ވިލިމާލެ ބަހުގެ ހިދުމަތުގައި ބޭނުންކުރާ އީވީ ބަހެއް. (ދައުރު ފޮޓޯ)

ބަހުގެ ހިދުމަތް

ޔުނިވަސިޓީ، ކޮލެޖު ދަރިވަރުންނަށް ހިލޭ ބަސް ދަތުރުކުރެވޭ ގޮތް ހަދައިފި

އެމްޓީސީސީން ބަހާއި ފެރީގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ސްޓޫޑެންޓު ކާޑު ބޭނުންކޮށްގެން ހިލޭ ދަތުރުކުރެވޭނެ
1 ސެޕްޓެމްބަރު 2023

މުޅި ރާއްޖޭގައި ދެމުން އަންނަ ބަހާއި ފެރީގެ ހިދުމަތް، ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް މިއަދުން ފެށިގެން ހިލޭ ފޯރުކޮށްދޭން، އެ ހިދުމަތް ދޭ އެމްޓީސީސީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްޓީސީން ފޯރުކޮށްދެމުން އަންނަ ބަހާއި ފެރީގެ ހިދުމަތުން މީގެ ކުރިން ހިލޭ ދަތުރުކުރެވެނީ:

  • އެކްޓިވިޓީ ޔުނީފޯމުގައި ނުވަތަ ސްކޫލް ޔުނީފޯމުގައި ދަތުރުކުރާ ސްކޫލު ދަރިވަރުންނަށް

  • 3 އަހަރުން ދަށުގެ ކުޑަކުދިންނަށް

  • 65 އަހަރުން މަތީގެ މީހުންނަށް؛ އައިޑީ ކާޑު ބޭނުންކޮށްގެން

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް؛ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ)ގެ ކާޑު ބޭނުންކޮށްގެން

ނަމަވެސް، އެމްޓީސީސީން ރޭ ނެރުނު އިއުލާނެއްގައިވާ ގޮތުން، މަތީ ތައުލީމް ހާސިލުކުރާ ދަރިވަރުންނަށް ވެސް މިހާރު ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަަމަޖައްސާފަ އެވެ.

ތަފްސީލް - އެމްޓީސީސީގެ އިއުލާންގައި ބުނީ، ޔުނިވާސިޓީ އަދި ކޮލެޖު ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ކާޑު ބޭނުންކޮށްގެން، އެ ކުންފުނިން މުޅި ރާއްޖޭގައި ފޯރުކޮށްދޭ ބަހާއި ފެރީ ހިދުމަތްތަކުގައި މިއަދު ފެށިގެން ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

އެނގުން މުހިންމު - ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ފެރީގެ ހިދުމަތް މިހާރު ދެމުން އަންނަނީ:

  • ހއ. އަތޮޅު

  • ހދ. އަތޮޅު

  • ށ. އަތޮޅު

  • ޅ. އަތޮޅު

  • ގއ. އަތޮޅު

  • ގދ. އަތޮޅު

  • އައްޑޫ އަދި ފުވައްމުލައް

މީގެ އިތުރުން، މާލެ ސަރަހައްދާއި އައްޑޫގައި އެމްޓީސީސީން އާރުޓީއެލް ބަހުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެވެ.

އެމްޓީސީސީން އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް އާރުޓީއެލް ފެރީ ނިޒާމުން ގުޅާލުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް