ފަސޭހަ ރެސިޕީ: ޗިކަން ފަރާޓާ

ރެސިޕީ

ފަސޭހަ ރެސިޕީ: ޗިކަން ފަރާޓާ

7 އޭޕްރީލު 2024

ބޭނުންވާ ތަކެތި

  • 250ގ ކުކުޅު (ފެނު ކައްކާފައި، އުލަކުން ވީދާފައި) 

  • 2 މޭޒުމަތީ ސަމުސާ ތެޔޮ 

  • 1 މޭޒުމަތީ ސަމުސާ ދިރި 

  • 1 ފިޔާ (ތުނިކޮށް ކޮށާފައި) 

  • 3 ތޮޅި މިރުސް (ކުދިކޮށް ކޮށާފައި) 

  • 2 ސައިސަމުސާ ޗިލީ ފްލޭކްސް 

  • 1 ސައިސަމުސާ މުގުރި ކޮތަނބިރި

  • 1 ސައިސަމުސާ ލޮނު 

  • 1 ސައިސަމުސާ ދިރި 

  • ¼ ސައިސަމުސާ ލޮނުމިރުސް ހަވާދު 

  • 2 ސައިސަމުސާ މިންޓް ފަތް 

  • ރޮށި ފިހަން ތައްޔާރު ކޮށްފައިވާ ފުށްގަނޑެއް. (މަސްގަނޑަށް ވާ ވަރަށް) 

ތައްޔާރުކުރާނެ ގޮތް

ތެޔޮ ފޮދު ހޫނުކޮށްލުމަށް ފަހު ދިރިކޮޅު މީރު ކޮށްލާށެވެ. ކޮށާފައި ހުރި ފިޔާކޮޅާއި މިރުކޮސްޅު އަޅާފައި ފްރައި ކޮށްލާށެވެ. ދެތިން މިނެޓް ވުމުން ކުކުޅުކޮޅާއި ޗިލީ ފްލޭކްސް އަދި ކޮތަނބިރި އަޅާފައި ކައްކާލާށެވެ. އެއަށް ފަހު ލޮނާއި ދިރި އަދި ލޮނުމިރުސް ހަވާދު އަޅާފައި ފަސް މިނެޓް ވަންދެން ކައްކާލާށެވެ. ދެން މިންޓް ފަތް އަޅާފައި އުނދުން ނިވާލާށެވެ.

މަސްކޮޅު ހިހޫވުމުން، ފުށްގުޅައެއް ރޮށި ދަމާހެން ދަމާލާފައި އެއަށް މަސް އަޅާށެވެ. އަދި ވަށައިގެން ބައްދާލާށެވެ. އެއަށްފަހު އަނެއްކާ ވެސް ރޮއްޓެއްހެން ދަމާލާށެވެ. އަދި މަޑުގިނީގައި ފިހެލާށެވެ. މިއީ ހަދާލަން ފަސޭހަ އަނގައަށް މީރު ފަރާޓާއެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް