ގަލް ގެޑޮޓް (ކ) އާއި އާލިޔާ

އާލިއާ ބަޓް

އާލިޔާއަށް ނެޓްފްލިކްސްގެ ހޮލީވުޑް ޕްރޮޖެކްޓެއް

ގަލް ގެޑޮޓްއާ އެކު އާލިޔާ ކުޅޭ ފިލްމުން 'ފިފްޓީ ޝޭޑްސް އޮފް ގްރޭ'ގެ ތަރި ޖޭމީ ޑޯނަން ވެސް ފެންނާނެ
9 މާރިޗު 2022

ބޮލީވުޑްގެ ބަތަލާ އާލިޔާ ބަޓްގެ ހޮލީވުޑް ފުރަތަމަ ޕްރޮޖެކްޓު ޔަގީންވެއްޖެ އެވެ.

ވޮންޑަ ވުމަންގެ ބައި ކުޅޭ ގަލް ގެޑޮޓް އާއެކު އާލިޔާ ފެންނާނެ ފިލްމަކީ 'ހާޓް އޮފް ސްޓޯން' އެވެ. ޓޮމް ހާޕާ ޑައިރެކްޓު ކުރާ އެ ފިލްމުގައި ދެން ފެންނާނީ 'ފިފްޓީ ޝޭޑްސް އޮފް ގްރޭ'ގެ ތަރި ޖޭމީ ޑޯނަން އެވެ.

އާލިޔާގެ ފުރަތަމަ ހޮލީވުޑް ޕްރޮޖެކްޓު ޔަގީންވި ނަމަވެސް އެ ފިލްމުގައި އޭނާ ފެންނާނީ ކޮން ކަހަލަ ރޯލަކުން ކަމެއް އަދި ނުބުނެ އެވެ. ނަމަވެސް މި ސްޕައި ތްރިލާގެ ލީޑު އަންހެން ތަރިއަކީ ގަލް ގެޑޮޓްކަން ވަނީ ޔަގީންވެފަ އެވެ.

އާލިޔާގެ ހޮލީވުޑް ޑެބިއު ޔަގީންވެފައި މިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު 'ގަންގޫބާއީ' އަށް ބޮޑު ތަރުހީބެއް ލިބެމުންދާ ދަނޑިވަޅެއްގަ އެވެ.

ބޮލީވުޑްގެ އަންހެން ތަރިންގެ ތެރެއިން ހޮލީވުޑުގައި ފައިތިލަ ސާބިތުކުރަމުން އަންނަ ފަންނާނަކީ ޕްރިޔަންކާ ޗޯޕްރާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް