ދިރާގު

ދިރާގުން ލާމުގައި އަންހެންކުދިންނަށް ކޯޑުކުރަން ދަސްކޮށްދެނީ

މިއީ 14 އަހަރާއި 20 އަހަރުގެ އަންހެން ކުދިންނަށް ހާއްސަ ޕްރޮގްރާމެއް
23 ޖެނުއަރީ 2023

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް ކޯޑިން ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް 'ގާލްސް ޓް ކޯޑް'ގެ ލާމު އެޑިޝަން ފަށައިފި އެވެ.

ތަފްސީލް - މި ޕްރޮގްރާމުގެ ދަށުން ލާމު އަތޮޅުގެ އަންހެން ކުދިންނަށް ލޯޑިން ލެންގްއޭޖްތައް ކަމަށްވާ އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ބޭސިކް ކޯޑިން ހުނަރު ދަސްކޮށްދޭނެ އެވެ. ކްލާސްތައް ނިމޭއިރު  ބައިވެރިންނަށް ދަސްވި ހުނަރު ބޭނުންކޮށްގެން އަމިއްލަ ވެބްސައިޓެއް ފަރުމާކުރަން އެނގޭނޭ ކަމަށް ދިރާގުން ބުންޏެވެ.

ގާލްސް ޓް ކޯޑް ލާމު ޕްރޮގްރާމް

  • ޕްރޮގްރާމު ކުރިއަށް ގެންދަނީ އޮންލައިންކޮށް 

  • ޕްރޮގްރާމުގެ މުއްދަތަކީ 2 މަސް

  • މިއީ 14 އަހަރާއި 20 އަހަރުގެ އަންހެން ކުދިންނަށް ހާއްސަ ޕްރޮގްރާމެއް 

ބުނީ ކީކޭ؟ - މި ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖަރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ، ވަޒީފާގެ ދާއިރާއިން ކޮންމެ މަގެއް އިހުތިޔާރު ކުރި ނަމަވެސް ކޯޑިން އަކީ މުހިންމު ހުނަރަކަށްވާނެ ކަމަށެވެ. އޭގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ އާ ފުރުސަތުތައް ވެސް ހުޅުވޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސް މަރިޔަމް އަސްނާ ސައީދު ވިދާޅުވީ އެޕްރޮގްރާމްގެ ސަބަބުން ކުދިންނަށް ވަރަށް މުހިންމު ހުނަރުތަކެއް ދަސްވާނޭ ކަމަށެވެ. ވެބްސައިޓެއް ހަދަން ދަސްކޮށްދޭއިރު، އެދަސްކޮށްދޭ ކޯޑިން ލެންގުއޭޖްތަކުގެ އިތުރުން ކުދިންގެ ވިސްނުން ބަހައްޓާނެ ގޮތާއި ޕްރޮބްލަމް-ސޮލްވިން ސްކިލްސް ވެސް ދަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާލްސްޓް ކޯޑް ޕްރޮގްރާމް

  • މިއީ ގާލްސް ޓު ކޯޑު ސީރީޒްގެ 4 ވަނަ ޕްރޮގްރާމް

  • މީގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 2019 ވަނަ އަހަރު ފުވައްމުލަކުގައި

  • ދެވަނަ ޕްރޮގްރާމް  2021 ވަނަ އަހަރު ގދ. ތިނަދޫގައި 3 ވަނަ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ހަމަ އެ އަހަރު ކުޅުދުއްފުށީގައި

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް