- މުއިއްޒު ވިދާޅުވީ ބޭސްތަކުގެ ކޮލިޓީ ބެލުމަށް ފެންވަރު ބެލުމުގެ ރަނގަޅު ލެބޯޓްރީއެއް ގާއިމްކުރަން ޖެހޭ ކަމަށް. އަދި އެކަން ކުރައްވާނޭ ކަމަށް މުއިއްޒު ވިދާޅުވި.
- ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް އައި އިރު، އާސަންދަ އޮތީ އަޅައި ނުލާ ކަމަށް. އަދި ބޭސްތަކުގެ އަގު ކުޑަކުރަން މި ސަރުކާރުން ބަލްކް ޕްރޮކިއުމަންޓްގެ ދަށުން އަގު ކުޑަކޮށްފި ކަމަށް. އަދި އެކްސްކްލުސިވިޓީ އުވާލައި ޔޫރަޕުން ބޭސް ގެނެވޭނޭ ގޮތް ހެދުމަށް އެގްރިމަންޓްތައް ހަދަމުން އަންނަ ކަމަށް ވިދާޅުވި.
ގާސިމް ވިދާޅުވީ ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް އަދަބު ދޭން ޖެހޭނެ ކަމަށް.
— Dhauru (@Dhaurunews) September 2, 2023
ލައިވް: https://t.co/SeQvuC2vK7 pic.twitter.com/R43wRLmCXU
ޔާމީންގެ ސަރުކާރުގައި އެއްވެސް މީހަކަށް ނުހައްގުން އަދަބު ދީފައި ނުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި.
— Dhauru (@Dhaurunews) September 2, 2023
ލައިވް: https://t.co/SeQvuC2vK7 pic.twitter.com/NYXWi3ic51
ޔާމީންގެ ވެރިކަމުގައި އެއްވެސް މީހަކަށް ނުހައްގުން އަދަބު ދީފައި ނުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި.
— Dhauru (@Dhaurunews) September 2, 2023
ލައިވް: https://t.co/SeQvuC2vK7 pic.twitter.com/JEwlsAWNTH
ރާއްޖޭގެ އާބާދީ މުސްކުޅިވަމުން ދާ ދިޔުމާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ކެންޑިޑޭޓުން ވިދާޅުވީ:
- އުމަރު ނަސީރު ވިދާޅުވީ ޒުވާނުންނަކީ މަސައްކަތްތެރިންނަށް ހައްދަވާނޭ ކަމަށް. އަދި އުމުރުން ދުވަސްވުމަކީ މަސައްކަތް ނުކުރާން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ހައްދަވާނޭ ކަމަށް ވިދާޅުވި.
- ފާރިސް ވިދާޅުވީ 70 އަށް ރިޓަޔަމަންޓް އުމުރު ބަދަލުކުރާނަން ކަމަށާއި ޒުވާނުން މަސައްކަތް ނުކުރަނީ ސިޔާސީ މީހުން ފެއިލްވެފައި ތިބެގެން ކަމަށް. އަދި ޒުވާނުންނަށް އޭނާގެ ސަރުކާރެއްގައި އަމިއްލަ ވިޔަފާރި ފެށޭނޭ ހުރިހާ މަގެއް ފަހިކޮށްދެއްވާނޭ ކަމަށް ވިދާޅުވި.
- އިލްޔާސް ލަބީބު ވިދާޅުވީ ދިވެހި ޒުވާނުންނަށް އޭނާގެ ސަރުކާރެއްގައި %30 ހާއްސަ ކުރައްވާނޭ ކަމަށް. އަދި އިސްލާމް ދީނާއި ގާނޫނު އަސާސީގެ ތެރެއިން ޒުވާނުންނަށް ނުކުރެވޭނޭ ކަމެއް ނޯންނާނޭ ކަމަށް ވިދާޅުވި. އަދި މަސް ގަންނަ އަގަކީ 25ރ. ކަމަށް ކަނޑައަޅައި ޒުވާނުން މަސްވެރިކަން ފަދަ ސިނާއަތްތަކަށް ނެރޭނޭ ކަމަށް. މީގެ އިތުރަށް ފެނަކަ ފަދަ ތަންތަނުގައި މަޅި އަޅުވާފައި ތިބި ޒުވާނުން މިނިވަން ކުރާނޭ ކަމަށް އިލްޔާސް ލަބީބު ވިދާޅުވި.
ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރިން ފެނުނީ އަނިޔާވެރި ދުވަސްތަކެއް ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުން އެކަން ނިމުމަކަށް ގެންނާނޭ ކަމަށް. އަދި ރައީސް ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ކަމެއްގައި ނޫން ކަމަށާއި އެފަދަ ކަމަކާ ގުޅުމެއް ނެތް ކަމަށް.
— Dhauru (@Dhaurunews) September 2, 2023
ލައިވް: https://t.co/SeQvuC2vK7 pic.twitter.com/vxLzumGYpg
އިލްޔާސް ލަބީބު ވިދާޅުވީ އިންޑިއާ ސިފައިންނާ އެކު ހަދާފައިވާ އެއްބަސްވުންތައް ހާމަވާން ޖެހޭނޭ ކަމަށް. އަދި އެކަން ހާމަނުކުރުމަކީ މައްސަލައެއް ކަމަށް.
— Dhauru (@Dhaurunews) September 2, 2023
އެ އެގްރިމަންޓް ހާމަކުރަން ސަރުކާރުގެ މެންބަރުންގެ ގޮތުގައި ތިބެ އިލްޔާސްމެން މަސައްކަތް ނުކުރެއްވީ ކީއްވެތޯ ޕްރެޒެންޓަރު… pic.twitter.com/TcPxXZURJZ
މިހާރު ބަހުސް ހިނގަމުން ދަނީ ބޯހިޔާވަހިކަމުގެ ސިޔާސަތާ މެދު.
ނާޒިމް ވިދާޅުވީ ހައުސިން މާކެޓް ރާއްޖޭގައި އަދި ފްލަޑް ނުވާ ކަމަށާއި އިގްތިސާދު ވަރުގަދަކޮށްގެން އަތްފޯރާ ފަށުގައި ބޯހިޔާވަހިކަމަށް ލޯނު ހޯދައި ދެވޭނޭ ކަމަށް.
ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބު ވިދާޅުވީ މާލޭގައި
ފާރިސް މައުމޫން ވިދާޅުވީ ހައުސިންއަށް ޓްރަސްޓް ފަންޑެއް ގާއިމްކުރައްވާނޭ ކަމަށާއި ސަރުކާރުގެ އެސްއޯއީތަކުން
ގާސިމް ވިދާޅުވީ ސޯޝަލް ހައުސިން ހިލޭ ކުރައްވާނޭ ކަމަށް. އަދި އެކަމަކީ ކުރެވޭނޭ ކަމެއް ކަމަށާއި އެކަން މީގެ ކުރިން ވެސް ކުރައްވާނޭ ކަމަށް. އަދި އޭނާގެ ސަރުކާރަކީ ހަމައެކަނި ލިސްޓެއް ނެރޭ ސަރުކާރަކަށް ނުހަދާނޭ ކަމަށް ވިދާޅުވި.
މުއިއްޒު ވިދާޅުވީ އެސްއޯއީތައް ހަރުދަނާކޮށް އިންވެސްޓްމަންޓް ބޭންކެއް ގެނެސްގެން ފުށިދިއްގަރުފަޅު ހަގީގަތަކަށް ހައްދަވާނޭ ކަމަށް އަދި ޕޯޓް ތިލަފުއްޓަށް ބަދަލުކުރައްވާނޭ ކަމަށްް ވިދާޅުވެ އެކަންކަން ހަގީގަތަކަށް ހަދާނޭ ކަމަށް ވިދާޅުވި.
ރައީސް ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ހުޅުމާލެ، ގިރާވަރުފަޅު އަދި ގުޅީފަޅުން ގޯތި ދޫކުރުމާ ދެކޮޅު ވަނީ ވަރަށް ބޭއިންސާފުން މާލޭ ރައްޔިތުންނާ މެދު ކަންކުރަން ބޭނުންވާ ފަރާތްތައް ކަމަށް.
ގާސިމް ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެވޭނީ މަޖިލީހުގެ ރުހުން އޮވެގެން ކަމަށާއި އެފަދަ ރުހުމެއް ހޯދާފައި ނުވާކަމަށް. އަދި އެއީ ކުށެއް ކަމަށާއި ބޭރު ސިފައިން ތިބުމާ ދެކޮޅު ކަމަށް ގާސިމް ވިދާޅުވި.
— Dhauru (@Dhaurunews) September 2, 2023
ލައިވް: https://t.co/SeQvuC2vK7 pic.twitter.com/zgmd4DdcFB
މުއިއްޒު ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި 5 އަހަރަށް ވުރެ ގިނަ ދުވަހަށް ތިބެނީ ތަމްރީނަށް ނޫން ކަމަށާއި ބޭރުގެ ސިފައިން ދާއިމީކޮށް ރާއްޖޭގައި ތިބުމަށް ދެކޮޅު ހައްދަވާ ކަމަށް. އަދި ރާއްޖޭގައި ބޭރު ސިފައިން ތިބުމަކީ މަޝްވަރާ ކުރެވޭނޭ ކަމެއް ނޫން ކަމަށް ވިދާޅުވެ ބޭރު ސިފައިން… pic.twitter.com/0AXgKIlNK1
— Dhauru (@Dhaurunews) September 2, 2023
ރައީސް ސޯލިހު ވިދާޅުވީ ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު އަސްކަރީ މަސައްކަތެއް ކުރުމަށް ރާއްޖޭގައި ނެތް ކަމަށް. އަދި އެކި ތަމްރީންތައް ކުރުމާއި ދެ ގައުމު ގުޅިގެން ކުރާ އަސްކަރީ ނޫން ކަންކަން ކުރުމަށް ރާއްޖޭގައި އަބަދުވެސް ބޭރުގެ ސިފައިން އައިސްގޮސްފައިވާ ކަމަށް. އަސްކަރީ… pic.twitter.com/8t5uIcGUB5
— Dhauru (@Dhaurunews) September 2, 2023
ގާސިމް ވިދާޅުވީ ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް އަދަބު ދޭން ޖެހޭނެ ކަމަށް.
އެހެން ނަމަވެސް ފާރިސް ވިދާޅުވީ ސިޔާސީ މީހުންނާ މެދު ވާހަކަ ދެއްކުމަށް ވުރެ މުހިންމު ކަންކަން އެބަހުރި ކަމަށް. ފާރިސް ވިދާޅުވީ ސިޔާސީ ވާދަވެރިންނާއި ވެރިކަންކޮށްފައި ތިބޭ ބޭފުޅުންނަށް ކުށް ސާބިތުވާ ގޮތް މަތިވާން ޖެހޭ ކަމަށް.
ނާޒިމް ވިދާޅުވީ ކުރީގެ ރައީސުންގެ ފަހަތުން ދުވަން ނުޖެހޭނޭ ކަމަށް. އެކަން ނިމުމަކަށް ގެންނާނޭ ކަމަށާއި އެ މީހުންނަކީ އަބުރުވެރިކަމާ އުޅެވޭނޭ ބަޔަކަށް ހަދާނޭ ކަމަށް.
ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވީ ކޮންމެ ގައުމަކާ އެކުވެސް މަސައްކަތް ކުރައްވާނޭ ކަމަށާއި ޗައިނާއާ އެކުވެސް ގާތްގުޅުމެއް ބާއްވަވާނޭ ކަމަށް.
— Dhauru (@Dhaurunews) September 2, 2023
ލައިވް: https://t.co/SeQvuC2vK7 pic.twitter.com/24jUhBFybO
މިހާރު ކުރިއަށް ދަނީ ކުރީގެ ރައީސުން ޖަލަށް ލުމުގެ ސަގާފަތް ރާއްޖޭގައި ދެމިގެން ދާތީ އެކަމާ ގުޅޭ ގޮތުން.
ފުރަތަމަ އެ ސުވާލު އަމާޒުވި އުމަރު ވިދާޅުވީ ކޮންމެ މީހަކުވެސް ކުށެއް ކޮށްފި ނަމަ އެ މީހަކު ޖަލަށް ލާން ޖެހޭނެ ކަމަށް. އަދި ސިޔާސީ ފަރުދާގެ ފުރަގަހުގައި ކުށްތައް ކުރަން ފުރުސަތު އޮވެގެން ނުވާނޭ ކަމަށް އުމަރު ވިދާޅުވި.
ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރިން ފެނުނީ އަނިޔާވެރި ދުވަސްތަކެއް ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުން އެކަން ނިމުމަކަށް ގެންނާނޭ ކަމަށް. އަދި ރައީސް ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ކަމެއްގައި ނޫން ކަމަށާއި އެފަދަ ކަމަކާ ގުޅުމެއް ނެތް ކަމަށް.
ނާޒިމް ވިދާޅުވީ އޭނާގެ ޑިފެންސް މިނިސްޓަރުކަމުގައި އިންޑިއާގެ ދެވަނަ ހެލިކޮޕްޓަރެއް ގެންނަން ސޮއިކުރެއްވި ކަމަށާއި އެކަން އޭރު ކުރެއްވީ ރާއްޖޭގައި އެއާޕޯޓްތައް މަދުވެ އޭރު ކަނޑުމަތީގެ ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ގެންދަން ޖެހޭނީ އެ ވަގުތު އޭގެ ބޭނުން އޮތުމުން ކަމަށް. އެހެން ނަމަވެސް މިހާރު ރާއްޖެއަށް އެ ބޭނުމެއް ނެތް ކަމަށާއި އެެއްބަސްވުމުގައި ވެސް ރާއްޖެއިން ބޭނުންވުމުން ހެލިކޮޕްޓަރުތައް ފޮނުވާލަން އޮންނާނެ ކަމަށް ނާޒިމް ވިދާޅުވި. އެހެން ނަމަވެސް އެކަން ނުކުރަނީ މި ސަރުކާރުން ކަމަށް ވިދާޅުވި.
އިލްޔާސް ލަބީބު ވިދާޅުވީ އިންޑިއާ ސިފައިންނާ އެކު ހަދާފައިވާ އެއްބަސްވުންތައް ހާމަވާން ޖެހޭނޭ ކަމަށް. އަދި އެކަން ހާމަނުކުރުމަކީ މައްސަލައެއް ކަމަށް.
އެ އެގްރިމަންޓް ހާމަކުރަން ސަރުކާރުގެ މެންބަރުންގެ ގޮތުގައި ތިބެ އިލްޔާސްމެން މަސައްކަތް ނުކުރެއްވީ ކީއްވެތޯ ޕްރެޒެންޓަރު ދެންނެވުމުން އިލްޔާސް ވިދާޅުވީ 241 ކޮމިޓީއަށް އެ އެއްބަސްވުން ގެންނަން ބާރު އެޅީ އެބޭފުޅުން ކަމަށާއި އެކަން 241 ކޮމިޓީއިން ބެލީ ވެސް އެބޭފުޅުންގެ އިސްނެގުމަށް ކަމަށް.
އެހެން އިލްޔާސް ވިދާޅުވުމުން ރައްދުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެ އެއްބަސްވުންތައް މަޖިލީހަށް ހާމަކުރި ކަމަށާއި އޭގައި މައްސަލައެއް އޮތް ކަމަށް މަޖިލީހަށް ފެނިފައި ނެތް ކަމަށެވެ. އަދި އުތުރުތިލަފަޅަކީ އިންޑިއާގެ ހިލޭ އެހީގައި ހަދާތަނެއް ކަމަށާއި އެތަނުގައި އިންޑިއާ ވެސް އަދި އެހެން ގައުމެއްގެ ސިފައިން ވެސް ނުތިބޭނޭ ކަމަށް. އަދި އެއީ ދިވެހި މިލްކެއް ކަމަށް ވެސް ވިދާޅުވި.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިންފާރު ހުރަސްނުކުރާ ނަމަ ކޮންމެ ބަޔަކާ އެކުވެސް ގުޅުން ބާއްވާނޭ ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ވާނީ ދިވެހިން އިސްކުރާ ސިޔާސަތެއް އަދި ދިވެހިންނަށް ފައިދާވާނޭ ސިޔާސަތެއް ކަމަށް.
— Dhauru (@Dhaurunews) September 2, 2023
ލައިވް: https://t.co/SeQvuC2vK7 pic.twitter.com/wv7couJdUL
ފާރިސް މައުމޫން ވިދާޅުވީ ރާއްޖޭގައި ހިނގަން ޖެހޭނީ ދިވެހި އަސްކަރިއްޔާގެ ބާރު ކަމަށް. އަދި އެއްވެސް ގައުމެއްގެ ސިފައިން ތިބެއްޖެ ނަމަ އެ މީހުން ފައިބަން ވަގުތުން އަންގަވާނޭ ކަމަށް. އަދި އެ މީހުން ނުފައިބައިފި ނަމަ އެއީ ހަނގުރާމަ އިއުލާން ކުރުން ފަދަ ކަމެއް ކަމަށާއި އެކަން އދގެ ސެކިއުރިޓީ ކައުންސިލަށް ރިޕޯޓް ނުކޮށް އޮތުމަކީ ވީކް ލީޑަޝިޕެއް ރާއްޖޭގައި އޮތްކަމުގެ މިސާލެއް ކަމަށް.
ގާސިމް ވިދާޅުވީ އާ ހާރިޖީ ސިޔާސަތެއް ރާއްޖެއަށް ބޭނުން ނުވާ ކަމަށާއި ރައީސް މައުމޫނާއި ނާސިރުގެ ސިޔާސަތަށް އޭނާ ތާއީދު ކުރައްވާ ކަމަށް.
— Dhauru (@Dhaurunews) September 2, 2023
ލައިވް: https://t.co/SeQvuC2vK7 pic.twitter.com/h1DHHLiK1i
ގާސިމް ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެވޭނީ މަޖިލީހުގެ ރުހުން އޮވެގެން ކަމަށާއި އެފަދަ ރުހުމެއް ހޯދާފައި ނުވާކަމަށް. އަދި އެއީ ކުށެއް ކަމަށާއި ބޭރު ސިފައިން ތިބުމާ ދެކޮޅު ކަމަށް ގާސިމް ވިދާޅުވި.
މުއިއްޒު ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި 5 އަހަރަށް ވުރެ ގިނަ ދުވަހަށް ތިބެނީ ތަމްރީނަށް ނޫން ކަމަށާއި ބޭރުގެ ސިފައިން ދާއިމީކޮށް ރާއްޖޭގައި ތިބުމަށް ދެކޮޅު ހައްދަވާ ކަމަށް. އަދި ރާއްޖޭގައި ބޭރު ސިފައިން ތިބުމަކީ މަޝްވަރާ ކުރެވޭނޭ ކަމެއް ނޫން ކަމަށް ވިދާޅުވެ ބޭރު ސިފައިން ޖެހޭނީ ފައިބަން ކަމަށް މުއިއްޒު ވިދާޅުވި. އަދި އެކަން ކުރައްވާނޭ ކަމަށް ވިދާޅުވެ އެކަމުގެ ޔަގީންކަން ދެއްވި.
ދެ ވަނަ ސުވާލަކީ ހާރިޖީ ސިޔާސަތު ގެންގުޅޭނޭ ގޮތް.
— Dhauru (@Dhaurunews) September 2, 2023
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފަސްޓް އަދި ވަން ޗައިނާ ޕޮލިސީއަށް އިހުތިރާމް ކުރުން ކަމަށް. އަދި ޗައިނާއާ އެކުވެސް އެކަށީގެންވާ ރަނގަޅު ގުޅުމެއް އެބަ އޮތް ކަމަށާއި ޗައިނާގެ ބޭންކަކުން ލޯނު ނަގައިގެން… pic.twitter.com/l6oHPlD2XX
ރައީސް ސޯލިހު ވިދާޅުވީ ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު އަސްކަރީ މަސައްކަތެއް ކުރުމަށް ރާއްޖޭގައި ނެތް ކަމަށް. އަދި އެކި ތަމްރީންތައް ކުރުމާއި ދެ ގައުމު ގުޅިގެން ކުރާ އަސްކަރީ ނޫން ކަންކަން ކުރުމަށް ރާއްޖޭގައި އަބަދުވެސް ބޭރުގެ ސިފައިން އައިސްގޮސްފައިވާ ކަމަށް. އަސްކަރީ މަސައްކަތް ކުރުމަށް ރާއްޖޭގައި ބޭރުގެ ސިފައިން ނުތިބޭ ކަމަށާއި ޗައިނާގެ ސިފައިން ވެސް ދޭތެރެ ދޭތެރެއިން ރާއްޖެ އަންނާނެ ކަމަށް.
އުމަރު ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިތަން ނުފެންނަނީ ހަމައެކަނި ސަރުކާރުގެ ކެންޑިޑޭޓަށް ކަމަށް. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާ ސިފައިން ބާލަން މަސައްކަތް ކުރި ކަމަށާއި އެކަން އޭރު ނުވި ކަމަށް. އަދި އިންޑިއާ ފަސްޓް ޕޮލިސީއެއް ބާއްވައިގެން އެކަން ނުކުރެވޭނޭ ކަމަށާއި އިންޑިއާ ސިފައިން ބޭލޭނީ އެ މީހުން އަތުގައި ހިފައިގެން ގޮސް ބޯޓަށް އަރުވައިގެން ކަމަށް.
ބަހުސްގެ ތިން ވަނަ ބައި ފަށައިފި. މިބައިގައި އޮތީ ގައުމީ ސަލާމަތާއި ރައްކާތެރިކަން.
ދެ ވަނަ ސުވާލަކީ ހާރިޖީ ސިޔާސަތު ގެންގުޅޭނޭ ގޮތް.
އެ ސުވާލުގެ ޖަވާބުގައި އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމް ވިދާޅުވީ ރާއްޖެއަށް ފައިދާވާ ނަމަ، ވަކި ގައުމެއް އިސްތިސްނާ ނުކުރައްވާ ރާއްޖެއަށް ފައިދާވާ ނަމަ ކޮންމެ ގައުމަކާ އެކުވެސް މަސައްކަތް ކުރައްވާނޭ ކަމަށް.
ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވީ ކޮންމެ ގައުމަކާ އެކުވެސް މަސައްކަތް ކުރައްވާނޭ ކަމަށާއި ޗައިނާއާ އެކުވެސް ގާތްގުޅުމެއް ބާއްވަވާނޭ ކަމަށް.
ފާރިސް މައުމޫން ވިދާޅުވީ މިހާރު ޒަމާން ބަދަލުވެއްޖެ ކަމަަށާއި ޗައިނާ އިންޑިއާޔާ އެކުވެސް މަސައްކަތް ކުރެވޭނޭ ކަމަށާއި އެ ގައުމުތަކާ ދެކޮޅުވެރިވާކަށް ނުޖެހޭ ކަމަށް.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިންފާރު ހުރަސްނުކުރާ ނަމަ ކޮންމެ ބަޔަކާ އެކުވެސް ގުޅުން ބާއްވާނޭ ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ވާނީ ދިވެހިން އިސްކުރާ ސިޔާސަތެއް އަދި ދިވެހިންނަށް ފައިދާވާނޭ ސިޔާސަތެއް ކަމަށް.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފަސްޓް އަދި ވަން ޗައިނާ ޕޮލިސީއަށް އިހުތިރާމް ކުރުން ކަމަށް. އަދި ޗައިނާއާ އެކުވެސް އެކަށީގެންވާ ރަނގަޅު ގުޅުމެއް އެބަ އޮތް ކަމަށާއި ޗައިނާގެ ބޭންކަކުން ލޯނު ނަގައިގެން އައްޑޫގައި ހިންގާ ޓޫރިޒަމް ޕްރޮޖެކްޓަކީ އޭގެ މިސާލެއް ކަމަށް. އަދި ދިވެހިންނަކީ އިސް އުފުލާ ހާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމަކަށް ވާނޭ ކަމަށް ރައީސް ވިދާޅުވި.
އުމަރު ނަސީރު ވިދާޅުވީ އިންޑިއާ ފަސްޓް ޕޮލިސީ އޭނާ ދޫކޮށްލައްވާނޭ ކަމަށް. އަދި އޭނާގެ ސިޔާސަތަކީ މޯލްޑިވްސް ފަސްޓް ޕޮލިސީ ކަމަށް. އެކަމަކު އެއްވެސް ގައުމެއްގެ އުނގަށް ވެއްޓޭ ނަމަ އެއީ ވަރަށް ނުރައްކާ ކަމެއް ކަމަށް އުމަރު ވިދާޅުވި.
ގާސިމް ވިދާޅުވީ އާ ހާރިޖީ ސިޔާސަތެއް ރާއްޖެއަށް ބޭނުން ނުވާ ކަމަށާއި ރައީސް މައުމޫނާއި ނާސިރުގެ ސިޔާސަތަށް އޭނާ ތާއީދު ކުރައްވާ ކަމަށް.








ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ދައްކަން ޖެހޭ ދަރަންޏާ އެކު 2026ގައި ހަގީގަތުގައި 2 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އޭނާގެ އަންނަނީ ދަރަނި ރީސްޓަރަކްޗާ ކުރަން ކަމަށް. އެގޮތުން އެންވަޔަރުމަންޓް ޓް ޑެޓް ސްވޮޕްއަކަށް ދާނޭ ކަމަށާއި ދަރަނިތަކުގެ މޮރިޓޯރިއަމް އިތުރު ކުރާނޭ ކަމަށް. އަދި ޓެކްސް ބޭސް ފުޅާކުރައްވާނޭ ކަމަށް ވިދާޅުވީ. ބޮޑެތި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑު ކުރާނޭ ކަމަށް.
އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމް ވިދާޅުވީ ބޮޑު ދަރަނި ކުޑަކުރަން އޭނާގެ ސިޔާސަތަކަށް ވާނީ ވެރިކަމުގެ 100 ދުވަސް ތެރޭ ދަރަނި ރީސްޓްރަކްޗާ ކުރުން ކަމަށް. އަދި ޑޮލަރު %60 އަށް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރު ކުރާނޭ ކަމަށް. މީގެ އިތުރަށް އާ ދެ އިންޑަސްޓްރީ ތައާރަފްކުރައްވާނޭ ކަމަށް ވިދާޅުވި.
ފާރިސް މައުމޫން ވިދާޅުވީ އިގްތިސާދު ފުޅާކުރެއްވުމަށް އާ ސެކްޓާއެއް ތައާރަފްކުރައްވާނޭ ކަމަށާއި އެއީ ޓިޖިޓަލް އާޓް ސެކްޓާ ކަމަށް. އަދި ކޮރަޕްޝަނަށް ބޭކާރުވާ ފައިސާ ވަގުތުން ސަލާމަތް ކުރައްވާނޭ ކަމަށް.
އެކި ޕާޓީތަކުގެ ޖަގަހަތަކުގައި ވެސް ބޮޑު ސްކްރީން ބަހައްޓައިގެން އަންނަނީ ބަހުސް ބަލަމުން.

ގާސިމް ވިދާޅުވީ 2026 ގެ ބޮޑު ދަރަނިން ސަލާމަތްވުމަށް 600 މިލިއަން ޑޮލަރު ގްރާންޓުގެ ގޮތުގައި ހޯދާނޭ ކަމަށާއި އެކަން އެމަނިކުފާނަށް ކުރެއްވޭނޭ ކަމަށް. އަދި ޓެކްސްގެ ނިޒާމު އިސްލާހު ކުރައްވާނޭ ކަމަށާއި އެކަމަކު އާ ޓެކްސްއެއް ނުނަންގަވާނޭ ކަމަށް ވިދާޅުވި.
ރައީސް ސޯލިހު ވިދާޅުވީ 2026ގައި ދައްކަން ޖެހޭ ބޮޑު ދަރަނީގެ ތެރެއިން ސީދާ އެ އަހަރު ދައްކަން ޖެހެނީ 800 މިލިއަން ޑޮލަރު ކަމަށާއި އެކަމުން ސަލާމަތްވުމަށް އެ ދަރަނީގެ ދެ ބައިކުޅައެއްގައި ދަރަނި ރީފައިނޭންސް ކުރައްވާނޭ ކަމަށާއި އެކަން ކުރާނީ ބައިނަލްއަގުވާމީ މާލީ ބާޒާރަށް ގޮސްގެން ކަމަށް. އަދި މިހާރު ވެސް އެސްޑީއެފްގައި 6 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި 2026 އަންނައިރު 350-400 މިލިއަން ޑޮލަރަށް ފަންޑް ބޮޑުކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވި. އަދި އެސްޑީއެފްގައި ޑޮލަރު ނެތް ކަމަށް، ޕްރެޒެންޓަރު ރައީސް ސޯލިހާ ސުވާލުކުރެއްވުމުން ވިދާޅުވީ އެ ފަންޑުގައި ޑޮލަރު ހުންނާނޭ ކަމަށް.
2026ގައި ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރު ދެއްކުމުގެ ސުވާލާ ގުޅިގެން އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ޒަމީލް ވިދާޅުވީ އެކަން ކުރަން އޭނާ ސަރުކާރުގެ ހަރަދު ކުޑަކުރާނެ ކަމަށް. އަދި އިންކަމް ޓެކްސް ކަނޑާލައި ވެލްތް ޓެކްސް ތައާރަފް ކުރާނޭ ކަމަށް ވިދާޅުވި. އަދި ޒަކާތް ނެގުން ހަރުދަނާކޮށް ތަންފީޒު ކުރާނޭ ކަމަށް ވިދާޅުވި.
ސަރުކާރުގެ ހަރަދު %30 ކުޑަކުރާނަން: އުމަރު
އުމަރު ވިދާޅުވީ އޭނާ ވިދާޅުވީ ހިލޭ ކަންކަން ކޮށްދިނުމަކީ އޭނާ ރައްޔިތުންނަށް ވާނޭ ވައުދެއް ނޫން ކަމަށާއި ރައްޔިތުން ޅޮސް އުނދޯންޏަށް ނާރުވާ ކެންޑިޑޭޓަކީ އޭނާ ކަމަށް. 2026 އަންނައިރު ރާއްޖެ އާ މިސްރާބަކަށް ދާން ޖެހޭ ކަމަށާއި އޭނާ އެ ބޮޑު ދަރަނި ދެއްކުމާ ކުރިމަތިލާނީ ސަރުކާރުގެ ހަރަދު %30 އަށް ކުޑަކޮށްގެން ކަމަށް އުމަރު ވިދާޅުވި. އަދި އިގްތިސާދި ޑައިވާސިފައި ކުރާނޭ ކަމަށް ވިދާޅުވި.
ބަހުސް ފަށަނީ އިގްތިސާދީ ދާއިރާގެ ސުވާލުތަކުން. ފުރަތަމަ ސުވާލު އުމަރު ނަސީރަށް. ރާއްޖެއިން 2026ގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭއިރު އެކަމަށް އޮތް ޕްލޭނަކީ ކޮބައިތޯ؟
ބަހުސް ބައްލަވަން ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން ވެސް އަޑުގަދަކޮށް، އަތްޖަހައި ނުހެދުމަށް ޕްރެޒެންޓަރު ވަނީ އިރުޝާދު ދެއްވާފައި. އޭނާ ވިދާޅުވީ އެގޮތަށް ހަދާ ނަމަ ސެކިއުރިޓީން މެދުވެރިކޮށް އެބޭފުޅަކު ނެރޭނޭ ކަމަށް.
ބަހުސް ފަށައިފި
ބަހުސް ހުށަހަޅުއްވައި ދެއްވަނީ ކުރީގެ ނޫސްވެރިޔާ އަދި ސަންގު ޓީވީގެ ވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑް). މިހާރު ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށް ސްޓޭޖަށް ދައުވަތުދީ ކެންޑިޑޭޓުން ތިއްބެވީ ސްޓޭޖްގައި.
ސަންގު ޓީވީ އާއި ޕީއެސްއެމްއެމް އަދި ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން ބާއްވާ ރިޔާސީ ބަހުސް މިރޭ 9 ޖަހާއިރު ބިލޮބޮންގް ހައިސްކޫލްގައި ފަށަން ތައްޔާރުވެއްޖެ އެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ 8 ކެންޑިޑޭޓުން ބައިވެރިވެ އެބޭފުޅުންގެ ސިޔާސަތުތައް ހާމަކުރައްވާނެ އެވެ. އަދި އެބޭފުޅުންގެ ސިޔާސަތުތަކާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ހުންނަ ސުވާލުތައް އަމާޒުވެގެން ދާނެ އެވެ.
ކޮމެންޓް (1)
މީމްއަލިފް