ފަސޭހަ ރެސިޕީ: ކްރީމީ ސޮސެޖް
ބޭނުންވާ ތަކެތި
-
3 އަލުވި (ކިޔުބުކޮށް ކޮށާފައި ފެނު ކައްކާފައި)
-
2 މޭޒުމަތީ ސަމުސާ ތެޔޮ
-
350ގ ސޮސެޖް (ކޮށާފައި)
-
1 ބޮޑު ފިޔާ (ހުދު ފިޔާ، ތުނިކޮށް ކޮށާފައި)
-
3 ސައިސަމުސާ ލޮނުމެދު ޕޭސްޓް
-
170ގ ޓޮމާޓޯ ސޯސް
-
2 މޭޒުމަތީ ސަމުސާ ޕާސްލީ (ކޮށާފައި)
-
½ ޖޯޑު ކިރު
-
100ގ މޮޒެރެއްލާ ޗީޒް
-
200ގ ހެވީ ކްރީމް
-
ގާނާފައި ހުރި ޗީޒް (ބޭނުންވާ ވަރަކަށް)
ތައްޔާރުކުރާނެ ގޮތް
ތަވާއެއްގައި ތެޔޮ ފޮދެއް ހޫނުކޮށްލާށެވެ. ހޫނުވުމުން ތެޔޮ ފޮދު އަޅައި ފްރައިކޮށްލާށެވެ. ފްރައިވުމުން ފިޔާ އަދި ލޮނުމެދު އަޅާފައި މަތި ޖަހައިން 2 މިނެޓް ކައްކާލާށެވެ. އެއަށްފަހު ޓޮމާޓޯ ސޯސް އަޅާށެވެ. އަދި ރަނގަޅަށް ކައްކާލާށެވެ. ދެން ޕާސްލީ އަޅާށެވެ. ރަނގަޅަށް ކެކުމުން އުނދުން ނިވާލާށެވެ.
ކައްކާފައި ހުރި އަލުވިކޮޅާއި ކިރު، ޗީޒް އަދި ހެވީ ކްރީމް އަޅާށެވެ. އަޅާފައި ކްރީމަށް ވަންދެން މިކްސް ކޮށްލާށެވެ.
މީރު ކުރި ސޮސެޖްތައް ޓްރޭއަކަށް އަޅާފައި އޭގެ މައްޗަށް ކްރީމް އަޅާށެވެ. އަދި ގާނާފައި ހުރި ޗީޒް ބޭނުން ވަރަކަށް އަޅާށެވެ. ދެން އަވަނުގައި 350 ޑިގްރީގައި 20 މިނެޓް ވަންދެން ފިހެލާށެވެ.