ހުޅުމާލޭ ދެވަނަ ފިޔަވަހި. (ދައުރު ފޮޓޯ)

މަރުތައް

މަރުވެފައިވާ މީހެއްގެ ހަށިގަނޑު ހިޔާ ފްލެޓުތަކާ ދިމާލުން ކަނޑުމަތިން ފެނިއްޖެ

ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާއިރު، ބޮޑަށް ބެލެވެނީ އެއީ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް

ހުޅުމާލެ ދެވަނަ ފިޔަވައްސާ ދިމާލުން ކަނޑުމަތިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު ޓުވިޓާގައި ބުނީ އެ މީހާގެ ހަށިގަނޑު ފެނުނީ އިއްޔެ ހަވީރު 5:56 ހާއިރު، ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން އެޗު-16 ޓަވަރާ ދިމާލުން ކަނޑުމަތިން ކަމަށެވެ.

ތަފްސީލް - ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާއިރު، ބޮޑަށް ބެލެވެނީ އެއީ ބިދޭސީއެއްގެ ހަށިގަނޑު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ހަށިގަނޑު ފެނުނުއިރު އޮތީ:

  • ގިރުވާނުލީ އަތްކުރު ކަޅު ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން

  •  ކަޅުކުލައިގެ ބޫޓަކަށް އަރައިގެން 

އެ މީހާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރު 9911099އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން މިއަދު ވަނީ އެދިފަ އެވެ.

ކޮމެންޓް (1)

ހިޔާ ބޯއި

8 ޖޫން 2023
ކަމާ ނުބެހޭ ކަމެއްވިޔަސް، ހުރިހާ ނުބައި ނުލަފާ ކަމަކާ ހިޔާ ފުލެޓާ ތި ގުޅުވަނީޔޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް