އުރީދޫ، ވިމެން އިން ޓެކް އަދި ފުލުހުން ގުޅިގެން ހއ. އުލިގަމުގެ ދަރިވަރުންނަށް މިދިޔަ އަހަރު ބޭއްވި ސައިބާ ރައްކާ ސެޝަނެއް. (ފޮޓޯ/އުރީދޫ)

އުރީދޫ

އިންޓަނެޓް ބޭނުންކުރާނެ ރައްކާތެރި ގޮތް ކިޔައިދޭން އުރީދޫއިން 'ސައިބާ ރައްކާ'

ވަރުގަދަ ޕާސްވޯޑުތައް ޖެހުމާއި މާލީ އެކައުންޓްތައް ބެލެހެއްޓުމާއި ސްކޭމްތަކުން ރައްކާތެރިވާނެ ގޮތް މި ސެޝަންގައި ހިއްސާކުރާނެ
9 ފެބްރުއަރީ 2023

އިންޓަނެޓު ބޭނުންކުރާނެ ރައްކާތެރި ގޮތްތައް ކިޔައިދިނުމާއި ސްކޭމްތަކުން ރައްކާތެރިވާނެ ގޮތް ކިޔައިދޭ އުރީދޫގެ 'ސައިބާ ރައްކާ'ގެ މި އަހަރުގެ ފުރަތަމަ ސެޝަން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.

ތަފްސީލު - 'ސައިބާ ރައްކާ' އަކީ 2021 އިން ފެށިގެން އުރީދޫ އާއި 'ވިމެން އިން ޓެކް'އާ ގުޅިގެން ބާއްވަމުން އަންނަ ސެޝަންތަކެކެވެ.

'ސައިބާ ރައްކާ'ގެ މި އަހަރުގެ ފުރަތަމަ ސެޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ  8:30އިން 10އަށް، އުރީދޫ ހެޑް އޮފީސް ހުންނަ ހ. ސަންލީޓު އިމާރާތުގެ ފުރަތަމަ ފަންގިފިލާގަ އެވެ.

އެ ސެޝަންގައި 'ވިމެން އިން ޓެކް' އިން މައުލޫމާތު ދޭނެ މައުލޫތަކަކީ:

  • ރައްކާތެރިކަމާ އެކު އިންޓަނެޓް ބޭނުންކުރަން ކުރެވިދާނެ ކުދިކުދި ކަންތައްތައް

  • ޝަހުސު އޮޅުވާލުން ފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތް

  • މާލީ އެކައުންޓްތައް ބެލެހެއްޓުމުގެ މުހިންމުކަން

  • ވަރުގަދަ ޕާސްވޯޑުތައް ޖަހާނެ ގޮތް

  • އޮންލައިން ޕްރައިވެސީ އާއި ސެކިއުރިޓީ އަކީ ކޮބައިކަން

  • ފިޝިން ސްކޭމްތައް ދެނެގަންނާނެ ގޮތާއި ސްކޭމްތަކުން ރައްކާތެރިވާނެ ގޮތް

care@ooredoo.mv
9613929

އިތުރު އާޓިކަލް

އިތުރު އާޓިކަލް