ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިން ހިންގި ހަރަކާތެއްގެ ތެރެއިން. (ފޮޓޯ/ދިރާގު)

ދިރާގު

ކޯޑު ކުރަން ދަސްކޮށްދޭ 'އަވަ އޮފް ކޯޑް'ގައި ބައިވެރިވާން ހުޅުވާލައިފި

މި ހަރަކާތް އޮންނާނީ މި މަހުގެ 24ގައި
15 ޑިސެމްބަރު 2022

ކޮމްޕިއުޓަ ޕްރޮގްރާމިންއަށް ކުދިން ތައާރަފްކުރުމަށް ދުނިޔޭގައި ހިންގާ 'އަވަ އޮފް ކޯޑް' ހަރަކާތުގެ ދަށުން ރާއްޖޭގައި ބާއްވާ ހަރަކާތުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ކޯޑް.އޯރގްއިން ތައާރަފްކޮށްފައިވާ މި ޕްރޮގްރާމަކީ 180އަށް ވުރެ ގިނަ ގައުމެއްގައި އެތައް މިލިއަން ދަރިވަރުންނާ އެކު ބާއްވާ ހަރަކާތެކެވެ. އެގޮތުން، 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކޯޑް.އޯގްގެ ހަރަކާތްތައް ކުރިއަށް ގެންދާ ޕާޓްނަރަކީ ވިމެން އިން ޓެކް މޯލްޑިވްސް އެވެ.

'އަވަ އޮފް ކޯޑް' ހަރަކާތް ކުރިއަށް ގެންދަން ވިމެން އިން ޓެކް މޯލްޑިވްސް ޖަމިއްޔާ އިން ވަނީ ދިރާގާ ގުޅިފަ އެވެ.

ތަފްސީލް - ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން މިއަދު ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން:

  • މި ހަރަކާތް އޮންނާނީ މި މަހުގެ 24ގައި

  • މި ޕްރޮގްރާމަށް ޝައުގުވެރިވާ ކުދިންނަށް މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެ 

  • އަމިއްލަ ގޮތުން، ސްކޫލްތައް ނުވަތަ އިންސްޓިޓިއުޓްތައް މެދުވެރިކޮށް ވެސް މި ޕްރޮގްރާމްގައި ދަރިވަރުންނަށް ބައިވެރިވެވޭނެ 

  • ޕްރޮގްރާމްގައި މެންޓާސްގެ ގޮތުގައި ވިމެން އިން ޓެކް މޯލްޑިވްސް، ދިރާގު އަދި ސްކޫލްތަކުގެ ޓީޗަރުން ހަރަކާތްތެރިވާނެ

މި މަހުގެ 24ގައި ބާއްވާ އޮންލައިން ހަރަކާތުގެ ކުރިން، ބައެއް ސްކޫލުތަކުގައި ފިޒިކަލް ސެޝަންތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ސްކޫލުތަކަކީ:

  • ކަލާފާނު ސްކޫލް 

  • އިމާދުއްދީން ސްކޫލް 

  • ހިރިޔާ ސްކޫލް 

  • ބ. ގޮއިދޫ ސްކޫލް

  • ރ. ހުޅުދުއްފާރު ސްކޫލް 

  • ފުވައްމުލަކު ސްކޫލް

ބުނީ ކީކޭ؟ - ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ބުނި ގޮތުގައި، މި ޕްރޮގްރާމްގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 2،000 ދަރިވަރުންނާ ހަމައަށް މި ހަރަކާތް ގެންދިއުމެވެ. އެގޮތުން އެކި އުމުރުފުރާތަކަށް ބަހާލައިގެން ބައިވެރިން ގުރޫޕްކޮށް، ސައިންސާއި ކޯޑިންގެ ދާއިރާއަށް އަހުލުވެރިކޮށް، ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވައި ކޮމްޕިއުޓަ ސައިންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

"ޅަ އުމުރުގައި ކޮމްޕިއުޓަ ސައިންސް ދަސްކުރަން ފެށުމަކީ 21 ވަނަ ގަރުނުގައި ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދިއުމަށް ބިންގާ އެޅިގެން ގޮސް، އެ ކުދިންގެ އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ގާބިލުކަމާއި ހުނަރު ވެސް އިތުރުވެގެންދާނެ ކަމެއް،" ބަޔާނުގައިވެ އެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް