ހެއިލީ ބީބާ

ހެއިލީ ބީބާ

ހެއިލީ އަށް ދިމާވި ސިއްހީ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކައިފި

ހެއިލީ ބުނިގޮތުގައި އޭނާގެ ސިކުނޑިއަށް ގަނޑު ލޭކޮޅެއް ދަތުރުކުރީ ހިތުގައި ލޯވަޅެއް ހުރުމުގެ ސަބަބުން
29 އޭޕްރީލު 2022

ހެއިލީ ބީބާގެ ސިކުނޑީގައި ގަނޑު ލޭކޮޅެއް އިނދެގެން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ހާދިސާއާ ގުޅޭގޮތުން އޭނާ ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި އެވެ.

ޔޫޓިއުބުގައި ހެއިލީ އާންމު ކުރި ވީޑިއޯއެއްގައި ބުނީ، އޭނާގެ ހިތުގައި އިން ލޯވަޅެއްގެ ސަބަބުން ސިކުނޑީގައި ލޭކޮޅެއް ގަނޑުވެ، ސްޓްރޯކެއް ޖެހެން އުޅޭ ކަހަލަ އަލާމާތްތައް ފެނުނު ކަމަށެވެ. އަދި އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށް ބުންޏެވެ.

ފިރިމީހާ ޖަސްޓިން ބީބާ އާއެކު ހެނދުނުގެ ނާސްތާ ކުރަން އިންދައި ދިމާވި އެ ހާދިސާ އަކީ ހަޔާތުގައި ކުރިމަތިވި އެންމެ ބިރުވެރި އެއް ކަންތައް ކަމަށް ހެއިލީ ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލާދީ ހެއިލީ ބުނީ އޭނާގެ ހިތުގެ މަތީ ދެ ޗެމްބަރުގެ ދޭތެރޭ 12-13 މިލިމީޓަރުގެ ކުޑަ ލޯވަޅެއް އިން ކަމަށާއި ސިކުނޑިއަށް ގަނޑު ލޭކޮޅެއް ދަތުރުކުރީ އެ ސަބަބާ ހުރެ ކަމަށެވެ. އެ ލޯވަޅު ބައްދަން ސާޖަރީއެއް ހެދި ކަމަށް ވެސް ހެއިލީ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް