ފަސޭހަ ރެސިޕީ: ބަޖިޔާ

ރެސިޕީ

ފަސޭހަ ރެސިޕީ: ބަޖިޔާ

9 އޭޕްރީލު 2024

ބޭނުންވާ ތަކެތި

  •  2 ދަޅު މަސް (ކަނޑުމަސް، ތެލުގައި) 

  • 1 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު 

  • 1 މޭޒުމަތީ ސަމުސާ ހަނާކުރި ހަވާދު 

  • 2 ބޮޑު ފިޔާ (ކޮށާފައި) 

  • 3 ލޮނުމެދު 

  • 1 ލުނބޯ 

  • 1 ގިތެޔޮ މިރުސް 

  • 2 ކޯޅި ހިކަނދިފަތް 

  • 2 އިންޗި ރާނބާފަތް (5 އެތިކޮޅު) 

  • 1 ސައިސަމުސާ ފޮނިތޮށި 

  • 4 ކާފޫރުތޮޅި 

  • 300ގ ފުށް 

  • ކައްކާ ތެޔޮ 

  • ½1 ސައިސަމުސާ ލޮނު 

  • 1 ސައިސަމުސާ އަސޭމިރުސް 

  • ބޭނުންވާ ވަރަށް ފެން (ހޫނު) 

ތައްޔާރުކުރާނެ ގޮތް

ފުށާއި ތެޔޮ، ލޮނު އަދި ފެން އެޅުމަށް ފަހު ފުށްގަނޑު މޮޑެލާށެވެ. ވަކިން ތައްޓެއްގައި ފިޔާ، އެއްް ލޮނުމެދު، ލުނބޯ، ލޮނު އަދި ގިތެޔޮ މިރުސް އަޅާފައި މޮޑެލާށެވެ. ތަވާއެއްގައި ތެޔޮކޮޅެއް ހޫނުކޮށްލުމަށް ފަހު ފިޔާ، ލޮނުމެދު، ފޮނިތޮށި، ކާފޫރުތޮޅި، ހިކަނދިފަތް އަދި ރާނބާފަތް އަޅާފައި މީރު ކޮށްލާށެވެ. ދެތިން މިނެޓް ވުމުން، މޮޑެފައިވާ މަސްގަނޑު އަޅާލާށެވެ. މަތި ޖަހައިގެން ކައްކާލާށެވެ. ދެން، ހަނާކުރި ހަވާދާއި ކުކުޅު ހަވާދާއި އަސޭމިރުސް އެޅުމަށް ފަހު އަނެއްކާވެސް މަތިޖަހައިގެން ދެތިން މިނެޓް ކައްކާލާށެވެ.

މޮޑެފައިވާ ފުށްގަނޑުން ފުށްގުޅަ ނެއްޓުމަށް ފަހު (ރޮށި ދަމާހެން) ދަމާލާށެވެ. ހަތަރު ބަޔަށް ވާގޮތަށް ވަޅިން ކަފާލާށެވެ. ބަޖިޔާގެ ބައްޓަމަށް ވާ ގޮތަށް ހަދާލާފައި މަސްކޮޅެއް ލާފައި ބައްދާލާށެވެ. މި ގޮތަށް މަސްގަނޑާއި ފުށްގަނޑު ހުސްވަންދެން ހަދާށެވެ. ތާހެއްގައި ތެޔޮ ހޫނުކޮށްލުމަށް ފަހު ބަޖިޔާތައް ތެލުލާށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް