ގްލެޑިއޭޓާ-2ގެ ބަތަލް ޕޯލް މެސްކަލް: މި ފިލްމުގައި އޭނާ ފެންނަނީ ފުރަތަމަ ފިލްމުގައި ޝާހީ އާއިލާގެ ކުޑަކުއްޖާ ލޫސިއަސްގެ ބައިން. ގްލެޑިއޭޓާއަކަށް ލޫސިއަސް ބަދަލުވި ސަބަބާ މެދު އޮތީ ސުވާލުތަކެއް

ހޮލީވުޑް

ގްލެޑިއޭޓާ 2ގެ ޓްރެއިލާ 24 ގަޑިއިރުގެ ތެރޭގައި 128 މިލިއަން ފަހަރު ބަލައިފި

ރިޑްލީ ސްކޮޓްގެ 2000 ވަނަ އަހަރުގެ ބޮޑު ފިލްމުގެ ދެ ވަނަ ބަޔަށް ފޭނުން ކުރަމުން އަންނަ އިންތިޒާރު ނިމޭނީ ނޮވެމްބަރު މަހު
20 ޖުލައި 2024

ރިޑްލީ ސްކޮޓްގެ މޮޅު ފިލްމު ގްލެޑިއޭޓާއަށް ބެލުންތެރިންގެ ހިތް ގަންބާލިތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭގެ ދެވަނަ ބައެއްގެ އިންޒާރުގައި ތިބި މީހުންނަށް ދެން މާ ގިނަ ދުވަހެއް ނެތެވެ.

ގިނަ ތަރިންތަކެއް ލައިގެން ހަދަމުން އަންނަ ގްލެޑިއޭޓާ-2ގެ ފުރަތަމަ ޓްރެއިލާ ނެރުމާ އެކު ވެސް އެތައް މިލިއަން ބައެއްގެ ސަމާލުކަން ހުއްޓުނެވެ. ޓްރެއިލާ ނެރުނުތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް އެއްކޮށްލައިގެން 128 މިލިއަން ފަހަރަށް ވުރެ ގިނަ ފަހަރު ވަނީ ބަލައިފަ އެވެ. މިއީ ފިލްމު އުފައްދާ ސްޓޫޑިއޯ ޕެރެމައުންޓްގެ ފިލްމެއްގެ ޓްރެއިލާއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ތަރުހީބެވެ.

އެކި މީހުންގެ ހިޔާލު ތަފާތު ވިޔަސް، ރޯމަނުންގެ ޒަމާނުގައި އަޅު އިންސާނުންގެ ފުރާނަ ސަލާމަތްކުރަން ކުޅިވަރެއްގެ ގޮތުގައި ތެޅުވި އަނިޔާވެރި ތެޅުން ފެންނަ ފިލްމަށް ތަރުހީބު ބޮޑުވުން އެކަށީގެންވެ އެވެ.

މިފަހަރުގެ ފިލްމުގައި އެންމެ އިސް ގްލެޑިއޭޓާގެ ބައިން ފެންނަނީ ފުރަތަމަ ބައިގައި ގަނޑުވަރުގެ ޝާހީ އާއިލާގެ ކުޑަކުއްޖާ ލޫސިއަސް އެވެ. އޭނާ ގަނޑުވަރުން ނެރެ، ގްލެޑިއޭޓާއަކަށް ބަދަލުވީ ކިހިނެއް ކަމެއް މިހާ ހިސާބަކުން އަދި ނޭނގެ އެވެ. އެކަމަކު ފިލްމުގައި އޭނާގެ މަންމަ ލޫސިއާއަކީ ރޯމަނުންގެ ރަސްގެފާނުގެ އަންހެން ދަރި އެވެ.

ފުރަތަމަ ފިލްމުގައި ލޫސިއަސް ދެކެ އޭނާގެ ބޮޑުބޭބެ އަދި ކާފަ މަރާލުމަށް ފަހު ވެރިކަން ހޯދާ ކޮމޯޑަސް ވަރަށް ބޮޑަށް ލޯބިވެ އެވެ. ނަމަވެސް އާ ފިލްމުގައި ގަނޑުވަރުން ވަކިވެ ގްލެޑިއޭޓާއެއްގެ ގޮތުން ހަނގުރާމަ ކުރަން ޖެހުމަކީ، ފިލްމުގެ ވާހަކަ ވަރަށް ބޮޑަށް ބަދަލުވެފައި އޮތް ކަމުގެ ހެއްކެކެވެ.

ގްލެޑިއޭޓާ-2ގައި ގްލެޑިއޭޓާ ގެންގުޅޭ މެކްރިނަސްގެ ބައިން ފެންނަ ޑެންޒަލް ވޮޝިންޓަން: ފިލްމު ނެރޭނީ އަންނަ ނޮވެމްބަރު މަހު

ލޫސިއަސްގެ ބައި ކުޅެނީ ޕޯލް މެސްކަލް އެވެ. ފިލްމުގައި ގްލެޑިއޭޓާއެއްގެ ގޮތުގައި އޭނާ ގެންގުޅެނީ ޑެންޒަލް ވޮޝިންޓަން އެވެ. ފިލްމުގައި އޭނާގެ ޝަހުސިއްޔަތުގެ ނަމަކީ މެކްރިނަސް އެވެ.

ރޯމަނުންގެ ޖެނެރަލްގެ ރޯލުން ޕެޑްރޯ ޕަސްކަލް ވެސް ފެނެ އެވެ. އެކަމަކު އޭނާ ވެސް ފަހުން ހުންނަނީ ގްލެޑިއޭޓާއަކަށް ވެފަ އެވެ.

ފުރަތަމަ ޓްރެއިލާއާ މެދު ހިތްހަމަނުޖެހޭ މީހުން ވެސް ހިމެނެ އެވެ. ހާއްސަކޮށް ފިލްމުގައި ވާ ގިނަ ކަންކަމުގެ ބައިތައް އެއް ޓްރެއިލާގައި ހިމެނުމުން ޖޯކް ޖަހާ މީހުން ވެސް ގިނަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް