މުހައްމަދު މޫސާ ތުނބަފުށީގައި މިއަދު ރައީސް ސޯލިހަށް 'އިބޫ 23' ޖެހި ޖޯޒީއެއް އަރުވަނީ.

ރައީސް ސޯލިހަށް ޗަމްޕާ ގިރިން މުހައްމަދު މޫސާގެ ރޯދަވީއްލުމެއް

މި ބައްދަލުވުމުގައި މުހައްމަދު މޫސާ ވަނީ 'އިބޫ 23' ޖެހި ޖޯޒީއެއް ރައީސް ސޯލިހަށް އަރުވާފައި

ރިޔާސީ އިިންތިހާބު ބޯމަތިވެފައި އޮއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގެ އެންމެ ނުފޫޒުގަދަ އެއް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމަށް މުހައްމަދު މޫސާ އަށް ދޫކޮށްފައި އޮންނަ ކ. ތުނބަފުށި ނުވަތަ ޗަމްޕާ ގިރީގަ އެވެ. މުހައްމަދު މޫސާގެ ދެކަނބަލުން ވަނީ، ރައީސް ސޯލިހު އަށާއި ފަސްޓް ލޭޑީ ފަޒުނާ އަހުމަދަށް ރޯދަވީއްލުމެއް ދެއްވައިފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - 'އިބޫ 23' ޖެހި ޖޯޒީއެއް މި ބައްދަލުވުމުގައި ރައީސް ސޯލިހަށް މުހައްމަދު މޫސާ އެރުވި އެވެ. އެކަމަކު މިކަމާ ގުޅޭ ތަފްސީލެއް ރައީސް ސޯލިހުގެ ފަރާތުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް ސޯލިހާއި މުހައްމަދު މުސާ މިއަދު ތުނބަފުށީގައި ބައްދަލުކުރައްވަނީ

އެނގުން މުހިއްމު - މި ބައްދަލުވުމުގެ ކުރިން، ރައީސް ސޯލިހުގެ މަންދޫބުންތަކެއް ދާދި ފަހުން މުހައްމަދު މޫސާއާ ބައްދަލުކުރެއްވި އެވެ.

ރައީސްގެ އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދިދީ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެހެން ބައެއް އަރިސް ބޭފުޅުން ވެސް މިއަދު ޗަމްޕާ ގިރިއަށް ވަޑައިގެންނެވި އެވެ.

ކޮމެންޓް (2)

ފަތްތޫރަ

1 އޭޕްރީލު 2023
ނާސިރުގެ ދައުރުގައި ސަރުކާރާއި ތޮޅުމުގެ ސަބަބުން އެކީގައި ޖަލަށް ލާފައި ތިބި މީހުންގެ ތެރޭ އުއްޗުއާއި ބޮޑު ސިއްކަ ހިމެނޭ. ވީމާ ތިގުޅުން އުފެދުނީ މިއަދަކު އިއްޔެއަކު ނޫންކަން ރާއްޖޭގެ ސިޔާސީ ތާރީހު ދިރާސާކުރާ މީހުންނަށް އެގޭނެ. ތިގުޅުން އުފެދުނީ ޖާޒީއެއް ދިން ހިސާބުން ނޫންކަން ވެސް އެގޭނެ. ވޯޓު ދޭން ތިބީ ރައްޔިތުން. އެންމެ މުއްސަންޖެއްގެ ނުފޫޒުގައި ރައްޔިތުންގެ ވިސްނުން ބަދަލުކުރެވިދާނެ ކަމަށް ދުށުމަކީ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް
0 0

ފަތްތޫރަ

1 އޭޕްރީލު 2023
ހިންނަވަރު ނޫރާނީއާގޭ ބޭކަލުން ލިޔުއްވައިގެން ގެންގުޅުއްވި ފަޅުރަށްތައް މިހާރު ގެންގުޅެނީ ކޮންބައެއްކަން ރާއްޖޭގެ ޓޫރިޒަމްގެ ތާރީހު ދިރާސާކުރާ ބަޔަކަށް އޮޅިފައެއް ނޯންނާނެ. ވީމާ ތިގުޅުމެއް އުފެދުނީ އިއްޔެ ނުވަތަ އިހަށް ދުވަހު ނޫންކަމާއި ތިގުޅުން އުފެދުނީ ޖާޒީއެއް ދީގެން ނޫންކަން ވެސް އެގޭނެ. ވޯޓު ދޭން ތިބީ ރައްޔިތުން. މުއްސަދި މީހެއްގެ ތާއީދު ލިބުމަކީ އިންތިހާބު ކާމިޔާބު ކުރެވުން ކަމުގައި ދެކޭނަމަ އެއީ ރައްޔިތުންނަށް ކުރާ މަލާމާތެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް