ހިޔާގެ ކެމެރާތަކުގެ ފީޑު ފުލުހުންނާ ހިއްސާކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން. (ފޮޓޯ/އެޗްޑީސީ)

ހިޔާ ފްލެޓްތައް

ހިޔާ ޓަވަރުތަކުގެ ސީސީޓީވީ ކެމެރާ ފީޑު ފުލުހުންނާ ހިއްސާކުރަން އެއްބަސްވެއްޖެ

ރިއަލްޓައިމް ފީޑް ފުލުހުންނަށް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައި
5 ފެބްރުއަރީ 2023

ހުޅުމާލޭގެ ދެ ވަނަ ފޭސްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ ފީޑު ފުލުހުންނާ ހިއްސާކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެއްބަސްވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރީ:

  • އެޗްޑީސީގެ ފަަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް

  • ފުލުހުންގެ ފަރާތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު

ހިޔާގެ ކެމެރާތަކުގެ ފީޑު ފުލުހުންނާ ހިއްސާކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރަނީ. (ފޮޓޯ/އެޗްޑީސީ)

ތަފްސީލް - މި އެއްބަސްވުމާ ގުޅޭ ގޮތުން އެޗްޑީސީން ބުނީ:

  • ހިޔާގެ 16 ޓަވަރުގެ ފްލެޓުތަކުގެ އެތެރެ އާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ފުލުހުންނާ ހިއްސާކުރުމަށް ފީޑް ކަނެކްޝަން ނެގުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އެެއްބަސްވެފައިވޭ

  • ރިއަލްޓައިމް ފީޑް ފުލުހުންނަށް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައި

  • މި ކަމުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ

ހިޔާ ފްލެޓުތައް. (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

އެނގުން މުހިއްމު - 2021ގެ ފަހުކޮޅު ހިޔާ ފްލެޓުތަކުގައި މީހުން އާބާދުވާން ފެށިއިރު އެ ތަނުގައި އާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅު އަޅާފައި ނުވާތީ ގިނަ ބަޔަކު އެކަމުގެ ޝަކުވާކުރި އެވެ. ވައްކަމާއި ފޭރުން ފަދަ ކުށްތައް އެ ސަރަހައްދުގައި އިތުރުވެ އާއްމުންނަށް ރައްކާތެރިކަން އިހުސާސްނުކުރެވޭ ކަމަށް އެ ތަނުގައި ދިރިއުޅޭ މީހުން ބުނަމުން ދިޔަ އެވެ. 

އެޗްޑީސީން ހިޔާ ޓަވަރުތަކުގައި ކެމެރާ ހަރުކުރަން ފެށީ މިދިޔަ އަހަރުގެ ފަހު ކޮޅު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް