ސަނީ ލިއޯން ރާއްޖޭގަައި ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ ސަނީގެ އިންސްޓަގްރާމް)

ސަނީ ލިއޯން

ސަނީ ލިއޯން އަނެއްކާ ވެސް ރާއްޖޭގައި

ސަނީ ވަނީ މިދިޔަ ޖެނުއަރީ މަހު ވެސް ރާއްޖެ އައިސްފައި
22 މާރިޗު 2022

ބޮލީވުޑްގެ ތަރި އަދި މޮޑެލް ސަނީ ލިއޯން އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.

ސަނީ ވަނީ މިދިޔަ ޖެނުއަރީ މަހު ވެސް ރާއްޖެ އައިސްފަ އެވެ. އެ ފަހަރު އޭނާ ހުރީ ބ. އަތޮޅުގައި ވިލާ ކުންފުނިން ހިންގާ ރޯޔަލް އައިލެންޑުގަ އެވެ.

މިދިޔަ ހަފްތާ ބަންދުގައި ސަނީ ރާއްޖެ އައިސްފައި ވާއިރު، އޭނާ މި ފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ހއ. ހައިޑްއަވޭ ބީޗު ރިސޯޓުގަ އެވެ.

ކުރީ ފަހަރު އޭނާ ރާއްޖެ އައީ އޭނާގެ ދެ ފިރިހެން ދަރިން ގޮވައިގެންނެވެ. މި ފަހަރުގެ ދަތުރުގައި ފިރިމީހާ ޑޭނިއަލް ވީބާ އާއި އަންހެން ދަރިފުޅު ވެސް ބައިވެރިވެ އެވެ.

ސަނީ އަންނަނީ އޭނާ ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ ފޮޓޯތައް އިންސްޓަގްރާމުގައި ޝެއާކުރަމުންނެވެ. އެގޮތުން، މޫދުގައި ނަގާފައިވާ ފޮޓޯތަކާއި ބީޗުގައި ނަގާފައިވާ ފޮޓޯތައް އަދި ސްނޯކްލިންއަށް ދަމުން ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް