ފޮނަދޫގައި މަރާލާފައި އޮއްވާ ފެނުނު ބިދޭސީ މީހާ ފެނުނު ސަރަހައްދުން އޭނާގެ ހަށިގަނޑު ގެންދަނީ --

މީހަކު މަރާލި މައްސަލައިން ސަލާމަތްވި 8 ބިދޭސީންގެ މައްސަލަ އިސްތިއުނާފުކޮށްފި

ލ. ފޮނަދޫގައި މަރާލާފައި އޮއްވާ ފެނުނު ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަސަން އުއްލާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުުރި އަށް ބިދޭސީންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެެވެ.

ވީ ކިހިނެއް؟ މުހައްމަދު އަސަން އުއްލާ މަރާލާފައި އޮއްވާ ފެނިފައިވަނީ، 30 މާޗު 2017 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައި، ފޮަނަދޫ ބަރާސީލް އަވަށުގެ ހުޅަނގު ފަރާތު އަތިރިމަތީން ނެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސް ފަހުން ނެވެ.

މި މައްސަލާގައި 8 ބިދޭސީއަކު ހައްޔަރުކޮށް، 31 ޖުލައި 2017 ގައި އެ އެންމެންގެ މައްޗަށް ދައުވާ އުފުލާފައި ވެއެވެ. މީގެ ތެރެއިން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެކެއްގެ މައްޗަށް ކުރާއިރު، ދެން ތިބި އެންމެންގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ:

  • އަބޫ ކަލަމް / ބަންގްލަދޭޝް

ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވަނީ:

  • 1-

    ރޮބެލް މިއާ /ބަންގްލަދޭޝް 

  • 2-

    މުހައްމަދު ސޮމުން މިއާ / ބަންގްލަދޭޝް

  • 3-

     ޕަރުވެޒް/ ބަންގްލަދޭޝް

  • 4-

    ދީން އިސްލާމް /ބަންގްލަދޭޝް

  • 5-

    އަލް އަމީން/ ބަންގްލަދޭޝް

  • 6-

    މުހައްމަަދު ރަސެލް /ބަންގްލަދޭޝް

  • 7-

    ސަމިމް / ބަންގްލަދޭޝް

އަސަން އުއްލާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ 8 ރައްޔިތުން ޝަރީއަތުގައި ---

އެކަމަކު އެމީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުންދާތާ ފަސް އަހަރު ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ އެންމެންގެ މައްޗަށްވެސް ކުށް ސާބިިތުނުވާ ކަމަށް ނިންމާފަ އެވެ. އެގޮތުން: 

  • 8 ބިދޭސީންވެސް ވަނީ ދައުވާތަަކަށް އިންކާރުކޮށްފައި

  • 8 ބިދޭސީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމީ 24 ޖެނުއަރީ 2023 ގައި

  • ކްރިމިނަލް ކޯޓުގެ ހުކުުމުގައި ބުނެފައި ވަނީ، ކުށް ސާބިތުވާ މިންވަރަށް ޝަރީއަތަށް ހެކި ގަރީނާ ލިބިފައިނުވާ ކަމަށް

ޕްރޮސިކިއުޓާ ޖެނަރަލް(ޕީޖީ) އޮފީހުގެ ފަރާތުން މިހާރު މިމައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައިކޯޓުން މިމައްސަލައިގެ އިސްތިސްއުނާފު ވަނީ އިއްޔެ ގަބޫލުކޮށްފަ އެވެ.

ތަފްސީލް - މި މައްސަލާގައި ދައުލަތުން ކޯޓުގައި ބުނެފައިވާ ގޮތުން، މުހައްމަދު އައްސާން އުއްލާ މަރާލި ކަމަށް ބެލެވެނީ 26 މާޗު 2017 ވަނަ ދުވަހު އެވެ. އެގޮތުން ބުނީ:

  • 26 މާޗު 2017 - އެރޭ ފޮނަދޫ ފިނިމަގުގެ މެދެއްހާ ހިސާބުގައި މުހައްމަދު އަސަން އުއްލާ ބަސްކަލެއް މަތީ މަޑުކޮށްލައިގެން ހުރި

  • ބައިސްކަލުމަތީ މަޑުކޮށްލައިގެން އިންދާ، އަބޫ ކަލަމް، މުހައްމަދު އަަސަންގެ ފައިގައި ޖަހާ ވައްޓާލި

  • ދައުވާ ލިބޭ 8 މީހުން ވެގެން ފޮނަދޫ، ފިނިމަގު އަތިރިމައްޗަށް މުހައްމަދު އަސަން ގެންދިޔަ

  • މުހައްމަދު އަސަން އުއްޑުން ބޭއްވުމަށްފަހު، ކަރަށް ވަޅިން ހަމަލާދިނީ އަބޫ ކަލަމް

  • އެވަގުތު އަނެއް 7 މީހުން ތިބީ މުހައްމަދު އަަސަންގެ ގައިގާ ހިފަހައްޓައިގެން

  • ކަރަށް ވަޅި ހަރައި ލޭ ހުސްވަންދެން އެތަނުގައި ބޭއްވުމަށްފަހު، ދަމާފައި ގެންގޮސް މޫދަށް އެއްލާލި

  • މި މަންޒަރު އެރަށުގެ މީހަކަށް ފެނިފައިވޭ، އަދި ހެކިބަހުގައި ސާފުކޮށް ކިޔާދީ މީހުން އައިޑެންޓިފައި ކޮށްދީފައިވެސް ވޭ

އައްސަން މަރާލާފައި އޮއްވާ ފެނުން

އޭނާ މަރާލާފައި އޮއްވާ ފެނިފައިވަނީ މި ހާދިސާ ހިނގިތާ ތިިން ދުވަސް ފަހުން 30 މާޗު 2017 ވަނަ ދުވަހު އެވެ. އޭރު ދިޔައީ އޭނާ ގެއްލިގެން ހޯދަމުން ނެވެ. 

  • 30 މާޗު 2017 - ހެނދުނުގެ ވަގުތެއްގައި ފޮނަދޫ ދެކުނު ފަރާތު ވަލުތެރޭގައި ހުރި ގަހެއްގައި މުހައްމަދު އަސަންގެ ފިޔާތޮށިކުލައިގެ ބައިސްކަލު ވާގަނޑަކުން އައްސާފައި ހުއްޓާ ފެނުނު

  • އެ ސަރަހައްދުން މުހައްމަދު އަސަންގެ ފައިވާން ކިބަ ފެނިފައިވޭ

  • ފިނިމަގުގެ އުތުރު ކޮޅުގައި ކަނދުބުރިއެއް ކައިރީ ގިނަ އަދަދެއްގެ ހިކިފަހުރި ލޭ ގެ މައްޗަށް ފަސް އަޅާފައި ހުރި

  • އެތަނުން މީހެއް ދަމާފައި މޫދާ ދިމާލަށް ގެންގޮސްފައި ހުރިކަން ފާހަގަވޭ

  • ފިނިމަގާ ގާތްގަނޑަކަށް 450 ފޫޓު ދުރުގައި ގޮނޑުދޮށުގައި ރާޅުޖަހާ ހިސާބުގައި ހުންނަ ކުރެދިގަސްތަކުގެ ތެރެއިިން މުހަައްމަދު އަސަންގެ ހަށިގަނޑު ފެނިފައިވޭ

އެނގުން މުހިންމު - ތޫނު އެއްޗަކުން ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ހައްގަކާއި ނުލައި މީހަކު މަރައިފި ނަމަ ގަސްތުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާނެ އެވެ. އެކަމުގައި އެކަަކަށްވުރެ ގިނަ މީހުން އަމަލީގޮތުން ބައިވެރިވެއްޖެނަމަ އެ ހުރިހާ އެންމެން ވެސް ހައްގަކާ ނުލާ ގަސްތުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް