ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ހިލޭ ގުޅޭ ނަމްބަރެއް އިފްތިތާހުކޮށްފި

ހިލޭ ގުޅޭ ނަމްބަރަކީ 1656؛ މި ނަމްބަރުގެ ބޭނުމަކީ މައްސަލަ ހުށަހެޅުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުން

ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ހިލޭ ގުޅޭ ނަންބަރެއް މިއަދު އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ނިއުމަތު ޝަފީގު ހުންނަވާއިރު، އެ އޮފީހަށް ހިލޭ ގުޅޭ ނަންބަރެއް އިފްތިތާހުކޮށްފައި މިވަނީ އެ އޮފީސް އުފެއްދިތާ ދެ އަހަރު ފުރޭ ދުވަހާ ދިމާކޮށެވެ.

 ތަފްސީލް - އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ:

  • ހިލޭ ގުޅޭ ނަމްބަރަކީ 1656

  • މި ނަމްބަރުގެ ބޭނުމަކީ މައްސަލަ ހުށަހެޅުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުން

އެނގުން މުހިއްމު - ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މަސައްކަތް ކުރާ ދައުލަތުގެ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންގެ އިހުމާލެއް އޮތް މައްސަލަތައް އެ އޮފީހުން ތަހުގީގުކުރާނެ އެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް ވެސް މައްސަލަ ހުށަހެޅޭނެ އެވެ.

އެ އޮފީހުގެ މަސްއޫލިއްޔަތުތަކަކީ:

  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނީޓާކޮށް އިވޭލުއޭޓް ކުރުން

  • އެ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހުގީގަށް މުތޯލިއާކުރުން

  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ބައިނަލްއަގްވާމީ މުއާހަދާތަކަށް މުއައްސަސާތަކުން އަމަލުކުރާ މިންވަރު ދެނެގަތުން

މައްސަލަ ހުށަހަޅާނެ ގޮތްތައް:

  • 1565އަށް ގުޅައިގެން

  • އީމެއިލް މެދުވެރިކޮށް

  • 'މައްސަލަ ހުށަހަޅާ ފޯމް' މެދުވެރިކޮށް

  • ސިޓީ އަދި އޮފީހަށް ހާޒިރުވެގެން

ކޮމެންޓް (1)

ހިމްރާ

24 ޖުލައި 2022
ތިހެން ހިލޭ ގުޅޭ ލައްކަ ނަމްބަރު ހުރޭ. ގުޅީމަ ފޯނު ނަގާ މީހެއް ހުރޭތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް