ރޮބޯމޭން ދަ މޫވީ ޕްރިމިއާގެ ތެރެއިން (ފޮޓޯ އަބްދުﷲ ޔަޝާއު)
'ރޮބޯމޭން' ފިލްމު މީޑިއާނެޓުގެ ވީޑިއޯކްލަބަށް
މިދިޔަ ސެޕްޓެމްބަރު ފަހުކޮޅުގައި އޮލިމްޕަސް ފުރިބާރުވެގެންދިޔައީ ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކުންނެވެ. ދިވެހި ގިނަ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި މަގްބޫލު ކެރެކްޓާ 'ރޮބޯމޭން' ހަރަކާތްތެރިވާ ފިލްމު 'ރޮބޯމޭން – ދަ މޫވީ' ބަލައިލުމަށް ކުދި ބޮޑު ގިނަ މީހުން ވަނީ އޮލިމްޕަހަށް ގޮސްފަ އެވެ.
މާލެ އާއި ބައެއް ރަށްރަށުގައި ކާމިޔާބު ޝޯތަކެއް އެޅުވުމަށްފަހު މިހާރު މިއޮތީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ދުވަސް އައިސް ޖެހިފައެވެ. މި ނޮވެމްބަރުގެ 21 ވާ ބުރާސްފަތި ދުވަހު 'ރޮބޯމޭން – ދަ މޫވީ' މީޑިއާނެޓުގެ ވީޑިއޯކްލަބަށް ރިލީޒްކުރުމަށް ވަނީ ތައްޔާރުވެފަ އެވެ.
މިއާ އެކު މި ފިލްމު ބަލައިލުމަށް ސިނަމާއަށް ނުދެވުނު ފަރާތްތަކަށް ގޭގައި ތިބެ ވެސް މި ފިލްމު ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. އާއިލާ އެންމެން އެކީގައި ގޭ ސިޓިންގް ރޫމްގައި ބަލައިލުމަށް މިއީ ވަރަށް ފުރިހަމަ ފިލްމަކަށް ވާނެ އެވެ.
'ރޮބޯމޭން – ދަ މޫވީ' އަކީ ދިވެހިންގެ މެދުގައި މަގްބޫލު ކެރެކްޓާއެއްގެ މައްޗައް އުފައްދާ އެންމެ މޮޅު އެއް ފިލްމެވެ. މީޑިއާނެޓުގެ 'އެމް އޮރިޖިނަލްސް' ބެނާގެ ދަށުން ތައްޔާރުކޮށްފައިވާ މި ފިލްމަކީ 'އޯކޭޒް އިންކް' އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ.
ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ރޮބޯމޭންގެ އިތުރުން އައްޒަ އަދި ރަވީ ފަދަ ފިލްމު އިންޑަސްޓްރީގައި ނަންވިދާލާ ތަރިން އަދި އޮޑިޝަންތަކަކަށްފަހު ފިލްމުގައި އެކްޓުކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ޗައިލްޑް އާޓިސްޓުން ކަމުގައިވާ އަމީލިއާ އަދި މިޝާ ފެނިގެންދާނެ އެވެ.
މީޑިއާނެޓު ވީޑިއޯކްލަބް
ވީޑިއޯކްލަބަކީ މީޑިއާނެޓުގެ ވީޑިއޯ އޮން ޑިމާންޑް ހިދުމަތެވެ. މީޑިއާނެޓުގެ އެމްޓީވީ، އެމްއެސްޓީވީ އަދި އެމްއެސްލައިޓް ހިދުމަތް މެދުވެރިކޮށް ޓީވީއިން ވީޑިއޯކްލަބުގައި ހިމެނޭ ކޮންޓެންޓް ބެލޭނެ އެވެ. އަދި އެމްއެސް ޑިޖިޓަލް ހިދުމަތް މެދުވެރިކޮށް މޯބައިލް ޑިވައިސްތަކުން ވީޑިއޯކްލަބުގައި ހިމެނޭ ކޮންޓެންޓް ބެލޭނެ އެވެ.
-
މީޑިއާނެޓުގެ ވެބްސައިޓު މެދުވެރިކޮށް އެމްއެސްޓީވީ، އެމްއެސްލައިޓު އަދި އެމްއެސް ޑިޖިޓަލް ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ
-
ރަޖިސްޓްރީ ކުރުމަށްފަހު މި ލިންކުން ވީޑިއޯކްލަބުގެ ކޮންޓެންޓް ޕެކޭޖު އެކްޓިވޭޓު ކުރެވޭނެ
ކޮމެންޓް