އަނުޝްކާ އާއި ވިރާޓް

އަނުޝްކާ ޝަރްމާ

އަނުޝްކާ އާއި ވިރާޓަށް ފިރިހެން ކުއްޖެއް ލިބިއްޖެ

ފިލްމީ ތަރި އަނުޝްކާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކައިވެނިކުރީ 2017ގައި. އެންމެ ފުރަތަމަ ދަރިފުޅު ވަމީކާ އުފަންވީ 2021ގައި
20 ފެބްރުއަރީ 2024

ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ އާއި އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ވިރާޓް ކޯލީއަށް ދެވަނަ ދަރިއެއް ލިބިއްޖެ އެވެ.

އަނުޝްކާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ އެ ދެމަފިރިންނަށް ފިރިހެން ކުއްޖެއް ލިބުނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

ދަރިފުޅުގެ ނަމަކީ އާކީ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އަނުޝްކާ ވަނީ ސަޕޯޓަރުންނާއި ފޭނުންގެ ހެޔޮ ދުއާއަށް އެދިފަ އެވެ. އަދި އެ އާއިލާގެ ޕްރައިވެސީއަށް އިހުތިރާމުކުރަން ވެސް އޭނާގެ ޕޯސްޓުގައި އެދިފައިވެ އެވެ.

އަނުޝްކާ އާއި ވިރާޓް ކައިވެނިކުރީ 2017ގަ އެވެ. އެ ދެ މީހުންގެ އަންހެން ދަރިފުޅު ވަމީކާ އުފަންވީ 2021ގަ އެވެ.

އެ ދެމަފިރިންގެ ދޮށީ ދަރިފުޅުގެ މޫނު މިހާތަނަށް މީޑިއާއަށް ދައްކާފައެއް ނުވެ އެވެ. ނަމަވެސް ކްރިކެޓް މެޗެއްގެ ތެރެއިން އެ ކުއްޖާގެ މޫނު ފެންނަ މަންޒަރުތަކެއް އާންމުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް