ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން ފެށުމަށް ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ކެމްޕެއިން ޓީމް)

އަބްދުﷲ ޝާހިދު

ވާދަވެރިން އުޅެނީ ބޮލަށް ފިތުނަ ދޮލަނގެއް ލައިގެން: ޝާހިދު

ޝާހިދު ވިދާޅުވީ ވާދަވެރިން ފިތުނަ އުފައްދަން އުޅެނީ ރައީސް ސޯލިހް މުޅި ރާއްޖޭގައި ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތައް ފެނި، ދައްކާނެ ވާހަކައެއް ނެތިގެން ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން މިފަހަރު ނިކުތީ "ބޮލަށް ފިތުނަ ދޮލަނގެއް" ލައިގެން އުޅޭ ބަޔަކު ބަލިކުރަން ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވާދަވެރިންނަށް މިފަހަރު އޮތް ހަަމައެކަނި ގޮތަކީ ހަރުދަނާ ސިޔާސަތެއް ހިފައިގެން ރައްޔިތުންގެ ކުރިމައްޗަށް އައުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ޝާހިދު މިހެން ވިދާޅުވީ، ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން ފެށުމަށް ރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ތަފްސީލް - ޝާހިދު ވިދާޅުވީ، ވާދަވެރިން ފިތުނަ އުފައްދަން އުޅެނީ ރައީސް ސޯލިހްގެ ސަރުކާރުން މުޅި ރާއްޖޭގައި ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތައް ފެނި، ދައްކާނެ ވާހަކައެއް ނެތިގެން ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް މިއީ ވާދަވެރިން އުޅެނީ ބޮލަށް ދޮލަނގެއް ލައިގެން، ދޮލަނގަށް ފިތުނަ ލައިގެން، އެ ވިއްކޭތޯ. މިއަދަކު ރާއްޖޭގެ ރައްޔިތުންނެއް އެ ފިތުނައެއް ބަލައެއް ނުގަންނާނެ،" ރަނގަޅު ސިޔާސަތެއް ނެތް ނަމަ، ރިޔާސީ ރޭސް ފަށާއިރު ވެސް ވާދަވެރިން އޮންނާނީ ބޮޑުތަނުން ބަލިވެފައިވާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ވާދަކޮށްލައްވަން ބޭނުންފުޅުވާ ނަމަ، ހަރުދަނާ ސިޔާސަތެއް ހިފައިގެން ނިކުމެވަޑައިގެން ބައްލަވާ."

ޝާހިދު އިތުރަށް ވިދާޅުވީ:

  • އަތައި އަތް ގުޅާލައިގެން ނިކުމެ ތިބީ ފިތުނަ އުފައްދާ ވާދަވެރިން ބަލިކުރަން

  • އެ މީހުންގެ ބޭނުމަކީ ބިރުވެރިކަން އުފައްދައި ނާމާންކަން ގެނައުން

  • އެ މީހުންގެ ބޭނުމަކީ ޒުވާން ޖީލު މަސްތުގެ ތެރެއަށް ވައްދައި ޒުވާން ޖީލު ފުނޑުފުނޑުކޮށްލުން

  • ށ. އަތޮޅުން ރައީސް ވަޑައިގެންނެވި އެއްވެސް ރަށަކުން ވާދަވެރިންނަށް ލިބޭނެ ވޯޓެއް ނޯންނާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް