ފަސޭހަ ރެސިޕީ: ކްރީމީ ޗިކަން ޕާސްތާ

ރެސިޕީ

ފަސޭހަ ރެސިޕީ: ކްރީމީ ޗިކަން ޕާސްތާ

1 އޭޕްރީލު 2024

ބޭނުންވާ ތަކެތި

  •  250ގ ޕާސްތާ 

  • 2 ސައިސަމުސާ ލޮނު 

  • 1 ކިލޯ ކުކުޅު (ބޯންލެސް، ކިޔުބުކޮށް ކޮށާފައި) 

  • ½ ސައިސަމުސާ އަސޭމިރުސް 

  • 1 ސައިސަމުސާ ލެމަން ޕެޕާ 

  • 1 މޭޒުމަތީ ސަމުސާ ފުށް 

  • 2 މޭޒުމަތީ ސަމުސާ ބަޓަރު 

  • 2 މޭޒުމަތީ ސަމުސާ ތެޔޮ 

  • 4 ލޮނުމެދު (ޗިސްކޮށްލާފައި) 

  • 400ގ ހެވީ ކްރީމް 

  • 1 ސައި ސަމުސާ ދިރި 

  • 150ގ ޗީޒް (މޮޒަރެއްލާ) 

  •  ފެން 

ތައްޔާރުކުރާނެ ގޮތް

ފެން ކައްކާށެވެ. އަދި އެއް ސައިސަމުސާ ލޮނު އަޅާފައި ޕާސްތާތައް ކައްކާށެވެ. ރީތިކޮށް މަޑުވުމުން ފެންފޮދު އޮއްސާލާފައި ބަހައްޓާށެވެ.

ބޯތައްޓަށް ކުކުޅުތައް އަޅާށެވެ. އަދި ލޮނާއި އަސޭމިރުހާއި ލެމަން ޕެޕާ އާއި ފުށް އަޅާފައި އެއްކޮށްލާށެވެ. ތަވާއެއްގައި ބަޓަރު ހޫނު ކޮށްލާށެވެ. އަދި ކުކުޅުކޮޅު އަޅާފައި ރަނގަޅަށް ރޯފިލުވާލާށެވެ. ބޯތައްޓަށް ކުކުޅުތައް ނެގުމަށް ފަހު ތަވާއަށް ތެޔޮ ފޮދެއް އަޅައި ހޫނުކޮށްލާށެވެ. ލޮނުމެދުކޮޅު އަޅާލަށެވެ. ލޮނުމެދު ފްރައި ވުމުން ހެވީ ކްރީމް އަޅާށެވެ. ކިރުފޮދު ކެކުމުން ދިރި އަޅާށެވެ. އަދި ޗީޒް އަޅާފައި އޮލަ ވަންދެން ކައްކާލާށެވެ. ދެން ޕާސްތާ އަޅާ އެއްކޮށްލުމަށް ފަހު ކުކުޅުތައް ވެސް އަޅާލާށެވެ. ދެ މިނެޓް ކައްކާލުމަށް ފަހު އުނދުން ނިވާލާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް