ލިއެމް ޕޭން މަރުވުމުގެ ދުވަސްކޮޅެއް ކުރިން ސްނެޕްޗެޓް ވީޑިއޯތަކެއްގައި

މިއުޒިކް

ލިއެމް ޕޭންގެ މަރު: ފަހު ދުވަސްތައް ސޯޝަލް މީޑިއާގައި ދައްކާލި

މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ އެއް ބޯއި ބޭންޑް ވަން ޑިރެކްޝަންގެ މެމްބަރެއްގެ ގޮތުގައި ލިއެމް ޕޭން އެތަކެއް މިލިއަން ފޭނުންގެ ލޯބި ހޯދި
17 އޮކްޓޯބަރު 2024

މިހާރު ހުއްޓާލާފައިވާ އިނގިރޭސި ބޯއި ބޭންޑް ވަން ޑިރެކްޝަންގެ މެމްބަރެއްގެ ގޮތުގައި ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ ތަރި ލިއެމް ޕޭންގެ ކުއްލި މަރުން ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފަ އެވެ.

އާޖެންޓީނާގެ ވެރިރަށް ބޮއިނަސް އައިރިސްގެ ހޮޓަލެއްގެ ތިންވަނަ ބުރީގައި އޭނާ ހުރި ކޮޓަރީގެ ބެލްކަނީން ރޭ ލިއެމް، 31، ވެއްޓުނީ މަސްތުގެ ހާލަތުގައި ހުރެ ކޮޓަރިތެރޭގައި ހުރި ތަކެއްޗަށް ގެއްލުންދީ ހެދި ހާދިސާއެއްގެ ތެރެއިންނެވެ. ހޮޓަލުގެ މުވައްޒަފަކު އެހީ ހޯދުމަށް އިމަޖެންސީ ހިދުމަތަށް ގުޅައިގެން އެ ވާހަކަ ދައްކާ އަޑުއިވޭ އޯޑިއޯއެއް ވަނީ އާއްމުވެފަ އެވެ.

'ދި އެކްސް ފެކްޓާ' ޝޯގައި ބައިވެރިވެގެން 2010ގައި ޒޭން މާލިކް، ލުއީ ޓޮމްލިންސަން، ނަައެލް ހޮރަން އަދި ހެރީ ސްޓައިލްސްއާ އެކު ވަން ޑިރެކްޝަންގެ މެމްބަރަކަށްވި ލަވަކިޔުންތެރިޔާ އައީ އާޖެންޓީނާގައި އޭނާ ހޭދަކުރަމުންގެންދިޔަ ޗުއްޓީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓްކުރަމުންނެވެ. ލިއެމް ރައްޓެއްސެއްގެ ގޭގައި އުޅެމުން، ކެއުމާއި ޕޯލޯ ކުޅެންދިޔުމާ ގުޅޭގޮތުން ވަރަށް ހަމަޖެހިގެން ހުރެ ވާހަކަދައްކައި ބައެއް ފަހަރު ސަމާސާކޮށް ހަދާފައިވެ އެވެ.

އޭނާގެ ލޯބިވެރިޔާ އަދި އިންފްލުއެންސަރު ކޭޓް ކެސިޑީ ވެސް އެ ޕޯސްޓްތަކުން ފެނެ އެވެ. އެހެންކަމުން، ބެލެވޭ ގޮތުގައި، އެ ވީޑިއޯތައް ނަގާފައިވަނީ ލިއެމް ވެއްޓުމުގެ ދުވަސްތަކެއް ކުރިންނެވެ. ކޭޓް ކެސިޑީ ވަނީ އެ ހާދިސާގެ ދުވަސްކޮޅެއް ކުރިން އެނބުރި އެމެރިކާއަށް ގޮސްފަ އެވެ. 

ލިއެމް ޕޭން

ވަން ޑިރެކްޝަންގެ މެމްބަރުންގެ ތެރޭގައި މައްސަލަޖެހި، ވަކި މުއްދަތެއް ނެތް ގޮތަށް 2016 ވަނަ އަހަރު ބޭންޑް ހުއްޓާލުމާ ގުޅިގެން، ޖެހިގެން އައި އަހަރު ލިއެމް ވަނީ ބޮޑު މަގުބޫލުކަމެއް ލިބުނު ސިންގަލްއަކާ އެކު ސޯލޯ ކެރިއަރެއް ފަށައިފަ އެވެ. ނަމަވެސް އޭނާ ރަލަށް ދެވިހިފުމާއި ސިއްހީ މައްސަލަތަކަކާ އެކު، އެ ކެރިއަރު އައީ ވަޅުޖެހެމުންނެވެ. މިދިޔަ އަހަރު އޭނާ ވަނީ ރީހެބަށް ދިޔުމާއި ރާބުއިން ހުއްޓާލުމަށް މަސައްކަތްކުރުމާ ގުޅޭގޮތުން ވާހަކަދައްކައިފަ އެވެ.

ވަން ޑިރެކްޝަން ބޭންޑްގެ މެމްބަރުން

އެންމެ ފުރަތަމަ ލަވައިން ފެށިގެން މުޅި ދުނިޔޭގައި ފުރާވަރު ކުދިންގެ ހިތް އަތުލި ވަން ޑިރެކްޝަންއަކީ މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ އެއް ބޯއި ބޭންޑެވެ.

ލިއެމް ޕޭން

ކުއްލިއަކަށް ލިބުނު އާދަޔާހިލާފު ބޮޑު މަޝްހޫރުކަމާ ކުރިމަތިލާނެ ގޮތެއް ނޭނގުމާއި އޭގެ  ނޭދެވޭ އަސަރުތަކުގެ ވާހަކަ ލިއެމް ބައެއް އިންޓަވިއުތަކުގައި ކިޔައިދިފައިވެ އެވެ.

ލިއެމްގެ މަރާ ގުޅިގެން އެތައް ބަޔަކު ހިތާމަފާޅުކުރަމުންދާ އިރު ފޭނުން ވަނީ އޭނާ ވެއްޓުނު ހޮޓަލުގެ ކައިރިއަށް އެއްވެފަ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް