ކާޑެއްދޫ އެއާޕޯޓް (ފޮޓޯ/އަލީ ރަފީގް)

ތިނަދޫ ފަޅު ހިއްކައިގެން ބައިނަލްއަގުވާމީ އެއާޕޯޓެއް ހަދަން ހުށަހަޅައިފި

ތިނަދުއާ އިންވެގެން އޮންނަ ކާޑެއްދޫ އެއާޕޯޓު ތަރައްގީ ނުވެ ގިނަ ދުވަސް ވާތީ، އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައި

ގދ. ތިނަދޫ ފަޅުން ބައެއް ހިއްކައިގެން ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރަސްމީކޮށް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ސައުދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ތިނަދުއާ އިންވެގެން އޮންނަ ކާޑެއްދޫ އެއާޕޯޓު ތަރައްގީ ނުވެ ގިނަ ދުވަސް ވާތީ، އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ. ސައުދު މިއަދު 'ދައުރު'އަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށް ވިޔަސް، އެ ވައުދު އަދި ފުއްދިފައި ނުވާ ކަމަށެވެ.

ތަފްސީލް - ތިނަދޫ ފަޅުން ބައެއް ހިއްކައިގެން ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކުރަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ސައުދު އެންމެ ފުރަތަމަ ވިދާޅުވީ އެނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ މަސައްކަތް ކުރުމަށް މިހާރު ރަސްމީކޮށް ސަރުކާރަށް ހުށަހަޅައިފައިވާކަން ސައުދު ވަނީ މިއަދު 'ދައުރު'އަށް ޔަގީންކޮށްދެއްވާފަ އެވެ.

"އަމިއްލަ ފަރާތަކާ 2013 ވަނަ އަހަރުން ފެށިގެން ކުރެވޭ އެއްބަސްވުމެއްގެ ދަށުން އެ ފަރާތްތަކުން މާާލީ މަންފާ ހޯދަން ހަމައެކަނި އެޅި ތަނެއްގެ ގޮތުގައި ނުވަތަ ކަންބަޅިއެއްގެ ގޮތުގައި އެ ތަން ބާއްވައިގެން އޮންނަ އޮތުން، އެބަ ޖެހޭ މިނިވަންވާން. އެހެންވީމާ ތިނަދޫ ކައުންސިލުން ހުށަހެޅި މި މަސައްކަތަކީ ދުރާލާ ރާވައިގެން ކުރާ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ:

  • ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގަން ވިލާ އެއާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ ތަން ތަރައްގީ ކުރުމަށް އެ ކުންފުނިން މަސައްކަތެއް ނުކުރޭ 

  • ތިނަދޫން ފުރައިގެން ލޯންޗެއްގައި 10 ވަރަކަށް މިނިޓުން ދެވެ ހިސާބުގައި ކާޑެއްދޫ އޮތް ނަމަވެސް، ތިނަދޫ ފަޅުގައި އެއާޕޯޓެއް ގާއިމް ނުކުރެވެން ޖެހޭ ސަބަބެއް ނެތް

  • ތިނަދޫ ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓެއް ހެދުމަކީ ބޭކާރު ހަރަދެއް ނޫން

އެނގުން މުހިންމު - ކާޑެއްދޫ އެއާޕޯޓު ތަރައްގީކޮށް، ހިންގުމަށް ވިލާ އެއާއަށް 50 އަހަރަށް އެންމެ ފުރަތަމަ ހަވާލުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ. އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ރަސްމީކޮށް ފެށީ ޖެނުއަރީ 2014ގަ އެވެ.

  • އެ ސަރުކާރުން 2017 ވަނަ އަހަރު އެ އެއާޕޯޓުގެ އެއްބަސްވުން ބާތިލުކުރ؛ި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ، އެ އެއްބަސްވުން ބާތިލުކޮށް އެ ތަން ވަނީ ސަރުކާރަށް ނަގާފައި

  • މޭ 2021ގައި ސުޕްރީމް ކޯޓުން ވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހުކުމްކޮށްފައި

  • ސުޕްރީމް ކޯޓުގެ ހުކުމާ އެކު، މި ސަރުކާރުން ވަނީ ވިލާ އެއާއާ އަލުން އެ އެއާޕޯޓް ހަވާލުކޮށްފައި 

ކޮމެންޓް (1)

ނުބުނާނަން

11 ޖުލައި 2023
ސައުދު ކޮސް ގޮވަނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް