ދެ ތިން ލަވައެއް

ދެ ތިން ލަވައެއް: އީސަގެ ފިލާވަޅު، އިންސާނާ އަދި ޖީފަތް

އީސަގެ މުޅި މި ދަތުރަކީ ވެސް ފިލާވަޅެކެވެ. ދައުރުން 'ދެ ތިން ލަވައެއް' މި ފަށަނީ އީސަގެ ވަރަށް ހާއްސަ ތިން ލަވައަކުންނެވެ. އެއީ ފިލާވަޅު، އިންސާނާ އަދި ޖީފަތެވެ.
3 އޭޕްރީލު 2024
6

އަބްދުﷲ އީސާފުޅު ނުވަތަ ސްޓޭޖު ނަމުން ނަމަ އީސަ މިއީ ދިވެހި މިއުޒިކުގެ އެއްވެސް އޯޑިއެންސަކަށް ތައާރަފްކޮށްދޭން ޖެހޭ ނަމެއް ނުވަތަ ހުނަރުވެރިއެއް ވެސް ނޫނެވެ. އެކަމަކު އޭނާގެ ލަވަތަކުގެ މައުނަވީ ދުނިޔޭގައި ވީ ފުންކަމަކީ ކީބޯޑަކުން މިގޮތަށް ލިޔެ މިނައި ކިރޭނޭ ފަންނުވެރިކަމެއް ނޫނެވެ.

'ދެ ތިން ލަވައެއް' ކަހަލަ ވީޑިއޯ އިންޓަވިއުއެއް އުފެދި ވުޖޫދުވެގެން އަންނަނީ ވެސް މި ސަބަބާ ހެދި އެވެ. 'ދައުރު'ގެ މި ހާއްސަ ސިލްސިލާ އަކީ ދިވެހި މިއުޒިކީ ޖައްވުގައި ގުރަހައިގެ ދަރަޖަ ކަށަވަރުކޮށްފައިވާ ފަންނާނުންނަށް ހާއްސަ ސްޓޭޖެކެވެ. އަދި އެމީހުންގެ ލަވަތަކުގެ ފުންކަމަށް އެ އާޓިސްޓުންގެ ވައިފުޅީގައި ފީނާ ޑައިވެކެވެ.

އެގޮތުން 'ދެ ތިން ލަވައެއް' މި ފަށަނީ އީސަގެ ވަރަށް ހާއްސަ ތިން ލަވައަކުންނެވެ. އެއީ ފިލާވަޅު، އިންސާނާ އަދި ޖީފަތެވެ.

"އަޅުގަނޑު ބޮޑަށް ބޭނުންވަނީ ފަލްސަފާ އާއި ހިކުމަތާއި ދިރިއުޅުމުގެ ތަޖުރިބާތަކުގެ މައްޗަށް ލަވަތައް ލިޔަން. އިންސާނީ އާލަމީ ތަޖުރިބާ އާއި އުސޫލާ ބެހޭ ލަވަތައް އަޅުގަނޑު އެންމެ ބޮޑަށް ލިޔަން ބޭނުންވަނީ،" މި އިންޓަވިއުގައި އީސަ އޭނާގެ ޅެންވެރިކަމުގެ ދުނިޔެ ސިފަކޮށްދިން ސާދާ ގޮތަކީ މި އެވެ. 

އީސަ އޭނާގެ ވަރަށް ގިނަ ލަވަތައް ލިޔެ ފައިލްކުރީ ޖަލުގެ ތޭރިތަކުގަ އެވެ. މިނިވަންކަން ގެއްލި ދިއުމަކީ ވަރަށް ގިނަ ފަހަރަށް މީހެއްގެ ކިބައިގައިވާ ހުނަރުވެރިކަމުން އާ ކުރިތަކެއް ރޯވުމަށް ދޮރު ހުޅުވިދާ ތަޖުރިބާއެކެވެ. މިއީ ހަމައެކަނި އީސަގެ ދަތުރު ނަގައިދޭ ފިލާވަޅެއް ނޫނެވެ. 

ނަމަވެސް މި އިންޓަވިއުގައި އީސަ މި ކިޔައިދެނީ އޭނާގެ ޅެންވެރިކަން ގޮސް މިއުޒިކްގެ ދުނިޔެއެއްގައި ބަންދުވެ އޭނާގެ ހިތާއި އޭނާގެ މިއުޒިކަށް ލޯބިކުރާ އެތައް ބަޔަކަށް ހޯދައިދިން ފުރިހަމަ މިނިވަންކަމެއްގެ ވާހަކަ އެވެ.

ކޮމެންޓް (6)

ނޒމމ

6 އޭޕްރީލު 2024
ނަދީމް އަބަދު އެކައްޗެ މޮޑެނީ
0 0

ފަޒޫ

3 އޭޕްރީލު 2024
އީސަ އަށް އެއްވެސްމީހެއް ހަސަން ކިއާތަ؟
4 0

ޢީސަ

4 އޭޕްރީލު 2024
@ފަޒޫ ލައްބަ ފަޒޫވެސް އަދި އާއިލާ އެންމެނާއި ގޭދޮށު ހުރިހާއެންމެންވެސް ކިޔަނީ ހަސަން. ޝުކުރިއްޔާ!
2 0

ހަސަން ދެވަނަ

3 އޭޕްރީލު 2024
އީސަގެ ޑްރެސް ކުރުން މިހާރު ވަރަށް ސަޅި. އަހަރެން މީ އީސަގެ ވަރަށް ބޮޑު ފޭނެއް އިނގޭ. އަބަދުވެސް އީސައަށް ކާމިޔާބީއަށް އެދެން.
9 0

އާމިނަތު1

3 އޭޕްރީލު 2024
އީސަގެ ލަވަތަކަކީ އެލަވަތަކެއް އަޑުއަހާ ފޫހި ނުވާ ލަވަތަކެއް. ޅެންވެރިކަން އެހާ ފުރިހަމަ. އީސަގެ އޮޓޯގްރާފް ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އިނގޭތޯ.
10 0

ޢީސަ

4 އޭޕްރީލު 2024
@އާމިނަތު1 ވަރަށް ޝުކުރިއްޔާ. ތިޔަ ހިތްފަހި ބަސްކޮޅަށް ވަރަށް ސުވާސްތި.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް