ޕީޕީއެމް-ޕީއެންސީގެ 'ދިވެހިންގެ ރާއްޖެ' މެނިފެސްޓޯ ލޯންޒު ކުރުމުގެ ރަސްމިއްޔާތު (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

މުއިއްޒުގެ މެނިފެސްޓޯ: ޑޮލަރު ހިފެހެއްޓުމުގެ ފިޔަވަޅުތަކާއި ކާޑް ލިމިޓް ބޮޑުކުރުން

މި މެނިފެސްޓޯގައި އިގްތިސާދީ އަދި މާލީ 21 ބަދަލެއް ގެނައުމުގެ ތަސައްވުރު ހިމެނޭ

ޕްރޮގްރެސިވް ކޯލިޝަނުން އިފްތިތާހް ކުރި "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގެ، އެންމެ މުހިންމު އެއްބަޔަށް ވާނީ އިގްތިސާދީ ކުރިއެރުން ރާއްޖެއަށް ހޯދައިދިނުމަށްޓަކައި، ތަސައްވުރު ކުރާ ޗެޕްޓަރު 14 އެވެ. އިގްތިސާދީ އަދި މާލީ 21 ބަދަލެއް ގެނައުމުގެ ތަސައްވުރު ހިމެނޭ މި މެނިފެސްޓޯގައި، އައު ކަންކަން ތައާރަފް ކުރުމަށް ވެސް ހިމަނާފައިވެ އެވެ.

އާ ކަންކަމުގެ އިތުރުން، މިހާރު ރާއްޖޭގައި ހުރި ތަފާތު އިގްތިސާދީ ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލެވޭނެ ގޮތްތައް ވެސް މި މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި:

  • ޑޮލަރުގެ ދަތިކަން ހައްލުކޮށް، ޑޮލަރުގެ އަގު ހަމަ ކުރުން

  • ދައުލަތުގެ މާލިއްޔަަށް ވަންނާނެ ކަންކަން ފާހަގަކޮށް ތަންފީޒު ކުރުން

  • ދައުލަތުގެ ކުންފުނިތަކަކީ ޒިންމާދާރުކޮށް ހިނގާ ތަންތަނުގެ ގޮތުގައި ހެދުން

  • ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާ ކުރުން

  • ރާއްޖެއިން ބޭރުގައި ހުރެގެން ޑެބިޓް އަދި ކްރެޑިޓް ކާޑުން ނެގޭ ފައިސާ އަދި ދުވާލަކަށް ކުރެވޭ މުއާމަލާތުގެ ލިމިޓް ބޮޑު ކުރުން

  • ބޭރު ފައިސާ ދުވާލަކު އަދި ކޮންމެ މަހަކު ނެގޭ މިންވަރު އިތުރުކުރުން

  • ކެޕިޓަލް މާކެޓް ފުޅާކުރުން

ޕީޕީއެމް-ޕީއެންސީގެ 'ދިވެހިންގެ ރާއްޖެ' މެނިފެސްޓޯ ލޯންޒު ކުރުމުގެ ރަސްމިއްޔާތު (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

މީގެ އިތުރުން، މުޅިން އަލަށް ރާއްޖޭގައި ކުރުމަށް ނިންމާފައިވާ ބައެއް ކަންތައް ވެސް އެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި:

  • އިންވެސްޓްމަންޓް ބޭންކެއް ގާއިމުކުރުން: މި ބޭންކް މެދުވެރިކޮށް  ކުޑަ އިންޓްރެސްޓް ރޭޓެއްގައި ތަރައްގީގެ މުހިންމު މަޝްރޫއުތަކަށާއި އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކުރުން.

  • މާލީ މުހިންމު ހުރިހާ ހިދުމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް ހަމަޖެއްސުން: އެފަދަ އިންތިޒާމެއް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމް ކުރުން

  • އެސެޓް މެނޭޖްމަންޓް ކުންފުންޏެއް ގާއިމް ކުރުން: މި ކުންފުންޏާއެކު އެކު ދައުލަތުގެ މިލްކިއްޔާތުތައް ޒިންމާދާރު ނިޒާމެއްގެ ތެރެއިން ބެލެހެއްޓުން

  • ކްރެޑިޓް ސްކޯރިން ނިޒާމެއް ގާއިމް ކުރުން

  • އެނުއަލް ގްލޯބަލް އިންވެސްޓްމެންޓް ޕްރޮމޯޝަން ޓްއާ ތައާރަފް ކުރުން: ވިޔަފާރި އާއި އިގްތިސާދު، އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓްތައް، ބޭންކިން އަދި ކޮމާސް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި ފުރުސަތުތައް ބޭރު ދުނިޔެއަށް އިޝްތިހާރުކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް