ދިރާގު 'މަމެން' ސިމް ކާޑެއް: ސިމް ވިއްކާ އުސޫލު ވަނީ ހަރުކަށިކޮށްފައި. (ފޮޓޯ/އަރިމެކް)

މަކަރާއި ހީލަތް

ސްކޭމް ހުއްޓުވަން ފިޔަވަޅެއް: ވަގުތުން ސިމް އެކްޓިވޭޓްވެފައި ހުރުން ނިމުމަކަށް

ސިމް ކާޑު އެކްޓިވޭޓް ވާނީ، ސިމް ކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސާވިސް ޕްރޮވައިޑަރަށް ލިބުމުން
1 ޑިސެމްބަރު 2022
2

ސިމް ވިއްކާއިރު ވަގުތުން ސިމް އެކްޓިވޭޓްވެފައި ހުރުމުގެ ބަދަލުގައި އެ ސިމް ކާޑެއް ގަތް މީހެއްގެ މައުލޫމާތު ދިރާގު ނުވަތަ އުރީދުއަށް ލިބުމުން ނޫނީ އެކްޓިވޭޓް ނުވާ ގޮތަށް މިއަދު ހަދައިފި އެވެ.

މައްސަލައިގެ ފެށުން - ސްކޭމް ކޯލްތައްކޮށްގެން މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާ މައްސަލަތަކެއް މިފަހުން ވަނީ ގިނަވެފަ އެވެ. އެގޮތުން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ވީ ކިހިނެއް؟ - ކުރިން އޮންނަ ގޮތުން، ސީދާ ދިރާގު ނުވަތަ އުރީދޫން ނޫނަސް، އެޖެންޓެއްގެ އަތުން ސިމެއް ގަތަސް، އެ ސިމެއް ވަގުތުން ބޭނުންކުރެވެ އެވެ.

ނަމަވެސް، އެ އުސޫލު ބަދަލުކޮށް، ސިމް ވިއްކާ އުސޫލު މިއަދުން ފެށިގެން ހަރުކަށިކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ވަނީ ނިންމާފަ އެވެ.

ތަފްސީލް - ކޭމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އާ އުސޫލުގެ ދަށުން:

  • ސިމް ކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ (ނޮން އެކްޓީވޭޓަޑް ސްޓޭޓަސް) ހާލަތުގައި 

  • ސިމް ކާޑު އެކްޓިވޭޓް ވާނީ، ސިމް ކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސާވިސް ޕްރޮވައިޑަރަށް ލިބުމުން

"ސިމް ކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް މި އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް ތަނުގައި އިތުރު ކަންކަން ވެސް ކުރުމަށް ހަމަޖެހިފައިވާ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ،" އެކަންކަމުގެ ތަފްސީލު ދިނުމެއް ނެތި ކޭމް އިން ބުންޏެވެ.

ފަސްމަންޒަރު - ސްކޭމް ކޯލުތައް ގިނަވުމުގެ މައްސަލައިގައި ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ސްކޭމް ކޯލްތައް ކުރާ މީހުން އެންމެ ގިނައިން ބޭނުން ކުރަނީ ބިދޭސީންގެ ނަމުގައި ހުންނަ ނަމްބަރުތަކެވެ.

ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓްގެ އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫތު މިދިޔަ ސެޕްޓެމްބަރު މަހު 'ދައުރު'އަށް ވިދާޅުވީ:

  • ނަމްބަރު ރަޖިސްޓްރީކޮށްފައިވާ ބިދޭސީ މީހާ ގިނަ ފަހަރު ރާއްޖޭގައި ނުހުރެ ނޫނީ ދެނެނުގަނެވޭ

  • އަންލިސްޓެޑް ނުވަތަ ވަކި މީހެއްގެ ނަމުގައި ރަޖިސްޓްރީނުކުރާ ނަމްބަރެއް މިފަދަ ކަމަކަށް ޝައްކުވެއްޖެ ނަމަ، މިހާރު 24 ގަޑިއިރު ތެރޭ ބްލޮކްކުރާނެ

  • މީހަކަށް ސިމް ނެގޭނެ އަދަދެއް ކަނޑައަޅަން ޖެހޭ އަދި ސިމްގެ ވެރިފަރާތް ޒިންމާދާރު ކުރެވޭނެ އުސޫލުތަކެއް އެކުލަވާލަން ޖެހޭ

  • ރާއްޖެ އަންނަ ބިދޭސީންނަށް ސިމް ވިއްކުމުގައި މިހާރަށް ވުރެ ހަރުދަނާ އުސޫލުތަކެއް ގެންގުޅެން ޖެހޭ

ކޮމެންޓް (2)

ހަސްނާ

1 ޑިސެމްބަރު 2022
އަނެއްކާ ދުވަސް ކޮޅެއް ނުވާނެ. ތި ކީ ކަންކަމަށް އާ ބަދަލެއް ގެންނާނެ.
1 0

ޖީވަން

1 ޑިސެމްބަރު 2022
މި ކަމުގައި ބިދޭސީންގެ އުނދަގޫ ވަރަށް ބޮޑު ވެއްޖެ. އެ މީހުންނަށް ކޮންމެ ވެސް ގޮތެއް ހަދާބަލަ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް