ފަސޭހަ ރެސިޕީ: އެގް ސެލަޑް

ރެސިޕީ

ފަސޭހަ ރެސިޕީ: އެގް ސެލަޑް

2 އޭޕްރީލު 2024

ބޭނުންވާ ތަކެތި

  •  1ކިލޯ އަލުވި (ކުދިކޮށް ކިޔުބުކޮށް ކޮށާފައި) 

  • 1 ޖޯޑު ކެރަޓް (ކިޔުބުކޮށް ކޮށާފައި، ސްޓީމް ކޮށްފައި) 

  • 1 ޖޯޑު ސަނާމުގު 

  • 5 ބިސް (ފެނުކައްކާ، ކުދިކޮށް ކޮށާފައި) 

  • ½ ޖޯޑު ހިކި މޭބިސްކަދުރު 

  • ½1  ޖޯޑު މެޔޮނައިޒް 

  • 1 ސައިސަމުސާ ލޮނު 

  • 1 ސައިސަމުސާ އަސޭމިރުސް 

  • 2 މޭޒުމަތީ ސަމުސާ ފިޔާ (ކުދިކޮށް ކޮށާފައި) 

  • 1 ސައިސަމުސާ ލޮނުމެދު ޕޭސްޓް 

  • 3 މޭޒުމަތީ ސަމުސާ ތެޔޮ 

  • 2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް 

  • ފެން 

ތައްޔާރުކުރާނެ ގޮތް

އަލުވިތައް ފެނު ކައްކާލާށެވެ. އަދި ބޯތައްޓަކަށް އަޅާށެވެ. އޭގެ ތެރެއަށް ކެރަޓާއި ހިކި މޭބިސްކަދުރާއި ސަނާމުގާއި ބިސް އަޅައި ސަމުސަލަކުން މަޑުމަޑުން އެއްކޮށްލާފައި ވަކިން ބަހައްޓާށެވެ.

ބޯތައްޓެއްގައި މެޔޮނައިޒާއި ލޮނާއި އަސޭމިރުހާއި ފިޔާ އަދި ލޮނުމެދު ޕޭސްޓާއި ލުނބޯ ހުތާއި ތެޔޮ ފޮދު އަޅާފައި އެއްކޮށްލާށެވެ. އަދި މިކްސަރުން ކްރީމް ވަންދެން މިކްސް ކޮށްލާށެވެ. އެއަށް ފަހު ކުޑަ ފެންފޮދެއް އަޅާށެވެ. އަދި ސަމުސަލަކުން އެއްކޮށްލާށެވެ. ދެން ކުރިން މިކްސް ކުރި ތަރުކާރީ ތައްޓަށް ކްރީމްތައް އަޅައި އެއްކޮށްލާށެވެ. މިއީ މީރު ސެލެޑެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް