އަވިން އުފައްދާ ހަކަތަ ރައްކާކުރާ ނިޒާމު ބެހެއްޓުމާ ގުޅޭ އެެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ އެންވަރަމެންޓް މިނިސްޓްރީ)
އަވިން އުފައްދާ ކަަރަންޓު ރައްކާކުރާ ބެޓެރި 24 ރަށެއްގައި ބަަހައްޓަން ހަވާލުކޮށްފި
އަވިން އުފައްދާ ހަކަތަ ރައްކާކުރުުމަށް، ރާއްޖޭގެ 24 ރަށެއްގައި، 40 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަރުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޖަލްސާގައި:
-
މަސައްކަތް ހަވާލުކޮށްފައިިވަނީ ޗައިނާގެ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި އެ ގައުމުގެ ގުއަޑިއަން ނަންޖިންގް އޮޓޯމޭޝަން ކޯ ލިމިޓެޑް އަދި ސީނޯ ސޯލާ ހައިބްރިޑް (ބެއިޖިން) ޓެކްނޯލޮޖީ ކޯ ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކާ
-
އެއްބަސްވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާ
-
ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕްރޮޖެކްޓް މެނޭޖަރު ވަންގް ޕެއިޓާ
ތަފްސީލު - މި މަސައްކަތުގެ ދަށުން، މި ނިޒާމްތައް ގާއިމްކުރާ ރަށްތަކަކީ:
-
ހދ. ކުޅުދުއްފުށި
-
ށ. ފުނަދޫ
-
ޅ. ނައިފަރު އަދި ހިންނަވަރު
-
ބ. އޭދަފުށި
-
ގއ. ވިލިނގިލި
-
ގދ. ތިނަދޫ
-
ލ. އަތޮޅުން - ފޮނަދޫ، ގަން، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާބައިދޫ، މާމެންދޫ، ކުނަހަންދޫ، ހިތަދޫ އަދި މާވަށް
-
އައްޑޫ - ހިތަދޫ، ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ
-
ފުވައްމުލައް
މި މަޝްރޫއުގެ ދަށުން 40 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓާއިރު، އަވީގެ ހަކަތައިން އުފައްދާ ކަރަންޓުން އެ ވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާ ކުރެވޭނެ އެވެ.
ކަރަންޓު ވިއުގައަށް ފޯރުކޮށްދޭ އިއާދަކުރަނިވި ހަކަތަ، އެ ރަށެއްގެ ޑިމާންޑްގެ ނިސްބަތުން %30އަށް ވުރެ މައްޗަށްދާ ހާލަތްތަކުގައި، ގްރިޑް ސްޓެބިލިޓީ މައްސަލަތައް ހަމައަކަށް އަޅުވައި އާންމުކޮށް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ލުޔެއް ލިބޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
އެނގުން މުހިންމު - މިއީ ވޯލްޑް ބޭންކުގެ އެހީގައި ސަރުކާރުން ހިންގާ އިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއްގެ ބައެކެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން:
-
36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް ނިންމާފައިވޭ
-
ސޯލާ އާއި ބެޓެރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ވެސް ނިންމާފައިވޭ