ށ. ނަލަންދޫ. (ފޮޓޯ/މޯލްޑިވްސް ވާޗުއަލް ޓުއާ)
ނަލަންދޫ ރިސޯޓަކަށް ހެދުމުގެ ކަންކަން ހަމަޖެހިއްޖެ: ރައީސް
ށ. މިލަންދޫ - މިރަށާ ޖެހިގެން އޮންނަ މި އަތޮޅުގެ ސިނާއީ ރަށެއް ކަމަށްވާ ނަލަންދޫ ރިސޯޓަކަށް ހެދުމަށް ނިންމަން ޖެހޭ ކަންކަން ނިމިފައިވާ ކަމަށާއި، އެ ރަށުގައި ދާދި އަވަހަށް ރިސޯޓެއް ތަރައްގީކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނަލަންދޫ ރިސޯޓަކަށް ހެދުމުގެ ވައުދަކީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ރައީސް ވެވަޑައިގެންނެވި ވައުދެކެވެ. އެކަން ލަސްވަމުން ދަނީ އެ ރަށަކީ ބަޔަކަށް ދީފައި އޮތް ރަށަކަށް ވުމުން، ބަދަލު ދީފައި ނޫނީ އެ ރަށް އަތުނުލެވޭނެތީ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ތަފްސީލް - މިލަންދޫގައި ރޭ ބޭއްވި 'އުފާވެރި އަމާން ރާއްޖެ' ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މި ރަށުގެ ރައްޔިތުން އެ މަނިކުފާނާ ބައްދަލުވާ ކޮންމެ ފަހަރަކު ނަލަންދޫ ރިސޯޓަކަށް ހެދުމުގެ ވާހަކަ ދައްކާ ކަމަށެވެ.
ބަދަލު ދޭން ޖެހޭ ފަރާތްތަކާ މިހާރު މަޝްވަރާކޮށް، އެކަން ނިމުމަކާ ހިސާބަށް އައިސްފައިވާ ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.
"އެ ތަނަށް އިންވެސްޓުކޮށްފައިވާ ފަރާތްތަކަށް ބަދަލު ދިނުމުގެ ބައި މިހާރު ކުރިއަށް މި ގެންދަނީ. މި ރަށުގެ ރައްޔިތުން އެދޭ ގޮތަށް ނަލަންދޫ ރިސޯޓަކަށް ބަދަލުވުމުގެ މަސައްކަތް ދާދި އަވަހަކަށް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" ރޭގެ ޖަލްސާގައި ދެވަނަ ފަހަރަށް ސްޓޭޖަށް އަރާވަޑައިގެން ރައީސް ސޯލިހް ވިދާޅުވި އެވެ.
-
60 ހެކްޓަރުގެ ނަަލަންދު އަކީ އެކުއަކަލްޗަ މަސައްކަތެއް ބޭނުންކުރާ ރަށެއް
-
މި ރަށް 1999 ވަނަ އަހަރު އަހްމަދު އިބްރާހިމް، ރ. ކަނދޮޅުދުއާ ހަވާލުކޮށްފައި އޮތީ ހުއިފިލަނޑާ ދިރުވައި އާލާކުރުމުގެ މަސައްކަތަށް
-
އެ ރަށް އޭނާ ނަގާފައިވާ މުއްދަތު ހަމަވާން އޮތީ 2020އަށް
-
އެމްޑީޕީގެ ކުރީގެ ސަރުކާރުގައި އެ ރަށް ވަނީ އިތުރު 20 އަހަަރަށް އޭނާއަށް ދީފައި
ކޮމެންޓް (4)
ކޮުޔާ
ޙުސައިން
ޙުސައިން
ޓިނުބެ