ސަތޭކަ

އިޔާންގެ ޕޭޕާ ކްރާފްޓިންގެ ދުނިޔެއަށް ސަތޭކަ

މިދިޔަ އަހަރު އޯލެވެލްގެ އިމްތިހާނު ފުރިހަމަކުރި އިޔާންއަށް، އޭނާގެ މައިލްޑް އޯޓިޒަމްގެ ސަބަބުން، އެންމެ އުނދަގުލީ ވާހަކަ ދައްކާށެވެ. އުމުރުން 4 އަހަރު ފަހަނަޅައި ދިޔައިރު ވެސް އިޔާން ވާހަކައެއް ނުދައްކަ އެވެ.
1 އޭޕްރީލު 2024

މުހައްމަދު އިޔާންގެ ކިބައިން އަބަދުވެސް ފާހަގަކުރެވުނީ ހުނަރުވެރިކަމެވެ. ވަކިން ހާއްސަކޮށް ކުރެހުމާއި ކުލަޖެއްސުމާއި ޕްލޭޑޯ ފަދަ މީޑިއަމްތައް ބޭނުންކޮށްގެން އޭނާ ތައްޔާރުކުރި ކެރެކްޓާތަކެވެ. އެންމެ ފެވަރިޓް ކާޓޫނު ކެރެކްޓާތައް އޭނާ ގެންދިޔައީ އަމިއްލަ ދެ އަތުން ކުރަހައި ކުލަޖައްސައި ކަރުދާހުން ކަފައި ފަރިކުރަމުންނެވެ.

މިދިޔަ އަހަރު އޯލެވެލްގެ އިމްތިހާނު ފުރިހަމަކުރި އިޔާންއަށް، އޭނާގެ މައިލްޑް އޯޓިޒަމްގެ ސަބަބުން، އެންމެ އުނދަގުލީ ވާހަކަ ދައްކާށެވެ. އުމުރުން 4 އަހަރު ފަހަނަޅައި ދިޔައިރު ވެސް އިޔާން ވާހަކައެއް ނުދައްކަ އެވެ. އެ ތަފާތުކަން ފާހަގަކުރެވިގެން ސިއްހީ ތަޖުރިބާކާރުންގެ ލަފައާ އެކު އިޔާންގެ ސްޕީޗް ތެރަޕީ ފެށި އެވެ.

ލަންކާގައި ސްޕީޗް ތެރަޕީ ނަގަން އުޅެފައި ގްރޭޑް 1ގެ ކިޔެވުން އިޔާން ފެށީ އިސްކަންދަރު ސްކޫލްގަ އެވެ. ނަމަވެސް އެކަށީގެންވާ މާހައުލެއް ނުލިބި އާންމު ކުދިންނާ މަސްހުނިވެ އުޅެން ޖެހުމުން އިޔާންގެ އެ ދަތުރުވީ ގޮންޖެހުން ބޮޑު ދަތުރަކަށެވެ. އެންމެފަހުން ސްކޫލްގެ މާހައުލު މަތިން ފޫހިވެ ސްކޫލަށް ދާން ވެސް އޭނާ ބޭނުމެއް ނުވި އެވެ.

އެއަށް ފަހު އޭނާ އަށް ފަސޭހަ މާހައުލެއް ތަނަވަސްވީ ވިލިމާލޭގެ މުހްޔިއްދީން ސްކޫލްގަ އެވެ. މިފަހަރުގެ 'ސަތޭކަ' ސެގްމަންޓުގައި އިޔާން މި ދައްކާލަނީ އޭނާގެ ޕޭޕާ ކްރާފްޓިން ހުނަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް