ޝަރުތު ސީޒަން ފިނާލޭގެ ޕޯސްޓަރެއް

މީޑިއާނެޓް

'ޝަރުތު'ގެ ސީޒަން ފިނާލޭ އަންނަ ހޯމަ ދުވަހު

އެމްއެސް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށް ޖުމްލަ 15 އެޕިސޯޑު ހިމެނޭ މި ސީރީޒްއަކީ ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ)ގެ ފުރިހަމަ މަސައްކަތް ފެންނަ ސީރީޒްއެއް
23 މޭ 2024

ލޯބީގެ ތަފާތު، ފުން އަސަރުތަކެއް ހިމެނޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒް 'ޝަރުތު'ގެ ފަހު އެޕިސޯޑު މެއި 27 ވާ ހޯމަދުވަހު މީޑިއާނެޓުގެ ވީޑިއޯކްލަބަށް ރިލީޒްކުރާނެ އެވެ.

އެމްއެސް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށް، ޖުމްލަ 15 އެޕިސޯޑު ހިމެނޭ މި ސީރީޒްއަކީ ހުނަރުވެރި ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ)ގެ ފުރިހަމަ މަސައްކަތް ފެންނަ ސީރީޒެކެވެ.

ޕްލޮޓް

މި ސީރީޒްގައި ފެންނަނީ މައި ކެރެކްޓާ ދާނިސް، އޭނާގެ ބައްޕަގެ އެދުމުގެ މަތިން ހިތާ ދެކޮޅަށް އޭނާގެ ލޯބިވެރިޔާ ޒޯޔާގެ ބެސްޓްފްރެންޑް ތާރާއާ މަޖުބޫރުން ކައިވެނި ކުރުމަށް ފަހު ދިމާވާ އެކިއެކި ހާދިސާތަކެވެ.

ކައިވެންޏަށް ފަހު ދާނިސްއާ ގާތްވުމަށް ތާރާ ކުރާ މަސައްކަތާއި އެކަމުން ރެކެން ދާނިސް ކުރާ މަސައްކަތް އަދި ދާނިސް އާއި ޒޯޔާގެ ލޯބީގެ ގުޅުމަށް ކައިވެންޏާ ހެދި ބުރޫއަރައި ދިމާވާ އެކި ކަންކަން ވެސް މި ސީރީޒްއިން ފެނެ އެވެ.

ކާސްޓް

މި ސީރީޒްގެ މައި ރޯލުތަކުން ފެންނާނީ:

  • އައިޝަތު ލަހުފާ (ލާކް)

  • ޝާފިއު މުހައްމަދު (ޝާފީ)

  • ޝަހީދާ މުހައްމަދު (ޑޯރާ)

ޅ. ކުރެންދޫގައި ޝޫޓްކޮށްފައިވާ މި ސީރީޒްގެ މިހާތަނަށް 14 އެޕިސޯޑު ރިލީޒްކޮށްފައިވާއިރު، މި ސީރީޒްގައި ހިމެނޭ ލޯތްބާއި މަޖާ ސީންތަކާއި ޑައިލޮގްތަކަށް ބެލުންތެރިންގެ ތައުރީފް ވަނީ ލިބިފަ އެވެ. ހާއްސަކޮށް ފިލްމީ ދާއިރާއަށް އައު މޫނުތަކެއް ވެސް މި ސީރީޒްގައި ފެންނައިރު، އެ ފަރާތްތަކުގެ އެކްޓިން ރަނގަޅުކަން ބެލުންތެރިން ވަނީ ފާހަގަކޮށްފަ އެވެ.

ސީޒަން ފިނާލޭ އެޕިސޯޑުގައި ވާނެ ގޮތް ބަލައިލުމަށް ގިނަ ބަޔަކު މިހާރު ވަނީ ކެތްމަދުވެފަ އެވެ. ދާނިސް އޭނާގެ އަނބިމީހާ ތާރާއާ ލޯބީގެ ގޮތުން ގުޅި އުފާވެރި ހަޔާތެއް ދިރިއުޅޭނީތޯ ނޫނީ އަނބުރާ އޭނާގެ ލޯބިވެރިޔާ ޒޯޔާ ކައިރިއަށް ދާނީތޯ އެވެ؟ ރަގީބަށް ޒޯޔާގެ ލޯބި ކާމިޔާބުކުރެވޭނެ ބާ އެވެ؟ އެލީ އާއި ފައިސަލްގެ ގުޅުމަށް ވާނީ ކިހިނެއް ބާ އެވެ؟ މި ހުރިހާ ސުވާލެއްގެ ޖަވާބު ހޯމަ ދުވަހުގެ އެޕިސޯޑުން ލިބޭނެ އެވެ.

މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތް މެދުވެރިކޮށް މި ސީރީޒް، ޓީވީ އަދި މޮބައިލް ޑިވައިސްތައް މެދުވެރިކޮށް ބަލައިލެވޭނެ އެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް އެމްއެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ޓީވީއިން އަދި އެމްއެސް ޑިޖިޓަލް ގްލޯބަލް މެދުވެރިކޮށް މޯބައިލް ޑިވައިސްތަކުން ބަލާލެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް