ފަސޭހަ ރެސިޕީ: ފްރައިޑް ބްރެޑް

ރެސިޕީ

ފަސޭހަ ރެސިޕީ: ފްރައިޑް ބްރެޑް

3 އޭޕްރީލު 2024

ބޭނުންވާ ތަކެތި

  •  4 ފޮތި ޕާން 

  • 2 ބިސް 

  • 1 މޭޒުމަތީ ސަމުސާ ފިޔާ (ކުދިކޮށް ކޮށާފައި) 

  • 1 މޭޒުމަތީ ސަމުސާ ޕާސްލީ 

  • 2 ތޮޅި މިރުސް (ކުދިކޮށް ކޮށާފައި) 

  • ½ ސައި ސަމުސާ ލޮނުމެދު 

  • ½ ސައިސަމުސާ ލޮނު 

  • 1/3 ސައިސަމުސާ މުގުރި ދިރި 

  • ½ ސައި ސަމުސާ މުގުރި ކޮތަނބިރި

  • ½ ސައިސަމުސާ ލޮނުމިރުސް ހަވާދު 

  • ފާރޮށި ކުނޑި 

  • ތެޔޮ 

ތައްޔާރުކުރާނެ ގޮތް

ޕާން ފޮތިތަކުގެ ކައިރިތައް ނަގާށެވެ. އަދި ހަތަރު ބަޔަށް ކޮންމެ ޕާން ފޮއްޗެއް ކަފާލާށެވެ. ބޯތައްޓެއްގައި ބިހސް، ފިޔާ، ޕާސްލީ، ތޮޅި މިރުސް، ލޮނުމެދު، ލޮނު، ދިރި، ކޮތަނބިރި އަދި ލޮނުމިރުސް ހަވާދު ސަމުސަލަކުން އެއްކޮށްލާށެވެ. އަދި ކޮންމެ ޕާން ފޮއްޗެއް އޭގެތެރެއަށް ލާ ފޯކޮށްލުމަށް ފަހު ފާރޮށި ކުނޑިއަށް ލާށެވެ. ދެން ތެޔޮ ފޮދު ހޫނުކޮށްލުމަށް ފަހު ޕާން ފޮތިތައް ރަތް ވަންދެން ތެލުލާށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް