ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް (ފޮޓޯ/މަޖިލީސް

ޔޫތު މިނިސްޓްރީ

ހަރަކާތްތެރި ޖަމިއްޔާތައް އުވާލަން އުޅެކަމުގެ ޝަކުވާ

ޔޫތު މިނިސްޓްރީން އުވާލުމަށް ނިންމި ޖަމިއްޔާތަކުގެ ލިސްޓުގައި، މިހާރު ވެސް ހަރަކާތްތެރިވަމުންދާ ޖަމިއްޔާތަކާއި ކުޅިވަރު ކްލަބުތައް ހިމެނޭތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟- މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައިނުވާ ޖަމްއިއްޔާތަކާއި ހިންގާ ކޮމިޓީ ރަޖިސްޓްރީ ކުރެވިފައިނުވާ ޖަމިއްޔާތައް އުވާލުމަށް ނިންމައި، ޔޫތު މިނިސްޓްރީން ވަނީ އެފަދަ 1989 ޖަމިއްޔާއެއްގެ ލިސްޓު އާއްމުކޮށްފަ އެވެ.

އެއީ އުވާލުމަށް ނިންމި ޖަމިއްޔާތަކެއް ނަމަވެސް، މިނިސްޓްރީން މީގެ ދެ ދުވަސް ކުރިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ލިސްޓްގައި ހިމެނޭ ޖަމިއްޔާއެއް އުވާލުން ހުއްޓުވުމަށް އެދި އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ރަޖިސްޓްރާ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރުގެ 24 އަށް އޮންނާނެ ކަމަށެވެ.

އެ ޖަމިއްޔާތަކުގެ ތެރޭގައި މިހާރު ވެސް ހަރަކާތްތެރިވާ ޖަމިއްޔާތައް ހިމެނޭތީ އާއްމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބުނީ ކީކޭ؟- އެކަމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖަމިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން އޭނާއަށް ފެނިވަޑައިގެންނެވީ ވެސް ނޫސްތަކުން ކަމަށެވެ. އޭގެ ތެރޭގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކްލަބްތަކުގެ އިތުރުން ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތައް ވެސް ހިމެނޭ ކަމަށެވެ.

"މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފައި." މަހުލޫފް ވިދާޅުވި އެވެ.

އެނގުން މުހިއްމު- އުވާލަން ނިންމި ލިސްޓުގައި ހިމެނޭ ހަރަކާތްތެރި ބައެއް ޖަމިއްޔާތަކަކީ:

  • ދަ މައުމޫން ފައުންޑޭޝަން

  • ދަ މޯލްޑިވިއަން ފްލައިބޯޑް އެސޯސިއޭޝަން

  • ދަ ބޮޑީބިލްޑިން ފެޑަރޭޝަން އޮފް މޯލްޑިވްސް

  • ޓީނޭޖް ޖޫނިއާޒް

  • ޓީނޭޖް ސްޕޯޓްސް ކްލަބް

  • ސްކޭޓިން އެސޯސިއޭޝަން

  • ހޯޕް ފޯ ވިމެން

  • ޖަމިއްޔާތުއް ސަލަފް

ކޮމެންޓް (1)

ބަލަގަ

27 ޖުލައި 2023
ބަލަގަ ކިތަންމެ ހަރަކާތްތެރިއަސް ގަވާއިދުން ކުރަންޖެހޭ ކަންކަން ނުކުރަންޏާ އުވާލަން ޖެހޭނެ! އުވާނުލަންޏާ މިނިސްޓަރު އިސްތިއުފާ ދޭން ޖެހޭނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް