އައްޑޫ ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން. (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

އައްޑޫ

އައްޑޫ ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށައިފި

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 11.6 މިލިއަން ރުފިޔާގެ އަގަކަށް
5 އޮކްޓޯބަރު 2022

އައްޑޫ ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/އިންފްރާސްޓްރަކްޗާ މިނިސްޓްރީ)

ތަފްސީލު - އެ މަޝްރޫއުގެ ދަށުން:

  • ހިތަދޫގެ ހުޅަނގު ފަރާތުގައި 570 މީޓަރުގެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރާނެ

  • 15×50 މީޓަރުގެ ސަރަހައްދެއް ފުންކުރާނެ

  • މޫދަށް އެރޭ ސަރަހައްދެއް ހަދާނެ

  • މޫދަށް އެރޭ ސަރަހައްދުގެ ބޭރުން، ބޮޑުހިލައިން 100 މީޓަރުގެ ބޭރުތޮއްޓެއް ލާނެ

އެނގުން މުހިންމު - މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ 25 ނޮވެމްބަރު 2021ގަ އެވެ. އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ 11.6 މިލިއަން ރުފިޔާގެ އަގަކަށް، 165 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް