އެމްއޭސީއެލް އިން ޒީރޯ ވޭސްޓް އަދި ޔޫއެންއެފްޕީއޭއަށް އެހީ ދިނުން. (ފޮޓޯ/އެމްއޭސީއެލް)
މައްސަރު ކަންތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރަން އެމްއޭސީއެލްގެ އެހީ
މައްސަރު ކަންތަކާ މެދު ހޭލުންތެރި ކުރުމަށް ޒީރޯ ވޭސްޓް މޯލްޑިވްސް އަދި ޔޫއެންއެފްޕީއޭ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމުގައި އެމްއޭސީއެލް އިން ބައިވެރިވެއްޖެ އެވެ.
ތަފްސީލް - މިއީ ރާއްޖޭގެ އަންހެނުންނާއި އަންހެން ކުދިންނަށް މައްސަރު ކަންތަކާ ގުޅޭ މައުލޫމާތު ދީ، ޕީރިއަޑް ދުވަސްވަރު ބޭނުންކުރާ ސެނިޓަރީ އާލާތްތަކަކީ ތިމާވެއްޓާ ރައްޓެހި ސަސްޓެެއިނެބަލް ކަންތަކަށް ހެދުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުންް ހޭލުންތެރިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
-
މިއީ މި އަހަރުގެ ނިޔަލަށް، އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް
-
އެމްއޭސީއެލްގެ ފަރާތުން މި ޕްރޮގްރާމަށް މާލީ އެހީދީފައިވޭ
ބުނީ ކީކޭ؟ - އެމްއޭސީއެލްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، ރާއްޖޭގައި ހިންގާ ޖަމިއްޔާތަކާ ގުޅިގެން ގައުމީ ތަރައްގީއަށް އެމްއޭސީއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މި ޕްރޮގްރާމަކީ އަންހެނުންނާއި އަންހެނުންގެ ސިއްހަތު ކުރިއެރުވުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް އެމްއޭސީއެލް އިން އިން ދޭ އިސްކަމުގެ ތެރެއިން ބައިވެރިވި ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.