ފަސޭހަ ރެސިޕީ: ޕިސްޓާޝިއޯ ތިރަމިސޫ

ރެސިޕީ

ފަސޭހަ ރެސިޕީ: ޕިސްޓާޝިއޯ ތިރަމިސޫ

31 މާރިޗު 2024

ބޭނުންވާ ތަކެތި

  • 240ml ކިރު 

  • 2 ސައިފަތް ޕެކެޓް 

  • 400ގ ކްރީމް ޗީޒް 

  • 120ގ ހަކުރު (މުގުރާފައި) 

  • 1 ސައިސަމުސާ ވެނީލާ އެސެންސް 

  • 100ގ ޕިސްޓާޝިއޯ ޕޭސްޓް 

  • 360ގ ހެވީ ކްރީމް 

  • ބޭނުންވާ ވަރަށް މިލްކް ބިސްކޯދު (ބޭނުން ވައްތަރެއްގެ) 

  • 100ގ ޕިސްޓާޝިއޯ (މުގުރާފައި) 

ތައްޔާރުކުރާނެ ގޮތް

މަޑު ގިނީގައި ކިރު ފޮދު ކައްކާލާށެވެ. ކިރު ފޮދު ހޫނު ވުމުން ބޯތައްޓަކަށް އަޅާލާށެވެ. އަދި އޭގެތެރެއަށް ސައިފަތް ޕެކެޓްތައް ލާށެވެ. ދިހަ މިނެޓް ވުމުން ސައިފަތް ޕެކެޓްތައް ނަގާށެވެ.

އެހެން ބޯތައްޓަކަށް ކްރީމް ޗީޒް އަޅާށެވެ. ރަނގަޅަށް ކްރީމް ވަންދެން އިލެކްޓްރިކް މިކްސަރަކުން ގިރާލާށެވެ. ދެން އޭގެ ތެރެއަށް ވެނީލާ އެސެންސް އަދި ޕިސްޓާޝިއޯ ޕޭސްޓް އަޅާފައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ހެވީ ކްރީމް އަޅާފައި މިކްސް ކޮށްލާށެވެ.

ކުރިން ހެދި ކިރުގައި ބިސްކޯދު ފޯކޮށްލުމަށް ފަހު ބިސްކޯދުތައް ޓްރޭއެއްގައި އަތުރާށެވެ. އަދި އޭގެ މައްޗަށް ކްރީމްއިން އެއްބައި އަޅައި ފަތުރާލާށެވެ. އަނެއްކާވެސް އޭގެ މަތީގައި ބިސްކޯދުތައް އަތުރާށެވެ. ބިސްކޯދުތައް މަތީގައި ބާކީ ހުރި ކްރީމްތައް ފަތުރާލާށެވެ. މަތިޖަހާފައި މަދުވެގެން ހަތަރު ގަޑި އިރު ފްރިޖްގައި ބަހައްޓާށެވެ. އެއަށް ފަހު، މުގުރި ޕިސްޓާޝިއޯ އޭގެ މައްޗަށް އަޅާލާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް